Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯ ތަރައްޤީކުރުމުގެ މަޝްރޫޢު

މިފްކޯ އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އިމްޕްލިމެންޓޭޝަންގެ ފުރަތަމަ މަރުހަލާ ނިމި ކޮންޓްރެކްޓަރެއް ހޯދުމާ ހަމައަށް

މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނަގާނެ ކަމަށް ލަފާކުރެވެނީ 2 އަހަރު ދުވަހުގެ މުއްދަތެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އޯގަސްޓު 2021 | އަންގާރަ 18:01
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ 'އެކްސްޕޭންޝަން އޮފް ކެޕޭސިޓީޒް އޮފް މިފްކޯ' މަޝްރޫއުގެ އިމްޕްލިމެންޓޭޝަންގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށް, މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރެއް ހޮވުމުގެ މަރުހަލާ އަވަސް މުސްތަގްބަލެއްގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުނެފިއެވެ.

މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ތައްޔާރުކޮށްފައިވަނީ ދިވެހި ސަރުކާރުން ހޮވާފައިވާ ފަރާތަކުންނެވެ. އަދި މި ރިޕޯޓް ވަނީ އިންޑިއާ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ބަލައި ފާސްކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނަގާނެ ކަމަށް ލަފާކުރެވެނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ.

Advertisement - newsAdvertisement

މަޝްރޫޢުގެ ޑީ.ޕީ.އާރް ގައި ވާގޮތުން، މަޝްރޫޢުގެ ފުރިހަމަ ސްކޯޕްގެ ތެރޭގައި އަންނަނިވި ބައިތައް ހިމެނެއެވެ:

1.ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް: 100 ޓަނުގެ ކަނޑުމަސް 8 ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އައު ރިފްރިޖަރޭޝަން ކޮމްޕްލެކްސްއެއް ޤާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ޤާއިމް ކުރުމާއި، 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވަރހައުސްއެއް ޤާއިމް ކުރުން.

މީގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި, މަސްދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއި، ދުވާލެއްގެމައްޗަށް 100 ޓަނުގެ ކަނޑުމަސް ޕްރޮސެސްކޮށް ދަޅުމަހާއި، ކައްކާ ގަނޑުކުރެވިފައިވާ މަސްބުރި އަދި ޕައުޗް ފަދަ އެތައް ޕްރޮޑަކްޓް އުފެއްދޭ ފެސިލިޓީއެއްގެ އިތުރުން، ދުވާލެއްގެމައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީއެއް ޤާއިމް ކުރެވޭނެއެވެ.

2. ގެމަނަފުށި: މި މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ގެމަނަފުށީގައި ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ އިތުރުން 8-10 ޝިޕިން ކޮންޓެއިނަރު ޓްރާންސްޕޯޓް ކުރެވޭ ލޭންޑިން ކްރާފްޓެއް ވެސް ޤާއިމް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ އިސްތިރާޖީ އިންވެސްޓްމެންޓެކެވެ. މިފްކޯ އެކްސްޕޭންޝަން މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހި ސަރުކާރުން ސިގްނަލްކުރި އެންމެ ފުރަތަމަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ ޕްރޮސެސިން ކެޕޭސިޓީއާއި ސްޓޯރޭޖްގެ ދަތިތަކަށް އެތައް ލުއެއް ލިބިގެންދާނެކަމަށާއި، ދިވެހި މަސްވެރިންގެ އާމްދަނީ އިތުރުވުމަށް މަގުފަހި ވެގެންދާނެއެވެ.

މިފްކޯ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު