Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރި ހުޅަނގުފަރާތު ފަރަށް އެރި ބޯޓު

ފަރަށް އެރި ބޯޓު ފުރުމުގެ ހުއްދަދެވޭނީ ލިބުނު ގެއްލުމުގެ ބަދަލު ދެނެގަތުމަށް ފަހު: ޓްރާންސްޕޯޓް މިނިސްޓްރީ

27 އޯގަސްޓު 2021 | ހުކުރު 09:35

މި ހާދިސާ ތަހުގީގުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޯގަސްޓު 2021 | ހުކުރު 09:35
ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ރަސްފަރީ ފަރަށް އެރި ބޯޓު

ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި ކާގޯ ބޯޓަށް ފުރުމުގެ ހުއްދަދެވޭނީ ލިބުނު ގެއްލުމުގެ ބަދަލު ދެނެގަތުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ކާގޯ ބޯޓު ފަރަށް އެރީ މިމަހުގެ 19ވީ ބުރާސްފަތި ދުވަހު މެންދުރު 12:48 ހާއިރުއެވެ. އެ ބޯޓު ފުންކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާބެހޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަބްދުލްޣަނީ ވިދާޅުވީ ބޯޓު މިހާރު ފުރުން ހުއްޓުވާފައިވާ ކަމަށާއި، ފުރުމުގެ ހުއްދަ ދެވިގެންދާނީ ލިބިފައިވާ ގެއްލުމުގެ ބަދަލު ދެނެގަތުމަށްފަހު ކަމަށެވެ.

އަބްދުލްޣަނީ ވިދާޅުވީ ބޯޓު ފަރަށް އެރުމުގެ ހާދިސާ ތަހުގީގުކުރާނެ ކަމަށާއި، އިހުމާލުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން ބޯޓުގެ ކެޕްޓަންގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ބޯޓުގައި ހުރި ތެޔޮ ކަނޑަށް ބޭރު ނުވާނެފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ރިފްޢަތު ނަސީމް ވިދާޅުވީ މި ބޯޓު ފަރަށް އަރާފައިވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ވުމާއެކު މި ފަރަށް ލިބޭ ގެއްލުންތައް ވަރަށް ޚާއްސަ ކަމެއް ދީގެން ބަލަމުންދާ ކަމަށެވެ. އަދި ބޯޓު ފުންކުރުމަށް އެކި ޕްލޭންތައް ހެދިގެންދާއިރުވެސް ވީހާވެސް ބޮޑަކަށް ތިމާވެއްޓަށް ގެއްލުން ނުވާނެހެން މިކަންކަން ކުރިއަށްގެންދަން އީޕީއޭއިން މަސައްކަތް ކުރަމުންދާކަމަށެވެ.

ބޯޓު ފަރަށް އެރި ކ. ރަސްފަރީ ފަރަކީ ހިމާޔަތްކޮށްފައިވާ ފަރެކެވެ. އެހެންކަމުން ބޯޓު ފުންކުރެވުނުހާ އަވަހަކަށް ފަރަށް ލިބުނު ގެއްލުން ބަލާނެ ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

ބޯޓު އެއްކޮށް ފަރަށް ލައްވެފައިވާއިރު، ބޯޓު ފުންކުރުމުގެ މަސައްކަތް ފެށޭނީ އަންނަ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހު ކަމަށާއި، އުންމީދަކީ 2 ދުވަސްތެރޭ ބޯޓު މުޅިންހެން ފުންކޮށް ނިންމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރުވެސް ބޯޓަށް ކަމެއް ދިމާވެއްޖެނަމަ ބޯޓު ބޭރުކޮށްލެވޭވަރަށް ވަސީލަތްތައް އެބަހުރިކަން އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

އީޕީއޭއެމްއެންޑީއެފްޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް