Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލީކުވެފައިވާ އޯޑިއޯތައް

އޯޑިއޯތަކެއް ހަދައިގެން އުޅެނީ ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން: އަލީ ޒާހިރު

5 ސެޕްޓެމްބަރު 2021 | އާދީއްތަ 12:44

މިއީ ސިޔާސީ ގޮތުން ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 12:44
އަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

އަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

އޯޑިއޯތަކުގެ ވާހަކަ މި ދަނޑިވަޅުގައި ދައްކަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫރު ފޯރުވުމަށް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިފަދައިން ވިދާޅުވީ އަލީ ޒާހިރުގެ މައްޗަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން ކޯޓުތަކާއި، ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ކޯޓުތަކާއިމެދު އާންމު ރައްޔިތުންގެ އިތުބާރު އިތުރަށް ރަނގަޅުވަމުން އަންނަ ކަމަށާއި، މިފަދަ ވަގުތެއްގައި ފަނޑިޔާރުންތަކަކާއި ގުޅޭ އޯޑިއޯއެއް ލީކުކޮށްގެން އުޅެނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ބޭނުމެއްގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. މި ވާހަކަ އެންމެ ބޮޑަށް ދައްކަމުންދަނީވެސް އިދިކޮޅުން ކަމަށާއި، މިއީވެސް އިއްތިފާގަކުން ހިނގާ ކަމެއް ކަމަށް ވެދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ކުރީގެ ފަނޑިޔާރުންތަކަކާއި، ވަކީލުންތަކެއް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިބި ފަނޑިޔާރުން ފަނޑިޔާރު ކަމުން ވަކިވާން ޖެހުނު ސަބަބަށް ބެލުމުންވެސް މިއީ ސިޔާސީ ވާހަކައެއްކަން އެނގޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި މި ވާހަކައަކީ މީގެ ކުރިން ކޯޓުތަކަށް ބާރު ފޯރުވާފައިވާ ބަޔަކު، މިހާރު ކުރާ މަސައްކަތް ކާމިޔާބު ނުވުމުން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ސީދާ އިދިކޮޅުން ކުރާ ކަމެއް ކަމުގެ ތުހުމަތުވެސް އަލީ ޒާހިރު ވަނީ ކުރައްވާފައެވެ.

ފަނޑިޔާރުންނާއި ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯގައިވަނީ އަލީ ޒާހިރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ޔާމީންގެ މައްސަލަ ބެއްލެވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސައިން ފާއިޒް ރަޝާދުކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ މި އޯޑިއޯގައި އޭނާ ވަނީ ޔާމީނަށް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ވިދާޅުވެ, ނުހައްގުން ހުކުމެއްކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ ރައީސް ޔާމީނަށް އޮންނަ ތާއީދު ވެސް އިތުރުވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ. މި އޯޑިއޯގެ މައުލޫމާތު ވަރަށް ސާފުކޮށް އެނގޭ މީހަކު ވަނީ މި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

މި އޯޑިއޯ ރެކޯޑިންތަކުގެ މައްސަލަ ޖޭއެސްސީން މިހާރު ތަހުގީގުކުރަމުންދާއިރު، މި މައްސަލައިގެ ތަހުގީގަށް އެ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. ޖޭއެސްސީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ކޮމިޝަނުން ތަހުގީގު ކުރާނެ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް