Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ކޮވިޑްގެ އެކްޓިވް ކޭހުގެ އަދަދު 2000ން މައްޗަށް، ފާއިތުވި 24 ގަޑިއިރު 157 މީހުން ކޮވިޑަށް ޕޮޒިޓިވްވި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 81،810ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:58
މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ

މާލެ ސަރަޙައްދުގައި ކޮވިޑް-19އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ

ކޮވިޑްގެ އެކްޓިވް ކޭހުގެ އަދަދު 2002ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ބަލިން ރަނގަޅުވެފައިވަނީ 121 މީހުންނެވެ. އަދި 157 މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ 4544 ސާމްޕަލްގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މީގެތެރެއިން 45 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 106 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. ހިނގަމުންދާ ރިސޯޓްތަކުން 6 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 81،810ށް އަރާފައެވެ. އަދި 79،569 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 226 މީހަކު ވަނީ ނިޔާވެފައެވެ.

މިވަގުތު 27 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

އޮގަސްޓް މަހުގެ 30ން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިޕޯޓްކުރަމުން އަންނަނީ 150ން މަތިންނެވެ. އެގޮތުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 169 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 119 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަހު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 74 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު ހުރީ 119 ގައެވެ. ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 173 މީހުންނެވެ. އެދުވަހު އަތޮޅުތަކުން 89 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު އަތޮޅުތަކުން ޕޮޒިޓިވްވި 120 މީހުންނާއެކު ޖުމްލަ 179 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ހާލަތު ރަނގަޅުވަމުން އައިސް މިހާރަކަށް އައިސް އަންނަނީ އަނެއްކާވެސް ނަންބަރުތައް މަތިވަމުންނެވެ. އެޗްޕީއޭއިން އަންނަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފި

14 ޖޫން 2017
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފި
11 ޖޫން 2017

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށް ހުށަހަޅައިފި

11 ޖޫން 2017
ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށް ހުށަހަޅައިފި
14 އެޕްރީލު 2017

މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

14 އެޕްރީލު 2017
މިދިޔަ އަހަރު ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ
27 މާރިޗު 2017

މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން

27 މާރިޗު 2017
މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު