Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ އަންހެން ޓީމުގެ ކޭމްޕް

ޔޫއޭއީ ކޭމްޕުން އަންހެން ޓީމަށް ރަނގަޅު ތަޖުރިބާއެއް

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2021 | ހޮނިހިރު 11:39
ޔޫއޭއީގެ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމުން ކުޅުނު މެޗުގެ ތެރެއިން

ޔޫއޭއީގެ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމުން ކުޅުނު މެޗުގެ ތެރެއިން

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ.

ގައުމީ އަންހެން ޓީމުން ޔޫއޭއީގައި ކޭމްޕުކުރީ އަންނަ އަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. މި މަހުގެ 20 ވަނަ ދުވަހު ގައުމީ އަންހެން ޓީމު ޔޫއޭއީއަށް ދިޔައިރު، މި ކޭމްޕުގައި އެ ޓީމުން ވަނީ ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ދެ މެޗު ކުޅެފައެވެ.

އެގޮތުން ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖެހީ އުމުރުން 16 އަހަރުގެ ރާނިޔާ އިބްރާހީމެވެ. މިއީ ދާދި ފަހުން ގައުމީ ޓީމުން ފުރުސަތު ހޯދި ރާނިޔާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ ފުރަތަމަ މެޗެވެ.

ދެން މި ކޭމްޕުގައި ގައުމީ ޓީމުން ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ދެ މެޗުން ރާއްޖޭގެ އަންހެން ޓީމަށް ރަނގަޅު ތަޖުރިބާއެއް ލިބުނުއިރު، ކޭމްޕް ފުރިހަމަކުރުމަށްފަހު ހުކުރު ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

ގައުމީ އަންހެން ޓީމު ޔޫއޭއީގައި ކޭމްޕުކުރިއިރު، އެ ޓީމުން ދާފި ފަހުން ވަނީ ބ. އޭދަފުށީގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އޭދަފުށިން ހޮވާލެވުނު އަންހެން ޓީމާ ދެކޮޅަށް ކުޅުނު އެ މެޗުން ގައުމީ އަންހެން ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނައިރު، މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި، ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ.

ގައުމީ އަންހެން ޓީމަށް ރަސްމީކޮށް އައު ކޯޗެއް ހަމަޖައްސަން ދެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ. އެކަމަކު މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވަނީ ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު