Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ 6ގެ ހަމަލާ

މޭ 6ގެ ހަމަލާއަށް ޚާއްސަ ލަވަ "ބޮން" ރިލީޒްކޮށްފި

މި ލަވަ ލިޔެ ތައްޔާރުކޮށްފައިވަނީ މިޔުޒިޝަން "ކަޔާނޯ"

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 އޯގަސްޓު 2021 | އަންގާރަ 17:41
މޭ 6ގެ ހަމަލާއަށް ޚާއްސަ ލަވައަށް ކިޔަނީ "ބޮން"

މޭ 6ގެ ހަމަލާއަށް ޚާއްސަ ލަވައަށް ކިޔަނީ "ބޮން"

މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް, ދިން ހަމަލާއަށް ޚާއްސަ ލަވަ "ބޮން" ރިލީޒްކޮށްފިއެވެ.

މިޔުޒިޝަން "ކަޔާނޯ" ލިޔެ ތައްޔާރު ކުރި މި ލަވަ ރިލީޒްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި, ރައީސް ނަޝީދުގެ މަންމާފުޅު ޢާބިދާ މުޙައްމަދެވެ. ރައީސް ނަޝީދަށް ހަމަލާ އަމާޒުވި ނީލޯފަރު ހިނގުމާއި، މަޖީދީ މަގު ގުޅޭ ކަންމަތީގައި ބޭއްވި ރަސްމިއްޔާތުގައި މި ލަވަ ފުރަތަމަ ފަހަރަށް ވަނީ ދައްކާލާފައެވެ.

މޭ 6ގެ ހަމަލާއަށް ޚާއްސަ ލަވަ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިއުޒިޝަން "ކަޔާނޯ" ބުނީ މިޔުޒިކާ އާރޓް ނެތިކޮށްލުމަށް ބަޔަކު އުޅޭއުޅުމާ ދެކޮޅުހަދައި، މިޔުޒިޝަނުން ދިފާއުކޮށްދިނުމުގެ އުއްމީދަކީ ރައީސް ނަޝީދުކަމަށެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުން މި ލަވަ ނެރުނީ, މިއުޒިޝަނުންގެ ވާޖިބެއްކަމަށް ދެކޭތީ ޓްރިބިއުޓެއްގެ ގޮތުންކަމަށެވެ. މިއުޒިކީ ދާއިރާއާއި ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު "ކަޔާނޯ" އެނބުރިއައީ މި ހަމަލާގެ ސަބަބުން ކުރި އަސަރުގެ ފުންކަމާއި، މި ފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުން ކޮންމެހެންވެސް މުހިންމުކަމަށް ދެކޭތީކަމަށެވެ.

މި ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވަނީ މި ހަރަކާތުންނާއި ލަވައިންވެސް ދިވެހި ރައްޔިތުން ރައީސް ނަޝީދަށް ދެއްވާ ލޯތްބާއި ޤަދަރު ފެނިގެންދާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި މިފަދަ ބިރުވެރިކަމެއް އޮތުމަށް ދިވެހިން ބޭނުންނުވާކަމަށް ޢަފީފް ވިދާޅުވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން މިހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު, ހާލުކޮޅު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށާއި ނަމަވެސް ހަށިކޮޅުގެ ވާތް ފަރާތުގެ ވަރަށް ގިނަ ތަންތަން އަދިވެސް ހުންނަނީ އައްސިވެފައިކަމަށް, ޖުލައި މަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. އައި.އީ.ޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެމަނިކުފާނު އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
02 ފެބުރުއަރީ 2024

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

02 ފެބުރުއަރީ 2024
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް