Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަކްރަމަށް ވާދަ ކުރެއްވޭނެކަމަށް ނިންމައިފި

23 އޯގަސްޓު 2021 | ހޯމަ 14:51

އޭސީސީން އަކްރަމްގެ މައްސަލައެއް ބަލަމުން ނުދާކަމަށް އެ ކޮމިޝަނުން ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޯގަސްޓު 2021 | ހޯމަ 14:51
ހޯރަފުއްޓަށް އެމްޓީސީސީގެ ބޭފުޅުންނާއި، އެ ދާއިރާގެ މެންބަރު ކުރެއްވި ޒިޔާރަތުގައި އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަނީ

ހޯރަފުއްޓަށް އެމްޓީސީސީގެ ބޭފުޅުންނާއި، އެ ދާއިރާގެ މެންބަރު ކުރެއްވި ޒިޔާރަތުގައި އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވަނީ

އެމްޑީޕީގެ, ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަކްރަމް ކަމާލުއްދީނަށް އެރުވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން, ޤައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ބޭފުޅުން ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވުމުން އޭގެ ތެރެއިން އަކްރަމްގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވާކަން ފާހަގަކޮށް އަކްރަމްއަށް ވާދަ ނުކުރެއްވޭނެ ކަމަށް ޕާޓީން މީގެ ކުރިން އަކްރަމްއަށް އެންގިއެވެ. އަކްރަމަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނާރުވަން ނިންމިއިރު، އޭސީސީން އަކްރަމްގެ މައްސަލައެއް ބަލަމުން ނުދާކަމަށް އެ ކޮމިޝަނުން އަކްރަމަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

އެއާއެކު އެމްޑީޕީގެ މި ނިންމުން އަލުން މުރާޖަޢާ ކޮށްދެއްވައި, ޕާޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެމްޑީޕީގެ, ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހަމަޖައްސަވައި ދެއްވުމަށް އަކްރަމް ކަމާލުއްދީން އެމްޑީޕީގައި އެދިވަޑައިގެންނެވީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޗެއަރ ޕާރސަން ޙަސަން ލަޠީފަށް އެޑްރެސް ކުރައްވައި، އަންގާރަ ދުވަހު އަކްރަމްގެ ފަރާތުން ފޮނުވި ސީޓީގައި މައިގަނޑު 10 ކަމެއް ފާހަގަކުރައްވާފައިވެއެވެ. އަކްރަމް ވިދާޅުވެފައިވަނީ، ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަމަަށެވެ.

މި މައްސަލަ އަކްރަމްގެ ފަރާތުން ހުށައެޅުއްވުމުން ޤައުމީ މަޖިލީހުން އެކުލަވާލި, ދާއިރާތަކުގެ އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އަކްރަމަށް ކުރިމަތިލެއްވޭނެކަމަށް ނިންމާފައެވެ. މިކަން އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ މެމްބަރަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އޭސީސީން 2018ގައި ނެރުނު ލިސްޓެއްގައި ނަން ހިމެނިފައިވާތީ، އެކަމާ ގުޅޭގޮތުން އެކޮމިޝަނަށް ފޮނުވި ސިޓީގެ ޖަވާބުގައި, އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް އެކޮމިޝަނުން ބަލަމުން ނުދާކަމަށް އެ ކޮމިޝަނުން ވަނީ އަކްރަމްއަށް އަންގާފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ތުހުމަތެއްކޮށް އެއްވެސް ތަޙުޤީޤެއް މިހާތަނަށް ހިންގާފައި ނުވާއިރު، އަދި އެއްވެސް ފިޔަވަޅެއް އެޅުމަށް މިހާތަނަށް އޭސީސީން އެއްވެސް މުއައްސަސާއަކަށް ފޮނުވާފައިނުވާއިރު, ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫންކަމަށް އަކްރަމް ވަނީ އޭރުވެސް ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ދައުރަށް މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތި ލެއްވުމަށް ގަސްތު ކުރައްވާކަން ފާހަގަ ކުރައްވައި އަކްރަމް ވަނީ އެމްޑީޕީގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ތާއީދު ކުރެއްވުން އެދިވަޑައިގަންނަވާފައެވެ. ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އަކްރަމްއަކީ މިހާރު މި ހިނގަމުންދާ ދައުރުގައިވެސް މާލޭ ދާއިރާގެ ރައީސްއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް