Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ އަންނަ މީހުން

މިދިޔަ މަހު އިންޑިއާއިން ބައިލައްކައަށްވުރެ ގިނަ މީހުން އައި: އެމްއޭސީއެލް

3 ސެޕްޓެމްބަރު 2021 | ހުކުރު 08:06

މި އަހަރު އެންމެ ގިނަ ބަޔަކު ރާއްޖެ އައިސްފައިވަނީ އޮގަސްޓު މަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ސެޕްޓެމްބަރު 2021 | ހުކުރު 08:06
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް

އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް

މިދިޔަ މަހު އިންޑިއާއިން ބައިލައްކައަށްވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރ، އިބްރާހިމް ހުސައިން ވިދާޅުވީ މިދިޔަ އޮގަސްޓު މަސް ފާހަގަކޮށްލެވެނީ އެއާޕޯޓަށް ބާރުބޮޑު މަހެއްގެ ގޮތުގައި ކަމަށެވެ. އޮގަސްޓުމަހު 143،599 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށާއި، މިއީ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މަސް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިބްރާހިމް ވިދާޅުވީ އޮގަސްޓު މަހު ރާއްޖެ އެތެރެވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުން ކަމަށެވެ. އެގޮތުން އިންޑިއާއަށް ނިސްބަތްވާ 54،094 މީހަކު އޮގަސްޓު މަހު ރާއްޖެ އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނައިގައި ހިމެނެނީ ރަޝިއާ ކަމަށާއި، ރަޝިއާއިން 17،069 މީހުން ރާއްޖެ އައިސްފައިވާކަމަށާއި، ތިންވަނައިގައި ހިމެނޭ ޖަރމަނީން 9،916 މީހުން އައިސްފައިވާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވަނީ މި އަހަރުގެ މިހާތަނަށް ވަކި ވަކި މަސްތަކުގައި އައި ފަސިންޖަރުންގެ އަދަދުތައްވެސް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން ޖެނުއަރީ މަހު 92،000 މީހުން އައިސްފައިވާ ކަމަށާއި، ފެބްރުއަރީ މަހު 96،000 މީހުން، މާޗު މަހު 109،000 ފަސިންޖަރުން، އެޕްރީލް މަހު 91،000 މީހުން، މެއިމަހު 64،000 މީހުން، ޖޫން މަހު 56،000 މީހުން، ޖުލައި މަހު 101،000 މީހުން އަދި އޮގަސްޓު މަހު 143،599 މީހުން ވަނީ ރާއްޖެ އައިސްފައެވެ.

އޮގަސްޓު މަހު ރާއްޖެ އައި މީހުންގެ އަދަދު އެހެން ހުރިހާ މަހަކާ އަޅާ ބަލާއިރު އިތުރުވެފައިވާއިރު، އޮކްޓޯބަރ، ނޮވެމްބަރ، އަދި ޑިސެމްބަރ ސީޒަން ފެށުމުން އެއާޕޯޓު އިތުރަށް ބާރުބޮޑުވެގެންދާނެ ކަމަށް އުންމީދުކުރާކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ރާއްޖެ ގެނައުމަށް ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު، 91.2 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 391,832 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި 749,186 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިހާރު އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލައި، ރާއްޖޭގެ ފަތުރުވެރިކަން ދެން ދާނީ ރަނގަޅުވަމުން ކަމަށް މި ދާއިރާގެ މާހިރުން ބުނެއެވެ.

އެމްއޭސީއެލްމިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް