Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައުޝަން ޖިއާންގެ މަރު

ރައުޝަން ޖިއާންގެ މަރުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދޭން ހުކުމްކޮށްފި

1 ސެޕްޓެމްބަރު 2021 | ބުދަ 10:28

ސިވިލް ކޯޓުން މި ޙުކުމް ކޮށްފައިވަނީ އަންގާރަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ސެޕްޓެމްބަރު 2021 | ބުދަ 10:28
ރައުޝަން ޖިއާންގެ މަރާ ގުޅިގެން އޭނާގެ މައިންބަފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައުޝަން ޖިއާންގެ މަރާ ގުޅިގެން އޭނާގެ މައިންބަފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޑަބްލިއު ކޮންސްޓްރަކްޝަންއިން ބަދަލެއްގެ ގޮތުން 4.5 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މި ޙުކުމް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ޖަލަށްލާން ހުކުމްކުރީ ދެ ބިދޭސީއެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ހަ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެކަކުގެ މައްޗަށް އިއްވީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އިތުރު ދެ ބިދޭސީއަކު 7،200 ރުފިޔާ އިން ޖޫރިމަނާ ކުރަން ހުކުމްކުރިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސީނިއަރ ސައިޓް ސުޕަވައިޒަރު ހަސަންގެ މައްޗަށް ސާބިތުވީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް 115،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގައި "ވައިކޭރިއަސް ލައިބިލިޓީ" ގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުން އެދި އާއިލާގެ ފަރާތުން ހުށައެޅި މައްސަލައެވެ. އެގޮތުން މި ޙާދިސާގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބުނު މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލު ނަގައިދިނުން ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޖިއާންގެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ 4،557،040.86 (ހަތަރު މިލިއަން ފަސް ލައްކަ ފަންސާސް ހަތްހާސް ސާޅީސް ރުފިޔުާ އަށްޑިހަ ހަ ލާރި) 31 އޯގަސްޓުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމް ކޮށްފައެވެ.

މައްސަލައިގެ ޚުލާސާ:

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި ޖިއާންގެ މަންމަ ފަރްޒާނާ ވަނީ ޖިއާން މަރުވި ދުވަހު ކަންހިނގާ ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފައެވެ. އެގޮތުން އެ ދުވަހު ކަންހިނގާ ދިޔަ ގޮތް އޭނާ "ރާއްޖެއެމްވީ" އަށްވެސް ކިޔާދީފައިވާއިރު، ފަރްޒާނާ ބުނީ، ސައިބުއިމަށްފަހު ނަލަހިޔާ ސަރަހައްދަށް ދިޔައީ އިމިގްރޭޝަނަށް ބޭނުންވާ ފޮޓޯއެއް ނަގަންޖެހޭތީ ފޮޓޯ ނަގާ ތަނެއް ހޯދަމުން ކަމަށާއި އެވަގުތު ޖިއާންގެ ބައްޕައާއި 3 އަހަރުގެ ފިރިހެން ކޮއްކޮ ވެސް ހުރި ކަމަށެވެ.

އެގޮތުން ޖިއާންގެ އަތުގައި ހިފައިގެން ދިޔަ އިރު ބައްޕަ ގާތަށް ދިއުމަށް އޭނާ ޝަކުވާ ކުރަމުން ދިޔަ ކަމަށާއި، ޖިއާން ޝަކުވާ ކުރާ ވަރުން ކުޑަ ވަގުތުކޮޅަކަށް އަތުން ދޫކޮށްލި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ސިމެންތި ބަސްތާ ވެއްޓުނު އެއްވެސް އަޑެއް ވެސް ނީވޭތީ ޖިއާން ހުރީ އޭނާގެ ބައްޕަ ކައިރީގައި ކަމަށް ހީކުރެވު ނަމަވެސް ވާނުވާ އެނގުނު އިރު ޖިއާން އޮތީ ސިމެންތި ބަސްތާ ދަށުވެ، ހޭނެތިފައި ކަމަށް ޖިއާންގެ މަންމަ ބުނެފައިވެއެވެ.

އެވާހަކަތައް އޭނާ ކޯޓުގައި ވެސް ހިއްސާ ކޮށްފައިވާއިރު، އެ ހާދިސާ ހިނގި ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށާއި، ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދޭނެ މީހަކު ވެސް އެ ދުވަހު އެތަނުގައި ނެތް ކަމަށް ޖިއާންގެ މައިންބަފައިން ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

ޖިއާން ވެއްޓިފައި އޮއްވައި ނަގައިގެން ދިޔައީ އޭނާގެ ބައްޕަ ކަމަށް ޖިއާންގެ މަންމަ ބުންޏެވެ.

ސިވިލް ކޯޓުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް