Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ.ބިލެތްދޫ

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫގައި 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންގިއިރު، ކުރީގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢު ތައް ހިމެނޭ

ވޯޓަކާ ދިމާކޮށް ތަރައްގީގެ މަޝްރޫއުތައް އިއުލާން ކުރަމުންދަނީ ރައްޔިތުން ހައްދާލުމުގެ ނިޔަތުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 08:53
ފަށާއިރު ޕްރޮގްރާމް ގައި ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން ވާހަކަ ދައްކަވަނީ

ފަށާއިރު ޕްރޮގްރާމް ގައި ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ފ.ބިލެތްދޫ އަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވަޑައިގަންނަވާ 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ކައުންސިލަށް އެންގިއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢުތައް ހިމެނޭ ކަމަށް އެރަށު ކައުންސިލް މެންބަރު އާސިފާ ސުލައިމާން ވިދާޅުވެއްޖެ އެވެ.

ބިލެތްދޫ އަށް ރައީސް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ 20 ސެޕްޓެންބަރު 2025 ގަ އެވެ. ރައީސް މުއިއްޒުގެ މިދަތުރުފުޅާ ގުޅިގެން އެރަށު ތެރޭގައި ކަންކަން ހިނގާދިޔަ ގޮތާއި، މިހާރު ހާލަތު ވަރަށް ތަފްސީލް ކޮށް އެރަށުގެ ކައުންސިލް މެންބަރު އާސިފާ ވަނީ ހޮނިހިރު ދުވަހު ފަށާއިރު ޕްރޮގްރާމްގައި ކިޔައި ދެއްވާފަ އެވެ.

Advertisement - newsAdvertisement

އާސިފާ ވިދާޅުވީ ރައީސް މުއިއްޒުގެ ކުރިއަށް، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވި ކަމަށާއި، ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ޖުމްލަ އަދަދު ކައުންސިލްއާ ހިއްސާ ކުރެއްވި ކަމަށެވެ. 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެބޭފުޅުން ވިދާޅުވުމުން ހުރިހާ ކައުންސިލަރުންގެ ދެ ލޯ ވެސް ބޮޑުވި ކަމަށާއި، ބޮޑު ހައިރާން ކަމެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފާ ވިދާޅުވީ މި 19 މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލުގެ މަލްޓިޕަރޕަސް ހޯލު، ސިއްހީ މަރުކަޒުގެ އައު އޮފީސް އިމާރާތް، ފެނަކަ އޮފީހާއި އައު އިންޖީނުގެ އަކީ ކުރީ ސަރުކާރުގައި ނިންމައި މިހާރު ޚިދުމަތް ލިބެމުންދާ ތަންތަން ކަމަށެވެ. ނަމަވެސް މި މަޝްރޫއުތައް 19 މަޝްރޫއުގެ ތެރޭގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ކައުންސިލް 5 މެންބަރުން ވެސް ދިޔައީ ހަމަ ދެ ލޯ ބޮޑު ވެގެން. އަޅުގަނޑުމެންނަށް ނޭނގި އެވަރުގެ ބައިވަރު ޕްރޮޖެކްޓް އައީ. ދެން އުފާވާނެ ކޮންމެ ބަޔަކު ވެސް އެހައި ބައިވަރު ޕްރޮޖެކްޓް ތައް އައިމާ. އަސްލު ހަގީގަތުގައި އަޅުގަނޑަށް ވުރެ ކުރިއަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވެއްޖެ ތަފްސީލު ބޭނުމޭ ތިޔަ ޕްރޮޖެކްޓް ތަކުގެ. ދެން އެބޭފުޅުން ދެންނެވި ހުރިހާ ޕްރޮޖެކްޓްތަކުގެ ތަފްސީލް. ދެންނެވިއިރު ގައި އޭގެން އެއްބައި ޕްރޮޖެކްޓް ތަކަކީ އަޅުގަނޑުމެން އަޑުވެސް ނާހާ ހަގީގަތުގައި ބިލެތްދޫ ކައުންސިލް މުޅި ބިލެތްދޫ ކައުންސިލް ތަމްސީލް ކުރާ އެންމެ ބޮޑު މުއައްސަސާ. ކައުންސިލަށް ވެސް ނޭނގި ވަރަށް ބައިވަރު ޕްރޮޖެކްޓް ހުރި. ދެން އޭގެ އިތުރުން ނިމިފައި ހުރި ޕްރޮޖެކްޓްތައް ވެސް އޭގެ ތެރޭގައި ހުރި.
ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން

ބިލެތްދޫ ތަރައްގީގެ އެއްވެސް މަޝްރޫޢު އެއް ކުރިއަށް ނުދާކަން ފާހަގަކުރައްވައި އާސިފާ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރު ނިމިގެން ދިޔައިރު ބަނދަރުގެ މަޝްރޫއާއި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނާއި، މަސައްކަތުގެ ސައިޓް ވެސް ހަދާފައިވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ވެސް ވައުދުފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފާ ވިދާޅުވީ ރައީސް މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބައެއް މަޝްރޫއުތަކުގެ ބިންގާ އަޅުއްވައި ދެއްވި ކަމަށާއި، ނަމަވެސް މިހާރު ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށެވެ.

އެކަމަކު މިދޭތެރެއިން ރައީސް ބިލެތްދޫއަށް ވަޑައިގަންނަވަން ވެގެން ތިން ހަތަރުތަނެއްގައި ބިންގާ އަޅާފައިވޭ. ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކޮށް ކޮންމެވެސް ވަރަކަށް ފެށިގެންދިޔަ. އެކަމަކު މިހާރު އެމަސައްކަތް ވެސް ވަނީ ހުއްޓިފައި. މިވަގުތު ހަމަ ތަރައްގީ އެއްވެސް މަސައްކަތެއް ބިލެތްދޫގައި ކުރިއަށް ނުދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބިންގާތައް ވެސް އެޅިގެން އެދިޔައީ ވެސް ރައީސްގެ ދަތުރުފުޅާ އެކީގައި ބިލެތްދޫގައި ރިބަންފަން ކަނޑާލާނެ އެއްވެސް ތަނެއް ނެތީމަ. ކޮންމެވެސް ކަމެއް ކުރުމުގެ ނިޔަތުގައި ހަމަ އަޅާލި ބިންގާތަކެއް އެއީ. އަޅުގަނޑު ދެންނެވި އެ ދުވަހު ވެސް ތިޔައީ ރައްޔިތުންނަށް ފެންނާނެ ތަރައްގީގެ މަޝްރޫއެއް ނޫނޭ. ތި ބިމުން މައްޗަށް އަރާތަނެއް ހަގީގަތުގައި ރައްޔިތުންނަށް ފެނިގެން ނުދާނޭ.
ބިލެތްދޫ ކައުންސިލް މެންބަރު އާސިފާ ސުލައިމާން

އާސިފާ ވިދާޅުވީ ވޯޓަކާ ދިމާކޮށް ތަރައްގީގެ މަޝްރޫއުތައް އިއުލާން ކުރަމުންދަނީ ރައްޔިތުން ހައްދާލުމުގެ ނިޔަތުގައި ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހެޔޮ ނިޔަތެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވައި މަޝްރޫއުތައް އިއުލާން ކުރެއްވުމަކީ ވެސް ރައްޔިތުންނަށް ލިބޭ ހިތްހަމަ ޖެހުމަކަށްވާތީ އެކަމުގެ ވެސް ފައިދާ މި ސަރުކާރުގެ ބޭފުޅުން ނަގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. ބިލެތްދޫއާސިފާ ސުލައިމާންތަރައްގީގެ މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު