Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕާޓީގެ އެންމެ އިސްލީޑަރު

އެމްޑީޕީއަށް ވެސް އަދި ޕާޓީގެ މެންބަރަކަށް ވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 13:07
ރައީސް ސާލިހު ތިމަރަފުށީގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ބައްދަލުކުރެއްވުން

ރައީސް ސާލިހު ތިމަރަފުށީގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ބައްދަލުކުރެއްވުން

ކޮވިޑްގެ ހާލަތާއެކު ގައުމު 4 ވަނަ ފަހަރަށް ބަންދުވިއެވެ. އެއާއެކު ގައުމުގެ ތެރޭގައި ހުރި އެކިއެކި މައްސަލަތައް ފެންމަތިވަމުން ތިލަވަމުން ދިޔައެވެ. އެންމެ ބޮޑަށް ތިލަވި އެއްކަމަކީ އެމްޑީޕީގެ އެތެރޭގެ މައްސަލަތަކެވެ. ވެރިކަމުގެ ނިޒާމާއި ސަރުކާރު ހިންގުމުގެ ކަންކަމުގެ ވާހަކަތައް ތިލަވާން ފެށިއެވެ. ދެ ވެރިންގެ ދެ ފަޅިއަށް ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވާ މެންބަރުން އަރަން ފެށިއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެ ރައީސް ސާލިހު ގައުމު ހިންގެވުމުގެ ކަންކަމާއިގެން ދަތުރުފުޅުތައް ފެއްޓެވިއެވެ. ކޮޅުމަޑުލަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިވަގުތު އެމްޑީޕީ ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތް ނުވަތަ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން އެމްޑީޕީގެ އާންމު މެންބަރުންނާއި ބައްދަލުކުރެއްވިއެވެ. ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ.

ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސާލިހު ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާ ހިލާލިއެވެ. ޕާޓީގެ އެންމެ އިސް ލީޑަރާއި ބައްދަލުކުރަން އެދުނީ އާންމު މެންބަރުންނެވެ. ޕާޓީގެ އެންމެ އިސް ލީޑަރާއި ބައްދަލުކުރައްވާ ވާހަކަ ފޮތިގަނޑުތަކުގައި ޖެހީ ވެސް އެމްޑީޕީގެ އާންމު މެންބަރުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 6 ވަނަ ބާބުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ވެރިކަމުގައި އެ ޕާޓީ އޮންނައިރު އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާ ކަމުގައެވެ. އަދި އިދިކޮޅު ޕާޓީއެއްގައި ގޮތުގައި އޮންނައިރު އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައެވެ.

ކޮޅުމަޑުލަށް ރައީސް ސާލިހު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުން ބަލައިގަންނަކަމުގެ އެއް ހެއްކަކީ ރަތްދޫލައިގައި ކީ މަރުހަބާތަކާއި ދަމާފައިވާ ބެނާތަކެވެ. ކޮވިޑްގެ މި ހާލަތުގައި ގައުމު އަނދަވަޅަކަށް ވައްޓާނުލައި މަސައްކަތް ކުރެއްވުމާއި، އިގްތިސާދު އާރާސްތު ކުރުމަށް ކުރެއްވި މަސައްކަތް ބެނާތަކުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ޕާޓީ ކުރިއަރުވަން މަސައްކަތް ކުރައްވާނެ ވާހަކަފުޅާއި އެމްޑީޕީގެ މެންބަރުންނަށް ދެރަގޮތެއް އަދި ޕާޓީއަށް ވެސް ދެރަގޮތެއް ނަހައްދަވާނެކަމުގެ ވާހަކަ އެމަނިކުފާނު ތަކުރާރުކޮށް ދެއްކެވިއެވެ.

ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ, މި ސަރުކާރު ކުރިއަށްދާނީ އެންމެން ޝާމިލްކޮށްގެން ކަމަށާއި، މި ސަރުކާރަކީ އެމްޑީޕީގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް އޮތް ސަރުކާރެއް ކަމަށެވެ. މި ސަރުކާރުގައި އެމްޑީޕީން ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި، ޔަގީންކަން އަރުވަނީ މި ސަރުކާރުން އެމްޑީޕީއަށްވެސް އަދި އެމްޑީޕީގެ މެންބަރަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ, މަސައްކަތް ކުރުމުގައި ޕާޓީގެ ތެރެއިންނާއި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެރަށެއްގައި މަސައްކަތް ކުރުމުގައި ލަފާ ހޯއްދަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ހުރިހާ ބޭފުޅުން ޕާޓީއާއެކު ތިއްބެވުން ކަމުގައެވެ.

ސިޔާސީ މަސްރަޙު އެކި ގޮތްގޮތަށް އެކި ވަގުތު ބަދަލުވަމުންދާނެއެވެ. އިންތިޚާބުތައް ކައިރިވަމުން އަންނައިރު ތަފާތު ކުލަތައް ޖެހޭނެއެވެ. ތަފާތު ވާހަކަތައް ދެކެވޭނެއެވެ. އެމްޑީޕީއަކީ މީގެ 15 އަހަރު ކުރިން ވުޖޫދަށް އައި ޕާޓީއެކެވެ. އެއް ވިސްނުމެއްގައި ދެމިގެން އަންނަ ޕާޓީއެކެވެ. އެމްޑީޕީއަކީ އަޒުމް ވަރުގަދަ, ދާން ބޭނުންވާ އަމާޒު އެނގޭ, އަދި އެކަން ހާސިލް ކުރުމުގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ ކުރިއަށްދާ ޕާޓީއެއްކަން ރައީސް ސާލިހު ފާހަގަ ކުރައްވައެވެ.

އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކުރިއެކޭ އެއްގޮތަށް ޕާޓީއަށް އޮތް ތާއީދު ދެމެހެއްޓުމާއި, ޕާޓީ ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ކަންކަން ގެނެސްދެއްވުން ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ދާއިރާއަށް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ ވެރިކަން ކުރެއްވުމުގައި ރައްޔިތުންގެ އަޑު އައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން އަމަލުކުރައްވާނީ އެގޮތަށް ކަމަށާއި، ޑިމޮކްރަޓިކް ވެރިކަމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަޓިކް ވެރިކަމެއް ކުރަން ފަސޭހަ ނުވަނީ ރައްޔިތުންނަށް ދޭންޖެހޭ މިނިވަންކަމާއި ބާރުތައް މިކަމުގައި އެކުލެވިގެންވާތީ ކަމަށެވެ. އަދި އެމިނުކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ އެ ހުރިހާ ކަމަކަށް ބެއްލެވުމަށްފަހުގައި ކަމަށާއި، ރަނގަޅު ކަންތައްތައް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މިކަންކަމުން ވެސް ސާފުވެގެންދާ އެއްކަމެއް އެބައޮތެވެ. އެމްޑީޕީގެ އާންމު މެންބަރުން ރައީސަށް އިތުބާރުކުރާ ކަމެވެ. އަދި އެމްޑީޕީ ބިކަވިޔަ ނުދީ ޕާޓީނަގާ ކޮޅަށް ޖަހާ ހިންގުމުގެ މުގުލުގައި އެމަނިކުފާނު ހުންނަވާނެކަމެވެ. އެއީ ޕާޓީގެ އެންމެ އިސްލީޑަރަކީ އެމަނިކުފާނުކަމުގައިވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ސޯލިހުކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު