Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ ޝަހީދު

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

އެ މުއާހަދާގައި ސޮއި ކުރީ 2006 ވަނަ އަހަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 ޖުލައި 2017 | ހޮނިހިރު 20:48
ޑރ އަހުމަދު ޝަހީދު:އައިސީސީޕީއާރ އިން ފުރުސަތު ލިބޭ މުޒާހަރާކުރަން

ޑރ އަހުމަދު ޝަހީދު:އައިސީސީޕީއާރ އިން ފުރުސަތު ލިބޭ މުޒާހަރާކުރަން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމުގައިވާ އައިސީސީޕީއާރު ބުނާ ގޮތުން މުޒާހަރާ ކުރެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ

ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު މިހެން ވިދާޅުވީ 24 ވަނަ ދުވަހު މުޒާހަރާ ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ޑރ ޝަހީދު ވިދާޅުވީ 2006 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ސޮއިކުރެއްވި އިންޓަރނޭޝަނަލް ކޮވެނަންޓް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ބުނަނީ މުޒާހަރާ ކުރެވޭނޭ ކަމަށެވެ.

ޑރ ޝަހީދު މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އޮފީސް ދޮރުމައްޗަށް އެއްވުމަށް ނިންމާފައިވާއިރު މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު ފަރާތްތަކަށް މާލޭގެ މަގުތަކުގައި މުޒާހަރާކުރުން ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނާނެ ކަމަށާއި އެހެން ކަމުން ގިނަ ބަޔަކު މެމްބަރުންނާއެކު ތިބި ކަން ދެއްކުން މުހިންމު ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ. އެހެން ކަމުން 24 ވަނަ ދުވަހުގެ ހެނދުނު 9.00 ގައި އެމްޑީޕީ އޮފީސް ކުރިމައްޗަށް އެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްގެ ތަރުޖަމާން އަހުމަދު މަހްލޫފް ވަނީ ގޮވާލާފަ އެވެ.

އެ ހަރަކާތްތަކަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ކަންކަން ނަމަ އެކަމަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ފުލުހުން ބުނެފައިވަނީ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު