Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

އދ އިން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

އުތުރު ކޮރެއާ އިން ވަނީ އދ ގެ ގަރާރުތަކަށް ބޯނުލަނބާފަ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 ޖޫން 2017 | ހޮނިހިރު 10:19
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި ގުޅިގެން އދ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުރުުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އދ ގެ ސެކިޔުރިޓީ ކައުންސިލުން، އުތުރު ކޮރެއާގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް އާއި ގުޅިގެން ހަދާފައިވާ ބްލެކް ލިސްޓަށް މިފަހަރު އިތުރު ކޮށްފައި ވަނީ އުުތުރު ކޮރެއާގެ 14 އޮފިޝަލަކާއި އަދި 4 އެންޓިޓީއެއްގެ ނަމެވެ. މި ފިޔަވަޅުގެ ދަށުން އެ ފަރާތްތައް ދަތުރުފަތުރު ކުރުން މަނާ ކުރުމާއި އަދި އެސެޓްތައް ފްރީޒް ކުރެވޭނެއެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅި މީހުންގެތެރޭގައި އުތުރު ކޮރެއާ އިން، ބައިނަލްއަގްވާމީ މުޖުތަމައު އަށް އަމާޒުކޮށް ޖަސޫސު ކުރުމުގެ އޮޕަރޭޝަންްސްގެ ކަންކަން ލީޑް ކުރާ ޗޯ 2-ޔޫ ހިމެނެއެވެ.

ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، އެ ކައުންސިލުގެ އިއްތިފާގުންނެވެ. އުތުރު ކޮރެއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން ހަފްތާތަކަކަށް އެމެރިކާ އާއި ޗައިނާ ދެމެދު މަޝްވަރާ ކުރެވުނެވެ.

އުުތުރު ކޮރެއާ އިން ނިއުކްލިއާ އަދި މިސައިލް ޓެސްޓްތައް ކުރުން މަނާކޮށް އދ އިން ނެރެފައިވާ ގަރާރަށް އެގައުމުން ވަނީ ބޯނުލަބާފައެވެ.

އުތުރު ކޮރެއާ އާއި ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭ ގަރާރު 15 މެމްބަރުން ހިމެނޭ ސެކިޔުރިޓީީީީ ކައުންސިލުން ފާސްކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓުތައް ކުރުން މަތީ ދެމިތިބޭނެ ކަމަށް އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ހަން ސޮން-ރިއޮލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ސޮން-ރިއޮލް ވިދާޅުވީ އުތުރު ކޮރެއާ އިން އިތުރު މިސައިލް ޓެސްޓުތަކެއް ކުރުން މަތީ ދެމިތިބޭއިރު އެކަން ކުރާނީ، ކޮންމެ ހަފްތާ އަކު، މަހަކު އަދި އަހަރަކު ކަަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު