Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލްތަކަށް ފޮތްތައް ފޮނުވުން

ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އަދިވެސް ނުނިމޭ: މިނިސްޓަރ

ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފެށީ އޮގަސްޓު 21ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:00
އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ

ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސްކޫލްތަކާ ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރުވެސް ބައެއް ގްރޭޑްތަކުގެ ދަރިވަރުންނަށް ފޮތްތަކުގެ ހާރޑް ކޮޕީ ލިބިފައެއް ނުވެއެވެ. ފޮތްތަކުގެ ހާރޑް ކޮޕީ ނުފޮނުވި ހުރި ގްރޭޑްތަކަށް އެތަކެތި ފޮނުވުމުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.

ސްކޫލްތަކަށް ފޮތްތައް ފޮނުވުމާ ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ, މި ގްރޭޑްތަކަށް ބޭނުންވާ ފޮތްތަކުގެ ހާރޑް ކޮޕީތައް މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް ބައެއް ރަށްރަށަށް އަދިވެސް ފޮތްތައް ފޮނުވިފައި ނުވާކަމަށެވެ. އެއީ މި ފޮތްތައް ގެންދާނެ ގޮތެއް ނެތިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ގިނަ ސްކޫލްތަކަށް މިހާރު ފޮތްތައް ފޮނުވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފޮތްތަކުގެ ހާރޑް ކޮޕީތައް ނެތް ނަމަވެސް ހުރިހާ ގްރޭޑެއްގެ ކުދިންނަށްވެސް އެ ފޮތްތަކުގެ ސޮފްޓް ކޮޕީ ދީފައިވާނެ ކަމަށާއި, ހާރޑް ކޮޕީ ނެތަސް ކިޔެވުން ނުހުއްޓޭނެ ކަމަށެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށްފަހުއެވެ. ދަރިވަރުން އަނބުރާ ސްކޫލްތަކަށް ގެންދިއުމަށް ސްކޫލްތަކުން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ދަރިވަރުން ސްކޫލަށް ވަންނަ އިރު ހުން ބެލުމާއި އަތް ސާފުކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވެއެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިންތަކުގައި ހިމަނާފައިވާ ކަންކަމެވެ.

ގައިޑްލައިންގައި ހިމަނާފައިވާ ގޮތަށް ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު ގައިދުރުކަން ހުންނާނެހެން ކުދިންގެ ގޮނޑިތައް އެތުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުން ސްކޫލް ތެރޭގައި އުޅޭއިރުވެސް ގައިދުރުކޮށް އުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ދަރިވަރުންގެ ކިބައިން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަން ހުންނަނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އަންގާފައިވެއެވެ. ސްކޫލްތަކުގައި ބަލި ފެތުރުން ހުއްޓުވޭނީ މިގޮތަށް އަމަލުކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު