Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއު

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 01:41
ރައީސް ޑރ މުހައްމަދު މުއިއްޒު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލ. ގަމަށް ވަޑައިގެންނެވީ 21 އޮކްޓޯބަރު 2025 ގަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ފައްޓަވައި ދެއްވި މަޝްރޫއުތައް

ލ.ގަމު ތުނޑީގެ އަލަށް އާބަދުވީ ސަރަހައްދުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށުން

ލ.ގަމު ތުނޑީގެ އަލަށް އާބަދުވީ ސަރަހައްދުގައި ޤާއިމްކުރާ ނަރުދަމާ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 36,533,703.10 ދިވެހި ރުފިޔާ އެވެ. އަދި މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.

މި މަޝްރޫޢުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެ އެވެ.

ލ.ގަން މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.

މި މަޝްރޫއު އާރުޑީސީ އާއި ހަވާލުކުރީ 157,654,199.88 ރުފިޔާ އަށެވެ. އަދި މުއްދަތަކީ 730 ދުވަހެވެ.

ލ. ގަމު އުތުރު ފަރާތު ބަނދަރު ހެދުމުގެ މަޝްރޫޢު

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.

ލ. ގަމު އުތުރު ފަރާތު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ 136,625,378.40 ރުފިޔާ އަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ލ.ގަމުގައި ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

ލ. ގަމުގައި 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗް.ޑީ.ސީ ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ. އަދި އެޗް.ޑީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްބާޙް އަލީ ނަޞީރު އެވެ. މި މަޝްރޫޢުގެ ދަށުން ލ.ގަމުގައި 3 ކޮޓަރި އެޕާޓްމަންޓްގެ 100 ހައުސިންގ ޔުނިޓް ޢިމާރާތްކުރެވިގެންދާނެ އެވެ.

100 ހައުސިންގ ޔުނިޓުގެ މަސައްކަތް އެޗްޑީސީ އާއި ހަވާލުކުރީ 410 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގެއް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ.

ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު

މުޅި ރާއްޖޭގައި އޮތް ޑްރަގުގެ ވަބާ ނައްތާލުމަށްޓަކައި، ދެތިން ސަރަޙައްދެއްގައި ކޮމިއުނިޓީ ބޭސް ރީހެބިލިޓޭޝަން ސެންޓަރުތަކެއް ހަދަން ވީ ވަޢުދުގެ ތެރެއިން ގަމުގައި އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ވަނީ ފެށިފަ އެވެ. މިމަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްގެންނެވެ.

ސްޕޯޓްސް ކޮމްޕްލެކްސް

ސްޕޯޓްސް ކޮމްޕްލެކްސް ހަވާލު ކުރެވިގެން ދިޔަ އިރު، ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯކޮށް ކުޅެވޭ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، ސްޕެކްޓޭޓަރ ކެޕޭސިޓީ، ނުވަތަ ބަލަންތިބޭ މީހުންގެ އަދަދު، 1200 މީހުންނަށް ވާވަރުގެ، ޒަމާނީ، ވަރަށް ފުރިހަމަ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްވެގެންދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުން

މި މަޝްރޫއުއަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި މަޝްރޫޢުގައި، ސްޕެޝަލިޓީ އެކިއެކި ދާއިރާތަކާއި، ސުޕަރ ސްޕެޝަލިސްޓުން އެކި ދާއިރާތަކުން މި ރަށުގައި ޚިދުމަތްކުރާ ގޮތަށް، އިތުރަށް އެޅިގެންދާ އިމާރާތާއި، އެ އިމާރާތުގައި ޤާއިމުކުރެވިގެންދާނެ ވަސީލަތްތައް ހިމެނެ އެވެ.

މި މަޝްރޫޢުގެ ދަށުން، 31,968.78 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ ޢިމާރާތެއް ހަދާނެ އެވެ. މި މަޝްރޫޢަކީ 99.93 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން ޙަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ލ. ގަމު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މި މަޝްރޫޢުގެ ދަށުން، ގަމު ގޮނޑުދޮށަށް 10,007 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 30 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ޖުމުލަ 260 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މިއީ 11.52 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމަން ހަވާލުކުރި މަސައްކަތެކެވެ.

އިތުރަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސް ވިދާޅުވީ ދާދި އަވަހަށް، އިރާދަކުރެއްވިއްޔާ އިތުރު ދެތިން ހަތަރު ރިޒޯޓު ހެދުމަށް، އެކި ފަރާތްތަކުން، އެކި އިންވެސްޓަރުން އެގްރީމަންޓްތައް ހަދައި، މަސައްކަތްތައް ފަށާނެ އެވެ.

އަދި އިތުރު 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި، ވަރަށް އަވަހަށް އެހެން ފަރާތަކާއެކު ސޮއިކުރުމުގެ މަސައްކަތް، ހައުސިންގ މިނިސްޓްރީން ކުރިއަށް އެބަ ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސޮއިކުރެވުނުހާ އަވަހަކަށް، މި އަހަރު ތެރޭގައި، އިތުރު 100 ހައުސިންގ ޔުނިޓު ވެސް ގަމުގައި އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެއީ، މިހާރު ހިނގަމުންދާ 100 އާއި، ސޮއިކުރެވިގެން މިދިޔަ 100 އާއި، އަދި އޭގެއިތުރު 100.

ފިނޭންސް މިނިސްޓްރީއާއި، ހައުސިންގ މިނިސްޓްރީގެ ޓީމެއް، ގަމަށް ދާދި އަވަހަށް އައިސް ގަމަށް ބަދަލުވި ފަރާތްތަކަށް ދޭ 50،000 ރުފިޔާ ދިނުމަށް ލިބޭ ފަރާތްތަކާ ބައްދަލުކުރުމާއި، އޭގެ ތަފުސީލުތައް އިތުރަށް އޮޅުންފިލުވައި، އެއިން ކޮންމެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި، ސީދާ އެކައުންޓަށް ޖަމާކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ބޭފުޅުން އެނބުރި ވަޑައިގެންފައި، ކޮންމެ ބޭފުޅެއްގެ ސީދާ އެކައުންޓަށް، 50،000 ރުފިޔާ ޖަމާކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް އައު މަޝްރޫއު ފެށޭ އިރު ސްކޫލްތަކަށް އިތުރަށް ބޭނުންވާ ޢުމްރާނީ ކުރިއެރުންތައް ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޢިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ފާސްވެގެންދާ ބަޖެޓުގެ ތެރެއިން ހިމެނިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި މި އަންނަ އަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތަޢުލީމީ ފަންޑުން ޚަރަދުކޮށްގެން ގަމަށް ބަހެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށް ރައީސް ވިދާޅުވި އެވެ. މަދުވެގެން 2 ބަސް ދިރާސީ އާ އަހަރަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ލ. ގަމުގައި ޕަބްލިކް ވާކްސް ޔުނިޓެއް ގާއިމްކޮށް މާދުރުން އެހެން ހިސާބަކުން، ޕަބްލިކް ވަރކްސް ޔުނިޓަކުން ތަކެތި ގެނެސްގެން، މަސައްކަތްކުރާ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ތަކެތި އަންނަން ދޮޅުމަހެއް، ނޫނީ ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ. ލަސްވެގެން އަހަރު ނިމުމުގެ ކުރިން އެކަން ކުރެވޭނެ އެވެ.

އިތުރަށް ވެވަޑައިގެންނެވި ވައުދުފުޅުތައް (އަންނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓް)

  • ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް
  • މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުން (ފެށޭނެ ދުވަހެއް ދަންނަވާކަށް ނޭނގޭ)
  • ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖުތިމާޢީ ހުރިހާ ދާއިރާއެއް، ޢުމްރާނީ ތަރައްޤީގެ ހުރިހާ ދާއިރާއަކުން (ވަކިވަކި ކަންތަކެއް ވިދާޅެއް ނުވޭ)
  • އެންމެ ލަސްވެގެން ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި، އާރުޓީއެލްގެ ހިދުމަތް ފެށޭނެ

ގަމު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވަޢުދުތަކެއްވި ކަމަށެވެ. އަދި ފަހުންވެސް، ގަމަށް އާދެވުނު ވަގުތު، ކަންކަމުގައި، އެ މައްސަލަތައް ޙައްލުކޮށްދިނުމުގައި ކަންކަން ކޮށްދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، ބޭނުންވަނީ، ސޮއިކުރެވިގެންދިޔަ، އަދި ފެށިގެންދާ މަޝްރޫޢުތަކަކީ މި ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ ގޮތުން ފެށޭ، ސޮއިކުރެވޭ މަޝްރޫޢުތަކަށް ވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލ. ގަންތަރައްގީގެ މަޝްރޫއުލ އަތޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު