Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޝްރޫއުތަކުގެ ކްރޮސް ސަބްސިޑީ

ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ދެވޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފި

ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ޝާއިއު ކުރަންވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2021 | ހޮނިހިރު 07:00
ކްރޮސް ރޯޑްސް - ދައުލަތަށް މަންފަވާ މަޝްރޫއުތަުގެ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެވޭ ގޮތަށް ގަވާއިދެއް ވަނީ އެކުލަވާލާފައި

ކްރޮސް ރޯޑްސް - ދައުލަތަށް މަންފަވާ މަޝްރޫއުތަުގެ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެވޭ ގޮތަށް ގަވާއިދެއް ވަނީ އެކުލަވާލާފައި

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިޢުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށްގަވާއިދެއް އެކުލަވާލައިފިއެވެ.

މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މިޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ 9 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މަގުސަދަކީ، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިޢުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގުމަށް، އެ މަޝްރޫޢެއްގެ މުޤާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ޝާއިޢު ކުރަންވާނެ ކަމަށެވެ.

އަދި ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު، އެގޮތުން ހިންގުމަށް ބޭނުންވާ މަޝްރޫޢުގެ ތަޢާރަފާއި، މަޝްރޫޢު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށް ނުވަތަ ސަރަޙައްދާއި، މަޝްރޫޢަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރުން އިއުލާން ކުރާ މަޝްރޫޢުތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވެއެވެ.

މި ގަވާއިދުގައި ބުނާ ގޮތުން މަޝްރޫޢެއްގެ މުޤާބިލުގައި ކުއްޔަށް ދޫކުރަންވާނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޝާއިޢުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކަމަށް މި ގަވާއިދުގެ 4 ވަނަ ނަންބަރުގައި ބުނެފައިވެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަންތަނުގެ ތެރެއިން މަޝްރޫޢު ހިންގާ ފަރާތުން ތަނެއް ޚިޔާރުކުރުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެކުލަވާލާ ލިސްޓުގައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫޢު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ، ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމުން، އެ ނިންމުމާ އެއްގޮތަށް އެ ތަނެއް ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތާއެކު އެ ތަނެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ސޮއިކުރަންވާނެކަމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވެއެވެ. އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫޢު ނިމުމުން ނުވަތަ މަޝްރޫޢު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުން ކަމުގައި ބަޔާންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި، ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ޓަކައި ރަށްރަށާއި، ބިންބިމާއި، ފަޅުފަޅުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބޭނެ މިންވަރު ކަނޑައެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ އުސޫލެއް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް، ކޮންމެ އަހަރަކު މަޝްރޫޢުތައް ޝާއިޢުކުރާއިރު ހިމަނަންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުޤާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާނަމަ، މި މާއްދާގައިވާ ގޮތަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވިދާނެ ކަމަށް ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުޤާބިލުގައި ރަށެއް ދޫކުރުމުގެ ކުރިން އެ މަޝްރޫޢުގެ ތަޢާރަފް، މަޝްރޫޢު ހިންގައިފައިވާ އަތޮޅާއި ރަށް، މަޝްރޫޢު ހިންގި ފަރާތުން ކޮށްފައިވާ ޚަރަދު އަދި މަޝްރޫޢު ހިންގި ފަރާތާއި މަޝްރޫޢު ހިންގުމަށް އެ ފަރާތާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އެކުލަވައިލި ތާރީޚުގެ އިތުރުން މަޝްރޫޢު ނިމުނު ތާރީޚް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޓޫރިޒަމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްފަހު، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތަށް އެ މަޝްރޫޢެއްގެ މުޤާބިލުގައި ދޫކުރާނެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކަނޑައަޅަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާއާ އެއްގޮތަށް ކުއްޔަށް ދޫކުރާ ރަށަކާ ނުވަތަ ފަޅަކާ ނުވަތަ ބިމަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި އެކުއިޒިޝަން ކޮސްޓް، އެ މަޝްރޫޢެއް ހިންގުމުގެ މުޤާބިލުގައި މަޝްރޫޢަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާއާ އަޅައި ކަނޑައިދޭންވާނީ އެ މަޝްރޫޢަކާ ގުޅިގެން އެންމެ ފުރަތަމަ ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

ޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިޒަމް މިނިސްޓްރީތަރައްގީގެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

23 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫގައި 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންގިއިރު، ކުރީގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢު ތައް ހިމެނޭ

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫގައި 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންގިއިރު، ކުރީގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢު ތައް ހިމެނޭ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު