Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހްމަދު މަޚްލޫފު

ސުޕްރީމް ކޯޓުން ގޯސްކޮށް ހުކުމް ކުރާނަމަ ފާޑުކިޔާނަން: މަޚްލޫފު

ޕީޕީއެމް އޮތީ ދެ ފެކްޝަނަކަށް ބެހިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ޖުލައި 2017 | ހޯމަ 18:31
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި، ޕާޓީ ބަދަލު ކުރުމުން ގެއްލޭނެ ކަމަށް ބުނެ ސްޕްރީމް ކޯޓުން ނެރުނު ހުކުމަށް ފާޑުކިޔާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޓުން ބުނެފައިވީނަމަވެސް ސުޕްރީމް ކޯޓުން ޤާނޫނު އަސާސީއަށް ބެލުމެއް ނެތި ގޯސްކޮށް ހުކުމް ކުރާނަމަ އެކަމަށް ފާޑުކިޔާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަޚްލޫފު ވިދާޅުވީ ޖަލަށްވެސް ލެވިދާނެ ކަމަށާއި ކުރިންވެސް ބުނިފަދައިން އިސްލާހަށްކުރާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށެވެ.

Advertisement - newsAdvertisement

"ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް މިއަދު މިއޮތީ. ސުޕްރީމް ކޯޓަށް ދަންނަވާލަން ބޭނުންވަނީ ގޯސްކޮށް ހުކުމް ކުރާ ނަމަ ފާޑުވެސް ކިޔާނަން" މަޙްލޫފު ވިދާޅުވިއެވެ.

އަނިޔާވެރި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތުގައި ކެރިގެން ދެމިހުންނާނެ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ، ޤާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭގޮތް ބަޔާންކޮށްފައިވާއިރު ކުއްލިއަކަށް ސުޕްރީކޯޓުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ނިންމި ނިންމުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

މީގެ ކުރިންވެސް، އެއްވެސް މައްސަލެއް ނެތި ޕާޓީ ބަދަލު ކުރުމަކީ މައްސަލައެއް ކަމަށް ޤާބޫލުކުރައްވާ ކަމަށާއި، އެހެންނަމަވެސް ސިޔާސީ ޕާޓީއަކުން މެމްބަރަކު އަނެއް ޕާޓީއަށް ބަދަލުވުމުގެ ހާލަތްތަކެއް އަންނަކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި ދައުރެއްގެ މެދުތެރެއިން މިގޮތަށް ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަކަށް ނުނިންމޭނެ ކަމަށް މަޚްލޫފު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ އަނިޔާވެރި ވެރިކަން މިއަދު މިއޮތީ އިންތިހާއަށް ގޮސްފައި ކަމަށާއި އެކަމުގެ އެއް ހެއްކަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށްލާފައިވާ މައްސަލަ ކަމަށާއި މިފަދަ އަނިޔާވެރި ވެރިކަމަކަށް ފުރުޞަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު