Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއު

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ތަރައްގީގެ މަޝްރޫއު ތަކަށް އެންމެ ވެލި ފުކެއް ވެސް އަޅާފައި ނުވޭ: ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ

މި ސަރުކާރުން ގެންގުޅެނީ ބާލިދީ ބަޖެޓެއް، ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2025 | އާދީއްތަ 08:25
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމް ގައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމް ގައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ފުވައްމުލައް ސިޓީގައި ތަރައްގީ ގެ މަޝްރޫއު ތަކަށް އެންމެ ވެލި ފުކެއް ވެސް އަޅާފައި ނުވާ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ތަރައްގީއާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމް ގައި ހުސެއިން މުހައްމަދު ވިދާޅުވީ އެ ސިޓީގެ ތަރައްގީ އަށް ރައީސް މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވާން ދާއިރު އައު އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ވަރަށް ލަސްލަހުން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ހުސެއިން މުހައްމަދު ވިދާޅުވީ ކުރީ ސަރުކާރު ގައި މަގު ހެދުމުގެ -ފޭސް އެކެއްގެ ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ސިސްޓަމާއެކު ތާރު އަޅާ ނިންމި ކަމަށާއި، މި ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް މަގު ހެދުމުގެ ދެވަނަ-ފޭސް އިއުލާންކޮށް، މަގެއްގައި ހޮޅިއެއް ބޭއްވި ކަމަށެވެ.

ދެން މިސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މަޖިލިސް އިންތިޚާބަށް ގޮސް ކުރި ކަމަކީ އެއް މަގެއްގައި ހޮޅިއެއް އެޅި. އެ ހޮޅި އެޅުމަށްފަހު އަދި މިހިސާބަށް އައިރުގައި ފުވައްމުލަކު ގައި ނެތް ތާރުކޮޅެއް އަދި އޭބީސީގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ. އަނެހެން މަގުގެ މަސައްކަތް ވެސް މިސަރުކާރަށް މިވަނީ އެއްވެސް ވަރަކަށް ނުކުރެވިފައި. އެތާގައި ތާރު އަޅާ މެޝިނެއް ވެސް ނެތް ކަމަށް މީހުން ބުނަނީ. އޭބީސީ މަސައްކަތެއް ވެސް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ވަނީ.
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ

ރައީސް މުއިއްޒު 19 ފެބްރުއަރީ 2024 ގައި ފުވައްމުލައް ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި އެ ކައުންސިލުން އެދުނު ގޮތަށް އަދި އެމަނިކުފާނު ވައުދުވި ގޮތަށް އެ ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 50 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ހިމެނެ އެވެ. އެއީ ގާތްގަނޑަކަށް 12.7 ކިލޯ މީޓަރެވެ.

މީގެ އިތުރުން ހުސެއިން މުހައްމަދު ވިދާޅުވީ، އެރަށުގައި ބަނދަރު ބޮޑު ކުރުމާއި، އެއަރޕޯޓު ބޮޑު ކުރުމުގެ މަޝްރޫއު އަދި 500 ހައުސިން ޔުނިޓް އަޅައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ތައުލީމީ ދާއިރާ ކުރި އެރުވުމަށް އެމްއެންޔޫ ފެކަލްޓީއެއް އަޅާނެ ކަމަށާއި، ޒުވާނުންނަށް ޚާއްސަކޮށް އެކި ކުޅިވަރުތައް ކުޅުމަށް ޚާއްސަ ދަނޑުތައް އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް މި މަސައްކަތްތަކާ ގުޅޭ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ބާލިދީ ބަޖެޓެއް ކަމަށާއި، ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް ހަގީގަތް އެނގޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފުވައްމުލައް ސިޓީހުސެއިން މުހައްމަދު ދީދީތަރައްގީގެ މަޝްރޫއުމަގު ހެދުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު