Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއއ. ވެލިފިނޮޅުން ވެލިނަގާ މައްސަލަ

ވެލިފިނޮޅުން ވެލި ނަގާ މައްސަލަ، މަޝްވަރާކޮށްގެން ހައްލުކުރަނީ

29 އޯގަސްޓު 2021 | އާދީއްތަ 14:09

މިހާރު ވަނީ ފިނޮޅުން ވެލި ނެގުން ހުއްޓުވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޯގަސްޓު 2021 | އާދީއްތަ 14:09
ވެލިފިނޮޅު ތަރައްގީ ކުރާ މައްސަލަ

ވެލިފިނޮޅު ތަރައްގީ ކުރާ މައްސަލަ

އއ. ވެލިފިނޮޅުން ވެލި ނަގާ މައްސަލަ ދެފަރާތުން މަޝްވަރާކޮށްގެން ހައްލުކުރަމުންދާކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

ކްރައުން ކޮމްޕެނީ މޯލްޑިވްސްގެ ފަރާތުން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓު އޮންނަ ފަޅުތެރެއިން ބޮޑުސަރަހައްދެއް ހިއްކަމުން ގެންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، މިކަމާ ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އއ.އަތޮޅު ކައުންސިލުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި, ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ, ފިނޮޅުން ވެލި ނަގާތީ އެ މައްސަލަ ގޯސްވެގެން ސަރުކާރުގެ ޓީމެއް އެރަށަށް ފޮނުވަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ އެ ޓީމަށް އެ ރަށަށް ދެވޭވަރު ވެފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

ނަޢީމް ވިދާޅުވީ މިވަގުތު އެރަށުން ވެލި ނެގުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަދާފައިވާ ވެލިފިނޮޅު ބޮޑުކުރަން ފަޅު ހިއްކުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވަމުންދާ ކަަމަށް ރަސްދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ރަސްދޫގެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

މިކަން ދާއިމީ ގޮތެއްގައި ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރ ޙަސަން ޝިޔާންއެވެ. މައްސަލަ ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާ, އީޕީއޭ އިން 2018 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށެވެ. މިގޮތުން މިސަރަހައްދު ހިމާޔަތްކޮށް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ސަރަހައްދު ބެލެހެއްޓުން އއ. ރަސްދޫ ކައުންސިލާ ހަވާލުކުރުމަށް އީޕީއޭ އިން ނިންމައި, ރަސްދޫ ކައުންސިލަށް 2018 ވަނަ އަހަރު ވަނީ އެކަން އަންގާފައިކަމަށް ޝިޔާން ވިދާޅުވިއެވެ.

ރަސްދޫއާއި އެސަރަހައްދުގެ ގިނަ ރަށްރަށުގެ އާންމު ރައްޔިތުން ގެދޮރު އެޅުމާއި އެނޫންވެސް އެކި ބޭނުންތަކަށް ޒަމާނުއްސުރެ އެސަރަހައްދުން ވެލިނަގަމުން ދިޔަ ދިޔުން އެސަރަހައްދު ހިމާޔަތްކުރުމުގެ ސަބަބުން އީޕީއޭން ވަނީ މަނާކޮށްފައި ކަމަށް ޝިޔާން ވިދާޅުވިއެވެ.

ހިމާޔަތްކޮށްފައިވާ މިސަރަހައްދާ ކައިރިން ފަސް ނަގައި ވެލިފިނޮޅުގެ ނަމުގައި ރަށެއް ހެދުމުގެ މަސައްކަތް ކްރައުން ކޮމްޕެނީގެ ފަރާތުން މިހާރު އަންނަނީ ކުރަމުން ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި މިރަށް ހިއްކުމަށް ވެލި ނަގަމުން ގެންދަނީ މީގެކުރިން އީޕީއޭގެ ފަރާތުން އާންމު ރައްޔިތުންނަށް ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދުންނެވެ. އަދި މިކަން ކުރިޔަށްދާއިރު އަތޮޅު ކައުންސިލާއި އަދި އެސަރަހައްދުގެ އެއްވެސް ރަށަކާ އެއްވެސް ވަރަކަށް މަޝްވަރާކުރެވިފައި ނުވުމުގެ އިތުރުން މިކަމަކީ އީޕީއޭއިން ހުއްދަ ލިބިގެން ކުރާކަމެއްކަން އަތޮޅު ކައުންސިލަށް އަދި ސަރަހައްދުގެ އެއްވެސް ރަށަކަށްވެސް ސާފު ނުވާކަމަށް ޝިޔާން ވިދާޅުވިއެވެ.

އއ.ވެލިފިނޮޅުއީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް