Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަ-މާލެ ބްރިޖް މަޝްރޫއު

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް - ވިލިމާލެއާއި ގުޅީފަޅުން އިތުރު ބައެއް ހިއްކަންޖެހޭ

ބްރިޖް އަޅަން ވިލިނގިލީގެ ދެކުނު ފަރާތުން ބައެއް ހިއްކަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 17:31
ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

ތިލަ-މާލެ ބްރިޖުގެ ތްރީޑީ ފޮޓޯއެއް

މާލެއާއި ވިލިމާލެ ބްރިޖުން ގުޅާލާއިރު، ވިލިމާލެ ބޭރުން ބައެއް ހިއްކާނެކަމަށް ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޖިނާޙު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ތިލަފުއްޓާއި މާލެއާއި ގުޅުވާލާ ބްރިޖުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖިނާޙު ވިދާޅުވީ, މާލެ ވިލިނގިއްޔާ ގުޅާލާ ބްރިޖް އަޅަން ވިލިމާލޭގެ ދެކުނު ފަރާތުން ބައެއް ހިއްކާނެ ކަމަށެވެ. މި ބްރިޖު އަޅާނީ ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު ކަމަށްވެސް ޖިނާޙު ވިދާޅުވިއެވެ.

މާލެއިން ވިލިމާލެއަށް ދާ ހިސާބުގައި ޕާކިން ސަރަހައްދަކާއި ޓްރާންސްފަރ ޓާމިނަލެއް ގާއިމްކުރާނެ ކަމަށާއި, މިކަމުން ވިލިމާލޭގެ ލޭންޑްސްކޭޕަށް ބަދަލުތަކެެއް އައިނަމަވެސް މިހާރު އޮތްގޮތަށް ބަދަލު ގެނެސް, އެރަށުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ޖިނާޙު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓްގެ ޑައިރެކްޓަރ މަޙުޖޫބު ޝުޖާޢު ވިދާޅުވީ ބްރިޖް އެޅުމަށް ވިލިނގިލީގެ ދެކުނު ފަރާތުން ހިއްކޭނެ ޖާގަ އެބައޮތް ކަމަށެވެ. މިކަމާގުޅޭ ގިނަ ދިރާސާތަކެއް މިހާތަނަށް ހަދާފައިވާކަމަށާއި، ކޮންސެޕްޓުތަކެއް ވެސް އެކުލަވާލާފައިވާކަމަށް މަޙުޖޫބު ވިދާޅުވިއެވެ.

ގުޅީފަޅުގައި ބްރިޖް ގާއިމްކުރުމަށް ވެސް ގުޅީފަޅުގެ އިރުން ހުޅަނގަށް އިތުރު ބައެއް ހިއްކަން ޖެހޭނެ ކަމަށް މަހުޖޫބު ވިދާޅުވިއެވެ. މިހާރު ގުޅީފަޅު ހިއްކާފައި އޮތްގޮތުން ބްރިޖް ގުޅާލަން ބޮޑަށް ފަސޭހަވާނީ ތިލަފުއްޓާ ކަމަށާއި، ވިލިނގިއްޔާ ގުޅީފަޅާ ގުޅާލާނަމަ ބްރިޖް އެޅޭނީ ގުޅީފަޅުގެ އިރުން ހުޅަނގަށް ބައެއް ހިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޙުޖޫބު އިތުރަށް ވިދާޅުވީ މާލެއާ ހުޅުމާލެއާ ދެމެދު އަޅާފައިއޮތް ބްރިޖަށްވުރެ ތިލަފުއްޓާއި މާލެއާއި ގުޅާލާ ބްރިޖްގެ މަސައްކަތުގައި މާ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް މާލެއާއި ވިލިމާލެއާއި ގުޅާލާއިރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ދެމެދުއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން, ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެއަށް ގުޅުވާލައި ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް, އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅުވާލަދޭ ބުރިޖެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅާފައިވަނީ 2023ގެ އޭޕްރީލް ނުވަތަ މޭ މަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރތިލަމާލެ ބްރިޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު