Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް މޮޅުވިއިރު، ޓޮޓެންހަމް އެއްވަނައަށް

ވަޓްފޯޑް އަތުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 21:32
ވުލްވްސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ވުލްވްސް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވުލްވްސް އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ލީގުގައި ރިކޯޑެއް ގާއިމުކުރިއިރު، ވަޓްފޯޑް އަތުން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، އެ ޓީމުން ވަނީ ލީގުގައި ރަށުން ބޭރުގައި ބަލިނުވެ 28 މެޗު ހަމަކޮށް ރިކޯޑު ހަދާފައެވެ. މީގެ ކުރިން މި ރިކޯޑު އޮތީ ރަށުން ބޭރުގައި ބަލިނުވެ 27 މެޗު ހަމަކުރި އާސެނަލުގެ އަތުގައެވެ. މީގެ އިތުރުން މި މެޗަކީ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ، އެ ޓީމަށް ލީގުގައި އިރުޝާދުދިން 100 ވަނަ މެޗެވެ.

މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ވުލްވްސްއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއިރު، ވުލްވްސްގެ ފްރާންސިސްކޯ ޓްރިންކާއޯ ހުހަށްހުރެ ފޮނުވާލި ހަމަލާއެއް ސަލާމަތްކޮށްދިނީ ޔުނައިޓެޑުގެ އާރޮން ވަން ބިސާކާއެވެ.

މެޗުގެ ދެވަނަ ހާފުގައި ކޯނަރަކުން ވުލްވްސްގެ ރަމޮން ސައީސް ފުލުފުލުގައި ފޮނުވާލި ދެ ހަަމަލާއެއް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑެ ހެއާ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ރަފައެލް ވަރާން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން ގްރީންވިޑެވެ.

އެކަމަކު އޭގެ ކުރިން ވުލްވްސްގެ ރުބެން ނެވޭސްއަށް ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ފައުލުކުރި ކަމަށް ބުނެ ވުލްވްސް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފުރީ ނިންމާފައިވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވަޓްފޯޑް އަތުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޓޮޓެންހަމް މޮޅުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ މި ފަހަރުގެ ލީގުގައި ފުރަތަމަ ފަހަރަށް އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މި ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ސޮން ހުއެން-މިންއެވެ. މި ލަނޑާއެކު ޕްރިމިއާ ލީގުގައި ސޮން ވަނީ 200 ލަނޑު ހަމަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެ ޓީމުގެ ޑެލެ އަލީ އާއި ކޭންއަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ކުޅުންތެރިންނަށް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނައިން ފެށިގެން ހަވަނައާ ހަމައަށް އޮތް ފަސް ޓީމަށްވެސް ލިބިފައިވަނީ ތިން މެޗުން ހަތް ޕޮއިންޓެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްޓޮޓްނަމް ހޮޓްސްޕަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު