Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ދައުލަތަށް ދައްކަންޖެހޭ ފައިސާ

"ދައުލަތުން ހޯދަން މަސައްކަތްކުރާ ފައިސާގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި"

ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރު ކޮށްފައިވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 01:22
ރައީސް ޔާމިން ކޯޓަށް ހާޒިރުކުރުން

ރައީސް ޔާމިން ކޯޓަށް ހާޒިރުކުރުން

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކޯޓު މެދުވެރިކޮށް ހޯދަން މަސައްކަތްކުރާ ފައިސާއަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 (ފަސް މިލިއަން) އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ވަނީ ހުކުމްކޮށްފައެވެ

Advertisement - newsAdvertisement

އެ ޙުކުމްކޮށްފައި ވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް އޭޖީ އޮފީހުން މީރާއަށް ފޮނުވިއެވެ. އެގޮތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ޙަވާލުވެވަޑައިގެން، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައި ނުވާކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާގެ މައްސަލަ ސުޕްރީމްކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި ކަަމަށެވެ. އަދި އެކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއި ކަމާބެހޭ މުއައްސަސާ ތަކަށް ލިޔުމުން އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ހުކުމް އިސްތިއުނާފުކުރުމަށް ނިންމައި ސުޕްރީމް ކޯޓުން އެ މައްސަލަ ރެޖިސްޓަރ ކޮށްފައިވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ އިސްތިއުނާފުކުރުމުގެ ހައްގަށް ދައުލަތުން ހުރަސްއެޅުން ކަމުގައި ދެކޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބުނެފައިވެއެވެ. އަދި މިއީ ކަންބޮޑުވާ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ބުނީ މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ވަރަށް ފިނޑި އަމަލެއް ކަމަށެވެ.

ބަންޑާރަނައިބުގެ މި ނިންމެވުމަކީ ޤާނޫނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ ރައީސް ޔާމީނާ ޒާތީ ގޮތުން ދިމާކޮށް، ފުރައްސާރަކުރުމުގެ ގޮތުން ހިންގާ ވިޔާނުދާ އަދި އެކަމުގައި އެއްވެސް ޤާނޫނީ ހުއްޖަތެއް ނެތް އަމަލެއްކަމުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މައްސަލައެއް އިސްތިއުނާފުކުރެވުމަކީ، ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް ޙުކުމް ތަންފީޛުކުރުން އޮޓަމެޓިކުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށްފަހު އެ ނިންމުން ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޛުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ނިންމަވާފައިވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅުއްވާފައިވޭ.

ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް 24 އޮގަސްޓް 2021 ގައި އޭޖީ އޮފީހުން ވަނީ ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލާގައި އޭޖީ އޮފީހުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ޙުކުމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5،000،000 މިލިއަން އެމެރިކާ ޑޮލަރު އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.

މިހާތަނަށް ސަރުކާރަކުން ހިންގި އެންމެބޮޑު ހިޔާނާތް ކަމަށްވާ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެއެވެ.

އެމްއެމްޕީއާރްސީކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމީރާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއެޓަރނީ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު