Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއެކު މަސްވެރިންގެ ދުވަހު، މަސްވެރިންގެ އަޑު އުފުލަން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރު ކުރި މަސްވެރިން ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާ ކަމަށް. އެގޮތުން މެންބަރު މައުރޫފް އާއެކު ހައްޔަރު ކުރި މުހައްމަދު ޞާދިގް އާއި އަބްދުއްލަތީފް އަހްމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލަން ނަޝީދު ވަނީ ސަރުކާރަށް ގޮވާލާފައި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ޑިސެމްބަރު 2025 | އާދީއްތަ 17:13
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއެކު މަސްވެރިންގެ ދުވަހު، މަސްވެރިންގެ އަޑު އުފުލަން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރު ކުރި މަސްވެރިން ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެގޮތުން މެންބަރު މައުރޫފް އާއެކު ހައްޔަރު ކުރި މުހައްމަދު ޞާދިގް އާއި އަބްދުއްލަތީފް އަހްމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލަން ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

އެ ތިން މަސްވެރިންގެ އިތުރުން މެންބަރު މައުރޫފް ގެ ބަންދަށް ވެސް ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ. ނަމަވެސް ފާޑުކިޔުން ބޮޑުވެ ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް މެންބަރު މައުރޫފް ވަނީ ދޫކޮށްލާފަ އެވެ. 

ސަރުކާރުން މައުރޫފް ދޫކޮށްލި އިރު އޭނާ ބަންދު ކުރި މައްސަލަ އައިޕީޔޫ އާއި އައިއެލްއޯ އަށް ވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފަ އެވެ.

އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ރައީސް ނަޝީދު ގޮވާލެއްވި އިރު މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީ ގެ އިތުރުން ގިނަ އަދަދެއް ގެ އާންމު ރައްޔިތުން ވެސް ދަނީ ބުނަމުންނެެވެ. 

10 ޑިސެމްބަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިން ވަނީ ކަނޑުމަތީގައި ސުލްހަވެރިކަމާއެކު އިހުތިޖާޖު ކޮށްފަ އެވެ. 49 ދޯންޏާއެކު ފެށި އިހުތިޖާޖުގައި ބޮޑުކަންނެލި މަސްވެރިން ބުނަމުންދަނީ މި ސަރުކާރުން އެ މަސްވެރިންނަށް ވީ ވައުދުތައް ފުއްދައިދިނުމަށެވެ.

މި އިހުތިޖާޖު ގައި މަސްވެރިން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރަމުން ދަނީ 3 ޑިމާންޑެކެވެ.

އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުމަސްވެރިންގެ ޔޫނިއަންޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ

13 ޑިސެމްބަރު 2025
އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކުރި މެންބަރު މައުރޫފް އަށް އިމަރޖެންސީ ގައި ފަރުވާ ދެނީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު

12 ޑިސެމްބަރު 2025
ކޯސްޓް ގާޑު އުޅަނދަށް ގެއްލުން ދިނުން ހިމެނޭހެން މެންބަރު މައުރޫފް އަށް ކުރަނީ ތިން ތުހުމަތު
24 ނޮވެމްބަރު 2025

ރައީސްގެ ރިޔާސީ ވައުދާ ޚިލާފަށް، އެއްވެ އުޅުމުގެ ހައްގު ހަނިކުރުމާ ދެކޮޅަށް އެމްޑީޕީ އިން ހުށަހެޅި ބިލު ޕީއެންސީ މެންބަރުން ބޭރު ކޮށްލައިފި

24 ނޮވެމްބަރު 2025
ރައީސްގެ ރިޔާސީ ވައުދާ ޚިލާފަށް، އެއްވެ އުޅުމުގެ ހައްގު ހަނިކުރުމާ ދެކޮޅަށް އެމްޑީޕީ އިން ހުށަހެޅި ބިލު ޕީއެންސީ މެންބަރުން ބޭރު ކޮށްލައިފި
13 ނޮވެމްބަރު 2025

އަލިމަގެއް ނުފެނި މާޔޫސްވެފައިވާތީ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖް ކުރަން ނިންމައިފި

13 ނޮވެމްބަރު 2025
އަލިމަގެއް ނުފެނި މާޔޫސްވެފައިވާތީ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖް ކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު