Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޙުމަދު މަޚުލޫފުގެ މައްސަލަ

މަޚުލޫފުގެ މައްސަލާގައި ފޮރިން މިނިސްޓްރީން ފާހަގަކުރި މައްސަލަތައް ރައީސް އޮފީހުން ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފި

24 އޯގަސްޓު 2021 | އަންގާރަ 16:44

ރާއްޖޭގެ ގާނޫނުތަކާ، އަދި ލަންކާ ގާނޫނުތަކާ ޚިލާފަށް ލަންކާ ރައްޔިތެއްގެ ބަޔާން ނެގިކަމަށް ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޯގަސްޓު 2021 | އަންގާރަ 16:44
ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފު- މިނިސްޓަރ މިހާރުވެސް ހުންނެވީ ސަސްޕެންޝަންގައި

ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފު- މިނިސްޓަރ މިހާރުވެސް ހުންނެވީ ސަސްޕެންޝަންގައި

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތުހުމަތުގައި ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލާގައި ފޮރިން މިނިސްޓްރީން ފާހަގަކުރި މައްސަލަތައް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކާ, އަދި ލަންކާގެ ގާނޫނުތަކާ ޚިލާފަށް ލަންކާ ރައްޔިތެއްގެ ބަޔާން ނެގި މައްސަލައެއް ފެންމަތިވެ, ލަންކާގެ ކަމާގުޅޭ އިދާރާއަކުން އެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރ މަޚުލޫފު ދާދި ފަހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ފޮރިން މިނިސްޓްރީންވެސް ތަހުގީގު ކުރަމުންދާކަން ފާހަގަ ކުރައްވައި މަޚުލޫފު ވަނީ ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުވެސް އިންނެވިކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭގެ އިތުރުން، އެންމެ ފަހުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙުވެސް ވަނީ ފޮރިން މިނިސްޓްރީން އެކަން ބަލަމުންދާކަން ފާހަގަ ކުރައްވާފައެވެ.

ރާއްޖެއެމްވީއަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފޮރިން މިނިސްޓްރީން ބެލުމަށްފަހު، އެކަމާ ގުޅޭ ރިޕޯޓު ވަނީ ރައީސް އޮފީހާ ހިއްސާކޮށްފައެވެ. އަދި ރައީސް އޮފީހުން ވަނީ މިނިސްޓްރީގެ ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކޮށްފައިވާކަން އެސެޓް ރިކަވަރީ ކޮމިޝަނުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

މި މައްސަލާގައި ފެށުނީއްސުރެ އެކި ދިމަދިމާލުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މަޚުލޫފު ތުހުމަތުކުރައްވައެވެ. މަޚުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ, ދަޢުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށެވެ. އަދި އެކަން ރައީސަށްވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަކުރައްވައި، މަގާމުން ވަކިކުރެއްވުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާ ގުޅިގެން މަޚުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕީޖީ އޮފީހުން އަވަހަށް ގޮތެއް ނިންމަވަން ޖެހޭކަމަށެވެ.

އަހުމަދު މަޚްލޫފްއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް