Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް މެމްބަރުން

ފޯނުން ނުގުޅިގެން ބަޔަކު ހޯދަން ލަންކާއަށް ދިޔަ ކަމަށް ބުނަނީ "ބޯ ހަމަނުޖެހޭތީ": ފަލާހު

8 ޖުލައި 2017 | ހޮނިހިރު 05:50

ލަންކާގައި ކުރަނީ ކެމްޕެއިންގެ މަސައްކަތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 8 ޖުލައި 2017 | ހޮނިހިރު 05:50
ނިހާނާއި ޝިޔާމްއާ އެކު ފަލާހު ލަންކާގައި

ނިހާނާއި ޝިޔާމްއާ އެކު ފަލާހު ލަންކާގައި

ޕީޕީއެމްގެ އިސްވެރިންތަކެއް އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އެޕާޓީގެ ދެ މެންބަރަކާ ބައްދަލުކުރުމަށް ކަމަށް ބުނާ ވާހަކަ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ދޮގު ކުރައްވައިފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އެޕާޓީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއާއެކު މިދިޔަ ބުދަ ދުވަހު ލަންކާއަށް ވަޑައިގެން ހުންނެވި ފަލާހު ރާއްޖެއެމްވީ އަށް ވިދާޅުވީ މީހަކާ ނުގުޅިގެން، އެ މީހަކު ހޯދުމަށް އެތައް ލައްކަ ބަޔަކު ދިރިއުޅޭ ލަންކާ ފަދަ ގައުމަކަށް ދިޔަ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ "ބޯ ހަމަނުޖެހޭތީ" ކަމަށެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމްގެ ޓީމެއް ލަންކާ އަށް ގޮސް ހަރަކާތްތެރިވަމުން ދަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ލަންކާއަކީ އެތައް ހާސް ދިވެހިންނަށް އުޅޭ ތަނެއް. އަޅުގަނޑުމެން މިކޮޅަށް އައިސް އެ ރައްޔިތުންނާ ބައްދަލުކޮށް 2018 ގެ ތައްޔާރީތައް ވަމުން މިދަނީ," ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ 11 މެންބަރަކާ އެކު މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެފަދަ ހަރަކާތެއް ހިންގަނީ ކީއްވެގެންތޯ ރާއްޖެއެމްވީއިން ސުވާލުކުރުމުން ފަލާހު ވިދާޅުވީ މަސީހުގެ އިތުބާރުގެ މައްސަލައަކީ އެބޭފުޅުން "ހާސްވާ" ކަމެއް ނޫން ކަމަށެވެ. ފަލާހު ވިދާޅުވީ އެ މައްސަލައިގައި "ސޮއިކުރި ކަމަށް ބުނާ" ޕީޕީއެމްގެ މެންބަރުންގެ ތާއީދާއެކު އިތުބާރުގެ ވޯޓް ފެއިލްކޮށްލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ލަންކާގައި ކުރަންޖެހޭ މަސައްކަތްތައް ނުނިމޭ ކަމަށާއި އެހެންކަމުން ޓީމަށް އެނބުރި ރާއްޖެއަށް ދެވޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީޕީއެމްގެ ޓީމެއް ލަންކާގައި ހަރަކާތްތެރި ވަނީ އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާ ނުގިޅިގެން އެ ދެ މެންބަރުންނާ ބައްދަލުކުރުމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނިކޮށް، 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ވަނީ ހޯމަ ދުވަހު މަޖިލިހަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވައި، މިމަހުގެ 24 ވަނަ ދުވަހަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް