Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން

ކުއްލި ކުއްލިއަށް އަޑުއެހުންތައް ބާއްވައި، ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވާކަމެއް: ފާރިސް

ސިއްރު ހެކި ހުރިކަމަށްބުނެ، ދައުލަތުން ވަނީ ބައެއް ލިޔެކިޔުންތައް ދިނުމަށް ދެކޮޅު ހަދާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 10:11
ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައި ޕީޕީއެމްގެ ދިދަ ބަހައްޓާފައި

ނޫސްވެރިންގެ ބައްދަލު ކުރެއްވުމެއްގައި ޕީޕީއެމްގެ ދިދަ ބަހައްޓާފައި

ކުއްލި ކުއްލިއަކަށް ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމާއި ސިއްރު ހެކި ހުރިކަމަށް ބުނުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޝަޙްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމަށްފަހު، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމުން އެ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށް، މައްސަލަ ބައްލަވާނީ ގާޒީ އާދަމް އާރިފްކަމަށް ވިދާޅުވި ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އޭރު ވިދާޅުވި ކަމަށެވެ. ނަމަވެސް 17 ވަނަ ދުވަހަށް މައްސަލަ ތާވަލްކޮށް ފާރިސްއަށް ފަހުން ޗިޓް ފޮނުވިއިރު، އެމައްސަލަ ބައްލަވާ ގާޒީއަކީ އަހުމަދު ޝަކީލުކަން އެނގިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފާރިސް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހަށް ފާރިސްގެ މައްސަލައަށް ޗިޓް ފޮނުވާފައިވަނިކޮށް، ކުއްލިއަކަށް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ފާރިސްއަށް ޗިޓެއް ފޮނުވައި، ޖެހިގައިއައި 13 ވަނަ ދުވަހުގެ 11:30 އަށް ކޯޓަށް ހާޒިިރު ވުމަށް އެންގި ކަމަށެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވަން އިންނެވީ ގާޒީ އިބްރާހީމް އަލީއެވެ. ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސްގެ މައްސަލަ ބެއްލެވުމަށް މިހާތަނަށް ތިން ގާޒީއަކާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.

ފާރިސް ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހު ޝަރީއަތުގެ އަޑުއެހުމުގައި މިމަހުގެ 17 ވަނަ ދުވަހަށް އެއަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގެންނެވުމުން، ގާޒީ ބައްލަވާ މައްސަލަތަކުގެ ތާވަލް ހުރިގޮތުން 17 ވަނަ ދުވަހަށް ފާރިސްގެ އަޑުއެހުމެއް ތާވަލް ކުރެވެންނެތް ކަމަށް ގާޒީ ވިދާޅުވި ކަމަށާއި އެހެންކަމުން މިމަހުގެ 20 ވަނަ ދުވަހަށް މި މައްސަލަ ތާވަލް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ފާރިސް ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހަށް މައްސަލަ ތާވަލް ކުރުމަށްފަހު، އަނެއްކާވެސް ކުއްލިއަކަށް 17 ވަނަ ދުވަހު އަޑުއެހުމެއް ބާއްވަން ނިންމަވާ، ކުއްލި ކުއްލިއަކަށް މިމައްސަލައިގެ އަޑުއެހުންތައް ބާއްވަމުންދާތީ އިންސާފު ލިބުމާމެދު ޝައްކު އުފެދޭ ކަމަށެވެ.

މީގެއިތުރުން، ފާރިސް ވިދާޅުވީ ދައުލަތުގެ ވަކީލުން ހާމަ ކުރަން ބޭނުންވާ ސިއްރު ހެކި ހުރިކަމަށް ވިދާޅުވުމުން އެކަމާވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ގޮތަކަށް ސިއްރު ހެއްކާއި ސިއްރު ހެކީންގެ ހެކިބަސް ނަގާފައިވާ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ދިވެހި ރައްޔިތުންނަށް އޮޅިފައިނުވާކަމަށް ފާރިސް ވިދާޅުވިއެވެ.

ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޙްސު އޮޅުވާލުމުގެ ކުށުގެ ދައުވާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވައި، ޓީވީތަކުން ލައިވް ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ފަރާތުން ފާރިސް ބައިވެރިވެވަޑައިގެން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރައްވާފައިވާތީ އުފުލާފައިވާ ދައުވާއެއްކަމަށް އެނގިފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައާއި އަދި އޭގެ ފަހުންވެސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެކިއެކި ޖަލްސާތަކުގައާއި އިވެންޓްތަކުގައި ބޭނުންކުރަމުންދަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގެންނެވި ފަހުންނެވެ.

އެހެންކަމުން ޕީޕިއެމްގެ ރައީސް މައުމޫން ނިސްބަތްވާގޮތަށް ބާއްވާ ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕީޕީއެމް ދިދަ އާއި ލޯގޯ ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ސިޔާސީ ލީޑަރުން ދަނީ ބުނަމުންނެވެ. އަދި އެހާ ފާޅުކަން ބޮޑު މައްސަލައެއްގެ ތުހުމަތުގައި ފާރިސްގެ މައްޗަށް އުފުލި ދައުވާގައި ސިއްރު ހެކި ހުންނަން ޖެހޭ ސަބަބެއްވެސް ނެތްކަމަށް ސިޔާސީ ލީޑަރުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު