Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަގޫރޯޅިން ލިބުނު ގެއްލުން

މިއީ ކާރިސާއެއް ދިމާވުމުން ކަންކުރަންވީ ގޮތެއް ނޫން، ރައްޔިތުންގެ ނުތަވަސްކަން އިތުރުވޭ: ސޯބެ

ސަރުކާރުގެ އެންގުމަކަށް 24 ގަޑީއިރު މަސައްކަތް ނުފެށިފައި ހުންނަން ޖެހުނު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 މެއި 2017 | ހޮނިހިރު 15:28
ސަރުކާރުގެ ވަފުދާ އައްޑޫ ސިޓީ ކައުންުސިލްގެ މޭޔަރު ސޯބެ ބައްދަލުކުރައްވަނީ

ސަރުކާރުގެ ވަފުދާ އައްޑޫ ސިޓީ ކައުންުސިލްގެ މޭޔަރު ސޯބެ ބައްދަލުކުރައްވަނީ

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކުރަނީ ކާރިސާއެއް ދިމާވުމުން ކަންކުރަންވީ ގޮތަށް ނޫން ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭއަރު އަބްދުﷲ ސޯދިގް ސޯބެ ވިދާޅުވެއްޖެއެވެ.

ނަގޫރޯޅިއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ އުސޫލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސޯދިގް (ސޯބެ) ވިދާޅުވީ މަރުކަޒީ ސަރުކާރުގެ އެންގުމަކާ ނުލާއި, ހާލުގައި ޖެހުނު މީހުންނަން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތިފައި ސީޓީ ކައުންސިލުން 24 ގަޑީއިރު ތިބެން ޖެހުމަކީ މި ހާދިސާގައި އެންމެ ހިތްހަމަ ނުޖެހުނު ކަންތައް ކަމަށެވެ. ނަގޫރޯޅިއާ ގުޅިގެން ޖުމްލަ 29 ގެއަށް އެކި ވަރުގެ ގެއްލުން ލިބި 13 ގެއެއްގެ ފުރާޅުއެއްލާލިއިރު، އައްޑޫ ސިޓީގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ތިބިއިރު ވަގުތުން ވަގުތަށް މަސައްކަތް ނުފެށުމުން ރައްޔިތުންގެ ނުތަވަސްކަން އިތުރުވެ ނަފްސާނީ ގޮތުން މީހުންނަން އަސަރުކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

"ސަރުކާރުގެ ހުރިހާ މުއައްސަސާތެކެއް ވަރަށް އެކުގައި މަސައްކަތް ކުރި ދުވަހެއް މިއީ. މިކޮޅުގެ ހުރިހާ މުއައްސަސާތަކެއް ވަރަށް މަސައްކަތް ކުރުމުގެ ރޫހެއްގައި ނުކުމެތިބީ. އެހެންނަމަވެސް ހުރިހާ ބޭފުޅުން ވެސް މަޑުކޮށްގެން ތިބީ ޑިޒާސްޓަރ މެނޭޖްމެންޓުން ދެން ކުރަންވީ ކަމެއް އަންގަންދެން. އެރޭ މީހުންނަން ބޯހިޔާވަހިކަން ހޯދަދީފައި، މަގުން ގަސްތައް ނަގާ، އެއަށް ފަހު އިތުރުކަމެއް ނުކުރެވޭ، ދެން މަޑުކޮށްގެން ތިބީ ސަރުކާރުން މައުލޫމާތު ލިބޭތޯ. މެންދުރާ ހަމައަށް ހުރިހާ މުއައްސަސާތަކާއި ގުޅޭގެން އަޅުގަނޑު ވާހަކަ ދެއްކިން. ބުނީ މިނިސްޓަރު ވަޑައިގެން ބައްލަވާފައި އަންގަވާ ގޮތަކަށް ކުރިއަށް ގެންދަވާށޭ. މިކޮޅުގައި މަސައްކަތް ކުރަން މީހުން ތިބެފައި. އަޅުގަނޑުމެން ރަށުގެ މީހުންނަން މިކަން ދިމާވީ. މި ރަށުގެ މީހުން މުއައްސަސާތަކުގައި ތިބީ. އެމީހުންވެސް އެކަން ކުރަން ބޭނުން އެކަމު އެ އޮތޯރިޓީއެއް ނެތް،" ރާއްޖެއެމްވީއަށްއ މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭއަރު ވިދާޅުވިއެވެ.

ނަގޫރޯޅީގައި ގެއްލުން ލިބުނު އާއިލާތަކާ ސަރުކާރުގެ ވަފުދުން ބައްދަލުކުރަނީ

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާނެ އެއްޗެހި ހުރި ނަމަވެސް މަސައްކަތް ކުރާނެ މީހުން 24 ގަޑީއިރުވީ އިރު، ހާލުގައި ޖެހުނު މީހުންނަން އެހީތެރިކަން ފޯރުކޮށް ނެދެވި ތިބެން ޖެހުނީ މިނިސްޓަރީތަކުން ލިބެންޖެހޭ ހުއްދަ އޭރު ނުލިބުމުން ކަމަށް ކައުންސިލުން ބުނެއެވެ. ޑިފެންސް މިނިސްޓަރު އާދާމް ޝަރީފް އުމަރު ބުރާސްފަތި ދުވަހު އައްޑުއަށް ވަޑައިގެން މުއްސަސާތަކާ ބައްދަލުކުރައްވައި މަސައްކަތް ހަވާލުކުރުމުން އަމަލީ މަސައްކަތް ފަށުމަކީ ކާރިސާއެއް ދިމާވެގެން މަސައްކަތް ކުރާ އުސޫލެއް ނޫން ކަމަށް ސޯބެ ވިދާޅުވިއެވެ.

"މިއީ އަކީ ކާރިސާއެއް ދިމާވެގެން މަސައްކަތް ކުރަންވީ ގޮތެއް ނޫން. ސަރުކާރުގެ އިސްބޭފުޅަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އަންގަވަންދެން މަސައްކަތް ނުފެށި އޮތުމަކީ މި ދިމާވި ކާރިސާގައި އަޅުގަނޑަށް ފެނުނު އެންމެ ހިތްހަމަ ނުޖެހުނު ކަންތައް. ވިއްސާރާގައި އަހަރަކު އެއްފަހަރު ފެންބޮޑުވުން، ފުރާޅުއެއްލާލުން މިކަހަލަ ކަންތަން ރާޖޭގެ ރަށްތަކަށް ދިމާވާއިރު، މަރުކަޒީކޮށް މިކަން ކުރަންޏާ މިކަމެއް ނުވާނެ. ކޮންމެ ކަމެއް ދިމާވާއިރު ޑުރާމާ ކުޅުން އާދަވެފައި މިއޮތީ. ހެޔޮނިޔަތަކު ނޫން ކުރެވޭ ކަމެއް ކުރެވެނީ. ކޮންމެސް އެއްބޭފުޅަކު ގުޅާލައްވާފައި އެވާހަކަ ޓުވީޓް ކުރައްވާފައި،" ސޯބެ ވިދާޅުވިއެވެ.

މަސައްކަތް ކުރިއަށް ގެންދާ ކޮމެޓީ ލީޑުކުރަނީ އެމްއާރުޑީސީ

ހިތަދޫގައި ހާލުގައި ޖެހުނު ރައްޔިތުންނާ ޑިފެންސް މިނިސްޓަރު ބައްދަލުކުރުމަށް ފަހު ބޭއްވި ބައްދަލުވުމަށް ފަހު ސިޓީ ކައުންސިލް ހިމެނޭ ގޮތަށް އަށް މުއައްސަސާއެއް ބައިވެރިވާ ކޮމެޓީއެއް އެކުލަވާލި ކަމަށާއި އެ ކޮމެޓީ ލީޑް ކުރައްވަން އެމްއާރުޑީސީއާ ހަވާލުކުރި ކަމަށް ސޯބެ ވިދާޅިއެވެ. ކޮމެޓީ ލީޑް ކުރައްވަން އެމްއާރުޑީސީއާ ހަވާލުކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ސޯބެ ވިދާޅުވީ އެފަދަ ކޮމެޓީއެއް އެކުލަވާލުން ލަސްވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ގެއްލުން ލިބުނު ގެތަކުގެ މަސައްކަތް ގުރޫޕްތަކަށް ބަހަލާއިގެން ވަރަށް ބާރަށް ކުރިއަށްދޭ

"ކޮމެޓީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ހަމަޖެއްސީ، ލީޑްކުރައްވަނީ އެމްއާރުޑީސީން. އެކުންފުނީގައި ވެހިކަލްތައް ހުރުމުން އޯކޭ. އަޅުގަނޑު މި ދަންނަވަނީ އެކަން ރޭވުނުލެއް ލަސް ވާހަކަ، އެހިސާބުން މަސައްކަތް ފުށުނު، ގެތަށް ބަހާލެވުނު ގުރޫޕްތަކާއި، އެމްއެންޑީއެފަށް އެއްގެ، ޕޮލިހަށް އެއްގެ، އެމްއާރުޑީސީއަށް އެއްގެ، ހުކުރު ދުވަހުގެ މަސައްކަތުން ތިންގެއެއްގެ މަސައްކަތް ވަނީ ނިމިފައި. ދެންހުރި ގެތަކުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ" ސޯބެ ވިދާޅުވިއެވެ.

ސަރުކަރުން މިހާރު ރަމަޞާން މަހަށް މަސައްކަތް ނިންމަން ވަރަށް ބޮޑަށް ބާރުއަޅާކަން ފާހަގަކުރަމުން ސޯބެ ވިދާޅުވި ގޮތުގައި އެކަން ސަރުކާރަށް ކުރެވެންޖެހޭނެ ކަމަށެވެ. ނަގޫރޯޅީގައި ގެތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް ރިޕޯޓްތައް އައްޑޫ ސިޓީ ކައުންސިލުން ހަދާފާއިވާއިރު، ގޭގޭގައި ހިފާގެންގުޅޭ ތަކެތި ވެސް ރަމަޞާން މަހުގެ ކުރިން ފޯރުކޮށްދެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ.

"ކުރެވެންވާނެ. ކީއްވެގެންތޯ ނުކުރެވެންވީ. ގޭގޭގައި ހުރި ސާމާނަން ބަލާއިރު ބާޒާރުގައި މިތާ އައްޑޫގައި އެބަހުރި ގޭގެއަށް ބޭނުވާ އެނދާއި، ބަދިގޭގެ ސާމާނާއި، ރޯދައަށް އާންމު ހާލަތަށް ގެނެއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭ" ސޯބެ ވިދާޅުވިއެވެ.

ރަމަޞާން މަހުގެ އަޅުކަން ފަށުމުގެ ކުރިއަށް ރާއްޖޭގެ ރައްޔިތުން ހިތަދޫގައި ހާލުގައި ޖެހުނު މީހުންނަން އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ދިރިއުޅުން އާންމު ހަލަތަށް ބަދަލުކުރަން މަސައްކަތް ކުރުމަށް ސޯބެ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު