Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު މަޚުލޫފުގެ މައްސަލަ

ޕީޖީން ގޮތެއް ނިންމަންދެން މަޚްލޫފުގެ ސަސްޕެންޝަން ދެމި އޮންނާނެ: މަބްރޫކް

މަގާމުގެ މަސްއޫލިއްޔަތުން މަޚްލޫފު އެކަހެރިކުރީ އެ މައްސަލަ ބަލަން އުދަނގޫތަކެއް ކުރިމަތިވާނެތީ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 16:18
ސަސްޕެންޑްކޮށްފައިވާ، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފު

ސަސްޕެންޑްކޮށްފައިވާ، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފު

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނިންމަންދެން އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފުގެ ސަސްޕެންޝަން ދެމި އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ ޕީޖީ އޮފީހަށް މައްސަލަ ދާ ހިސާބުން ސަސްޕެންޑް ކުރުމަކީ އަބަދު ވެސް އަމަލުކުރާ އުސޫލުކަމާއި، ޕީޖީން ގޮތެއް ނިންމަންދެން ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުން މަޚުލޫފު އެކަހެރިކުރީ އެ މައްސަލަ ބަލަން އުދަނގޫތަކެއް ކުރިމަތިވާނެތީ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މިނިސްޓަރަކު ނެތި މިނިސްޓްރީއެއް ހިންގުމަކީ ވަރަށް ދަތިކަމެއް ކަމަށާއި، ގިނަ އުނދަގޫތަކާއި ކުރިމަތިވާ ކަމަށެވެ. ނަމަވެސް މަޚްލޫފުގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ.

މަޚްލޫފު ސަސްޕެންޝަނުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންނުދާ ކަމަށެވެ. ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދައިފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުމަށް ޕީޖީން އެދިފައިވާތީ އެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ދައުވާކުރަން ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން"ވާނެ ކަމަށާއި، ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މަޚ7ލޫފު ތުހުމަތު ކުރައްވާފައިވެއެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވައި ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުލުހުންނާއެކު މަސައްކަތްތަކެއް ކުރަމުންދާކަން ފީޖީ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މަޚްލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަޚުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.

އެމްއެމްޕީއާރްސީއަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު