Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއާޕޯޓުގެ ފްލައިޓް މޫވްމެންޓް

އަހަރުގެ މިހާތަނަށް 11،146 ފްލައިޓް މޫވްމެންޓް، އެންމެ ގިނަ ދަތުރުކުރީ އެމިރޭޓްސްއިން

އެންމެ ގިނަ ދަތުރުތައް ބާއްވައި އެންމެ ގިނަ ފަސިންޖަރުން އުފުލާފައިވަނީ އެމިރޭޓްސްއިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 07:50
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު

މި އަހަރުގެ މިހާތަނަށް ޖުމްލަ 11،146 ބައިނަލްއަގުވާމީ ދަތުރު ރާއްޖެއަށް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19ގެ ހާލަތާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ 2020 ވަނަ އަހަރު ޖުލައި 15 ގައެވެ. ބޯޑަރު ހުޅުވާލި ފަހުން މީގެ ކުރިން ރާއްޖެއަށް ޝެޑިއުލްތައް ދަތުރުތައް ބާއްވަމުން އައި ގިނަ އެއާލައިންތަކަކުން ވަނީ އަލުން ދަތުރުތައް ފަށާފައެވެ. މިހާތަނަށް އައި އިރު 33 އެއާލައިނެއްގެ ޝެޑިއުލް ދަތުރުތައް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ރިޕޯޓުން ދައްކައެވެ.

Advertisement - newsAdvertisement

މި އަހަރުގެ މިހާތަނަށް މި އެއާލައިންތަކުން 11،146 ބައިނަލްއަގުވާމީ ދަތުރުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިގޮތުން އެންމެ ގިނަ ދަތުރުތައް ކޮށްފައިވަނީ އެމިރޭޓްސްއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެމިރޭޓްސްއިން މިހާތަނަށް 145،158 ފަސިންޖަރުންނާއެކު 1،706 ދަތުރު ކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި އުޅެނީ ގަތަރު އެއާވޭސްއެވެ. މިހާތަނަށް އައި އިރު ގަތަރު އެއާވޭސްއިން 125،900 ފަސިންޖަރުންނާއެކު 1،426 ދަތުރު ކޮށްފައިވެއެވެ. ތިންވަނައިގައި އުޅެނީ އެއިރޯފްލޮޓެވެ. އެއިރޯފްލޮޓުން 95،441 ފަސިންޖަރުންނާއެކު 610 ދަތުރު ކޮށްފައިވާއިރު، އިންޑިގޯއިން 84،942 ފަތުރުވެރިންނާއެކު 1،290 ދަތުރު ބާއްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ދަތުރުތައް ބޭއްވި އެއާލައިންތަކުން 738،496 ފަސިންޖަރުން އުފުލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ޗާޓަރޑް ދަތުރުތަކުގެ ގޮތުގައި 464 ދަތުރު މި އަހަރު ބާއްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މި ދަތުރުތަކުގައި 40،187 ފަސިންޖަރުން އުފުލާފައިވާކަމަށް ވަނީ ރެކޯޑުކޮށްފައެވެ. މި އަހަރު އެންމެ ގިނަ ބައިނަލްއަގުވާމީ ޗާޓަރޑް ދަތުރުތައް ކޮށްފައިވަނީ އެއާ އަސްތާނާއިންނެވެ. އެއާ އަސްތާނާއިން 148 ދަތުރު ކޮށްފައިވާއިރު،، އެ އެއަރލައިނުން 12،032 ފަސިންޖަރުން އުފުލާފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކާއެކު ދިވެހިރާއްޖެ ފަތުރުވެރިކަން ހުޅުވާލާފައިވާއިރު، މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 732،896 އަށް އަރާފައެވެ. މިއާއެކު ދުވަހަކަށްވުރެ ދުވަހެއް ރާއްޖޭގެ އެއާޕޯޓު ވެސް ދަނީ ބާރުބޮޑުވަމުންނެވެ. މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެމްއޭސީއެލްޓޫރިޒަމް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު