Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލިފިނޮޅު ހިއްކުން ހުއްޓުވަން ކުއްލި މައްސަލައެއް

ވެލިފިނޮޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުންވަމުންދާތީ އެކަން ދާއިމީގޮތެއްގައި ހުއްޓުވަން ގޮވާލައިފި

23 އޯގަސްޓު 2021 | ހޯމަ 14:33

ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަދާފައިވާ ވެލިފިނޮޅު ބޮޑުކުރަން ފަޅު ހިއްކުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވަމުންދާ ކަަމަށް ރަސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2021 | ހޯމަ 14:33
ވެލިފިނޮޅު ތަރައްގީ ކުރާ މައްސަލަ

ވެލިފިނޮޅު ތަރައްގީ ކުރާ މައްސަލަ

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުން މަޑިވަރު ފަޅުގެ ބައެއް ގަވައިދާ ހިލާފަށް ހިއްކަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާ ބަހުސްކޮށްފިއެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަދާފައިވާ ވެލިފިނޮޅު ބޮޑުކުރަން ފަޅު ހިއްކުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވަމުންދާ ކަަމަށް ރަސްދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ރަސްދޫގެ ބަޔަކު މުޒާހަރާކުރަން ފެށުމާ ގުޅިގެން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މިވަގުތަށް އެކަން ހުއްޓުވާފައެވެ.

Advertisement - newsAdvertisement

މިކަން ދާއިމީ ގޮތެއްގައި ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ މައްސަލަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާންއެވެ. މައްސަލަ ހުށަހަޅުއްވަމުން ޝިޔާން ވިދާޅުވީ ރަސްދޫ މަޑިވަރު ސަރަހައްދަކީ ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާ އީޕީއޭ އިން 2018 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަން ފަށާފައިވާ ސަރަހައްދެކެވެ. މިގޮތުން މިސަރަހައްދު ހިމާޔަތްކޮށް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ސަރަހައްދު ބެލެހެއްޓުން އއ ރަސްދޫ ކައުންސިލާ ހަވާލުކުރުމަށް އީޕީއޭ އިން ނިންމައި ރަސްދޫ ކައުންސިލަށް 2018 ވަނަ އަހަރު ވަނީ އެކަން އަންގާފައިކަމަށް ޝިޔާން ވިދާޅުވިއެވެ.

ރަސްދޫ އާއި އެސަރަހައްދުގެ ގިނަ ރަށްރަށުގެ އާންމު ރައްޔިތުން ގެދޮރު އެޅުމާއި އެނޫންވެސް އެކި ބޭނުންތަކަށް ޒަމާނުއްސުރެ އެސަރަހައްދުން ވެލިނަގަމުން ދިޔަ ދިޔުން އެސަރަހައްދު ހިމާޔަތްކުރުމުގެ ސަބަބުން އީޕީއޭން ވަނީ މަނާކޮށްފައި ކަމަށް ޝިޔާން ވިދާޅުވިއެވެ.

ހިމާޔަތްކޮށްފައިވާ މިސަރަހައްދާއި ކައިރިން ފަސް ނަގައި ވެލިފިނޮޅު ނަމުގައި ރަށެއް ހެދުމުގެ މަސައްކަތް ކްރައުން ކޮމްޕެނީގެ ފަރާތުން މިހާރު އަންނަނީ ކުރަމުން ކަމަށް ޝިޔާން ވިދާޅުވިއެވެ. އަދި މިރަށް ހިއްކުމަށް ވެލި ނަގަމުން ގެންދަނީ މީގެކުރިން އީޕީއޭގެ ފަރާތުން އާންމު ރައްޔިތުންނަށް ވެލި ނެގުން މަނާކޮށްފައިވާ ސަރަހައްދުންނެވެ. އަދި މިކަން ކުރިޔަށްދާއިރު އަތޮޅު ކައުންސިލާއި އަދި އެސަރަހައްދުގެ އެއްވެސް ރަށަކާ މަޝްވަރާ އެއްވެސް ވަރަކަށް ކުރެވިފައިނުވުމުގެ އިތުރުން މިކަމަކީ އީޕީއޭއިން ހުއްދަ ލިބިގެން ކުރާކަމެއްކަން އަތޮޅު ކައުންސިލަށް އަދި ސަރަހައްދުގެ އެއްވެސް ރަށަކަށްވެސް ސާފު ނުވާކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން އިތުރަށް ވިދާޅުވީ އެކި ފަހަރު މަތިން ވެލިގަނޑު ރިޒޯޓު މެނޭޖްމަންޓުން ހިމާޔަތް ކުރެވިފައިވާ ސަރަހައްދާއި ކައިރިން ފަސް ނަގައި ހިއްކުމުގެ ސަބަބުން ޒަމާނުއްސުރެ އެސަރަހައްދުގައި އޮންނަ "ކަނޑިފިނޮޅު" މިހާރުވަނީ ނެތިގޮސްފައި ކަމަށެވެ.

މިކަމަކީ މުޅި ސަރަހައްދުގެ އިގްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއްކަމަށް ފެންނާތީ އާއި ހިމާޔަތްކުރެވިފައިވާ ސަރަހައްދެއް ނެތިގޮސްދާނެ ކަމުގެ ބިރާއި ކޮޅެއް މެދެއް ނެތްގޮތަށް ރިޒޯޓްތަކުން ބައުންޑަރީ ހިތުހުރި ގޮތަކަށް ބޮޑުކުރާ ބޮޑުކުރުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލާއި މިމައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން އެދި މިމައްސަލަ ހުށަހަޅުއްވާކަމަށް ޝިޔާން ވިދާޅުވިއެވެ.

މިމައްސަލަ ވަނީ މަޖިލީހަށް ބަލައިގަނެ މެމްބަރުން ބަހުސްކުރައްވާފައެވެ. މި މައްސަލައަށް ބަހުސްކުރެއްވި މެމްބަރުން ވަނީ މިއީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއްވަމުން އަންނަ ކަމަކަށްވާތީ މިކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2020

ކޮރަލް ފެސްޓިވަލް: ތިމާވެއްޓަށް އަހުުލުވެރިކުރަން ތަފާތު ގޮތެއް

25 ފެބުރުއަރީ 2020
ކޮރަލް ފެސްޓިވަލް: ތިމާވެއްޓަށް އަހުުލުވެރިކުރަން ތަފާތު ގޮތެއް
08 ފެބުރުއަރީ 2020

ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށް ނެރޭ ފުރަތަމަ ރިޕޯޓް އިފްތިތާހުކޮށްފު

08 ފެބުރުއަރީ 2020
ތިމާވެއްޓަށް ކުރާ އަސަރުތައް ބަޔާންކޮށް ނެރޭ ފުރަތަމަ ރިޕޯޓް އިފްތިތާހުކޮށްފު
29 ޖެނުއަރީ 2020

"މާހައުލާއި ތިމާވެއްޓަށް ރައްކާތެރިވެގެން ތަރައްގީގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެތޯ؟"

29 ޖެނުއަރީ 2020
"މާހައުލާއި ތިމާވެއްޓަށް ރައްކާތެރިވެގެން ތަރައްގީގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެތޯ؟"
07 ޑިސެމްބަރު 2019

ތިމާވެއްޓަށް ގެއްލުން ދިނުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޖިނާއީ ދައުވާ ކުރެވޭ ކަމެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ގޮވާލައިފި

07 ޑިސެމްބަރު 2019
ތިމާވެއްޓަށް ގެއްލުން ދިނުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޖިނާއީ ދައުވާ ކުރެވޭ ކަމެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ގޮވާލައިފި
17 ނޮވެމްބަރު 2019

ސަރުކާރަށް އެއް އަހަރު: ތިމާވެއްޓަށް އާ ދިރުމެއް

17 ނޮވެމްބަރު 2019
ސަރުކާރަށް އެއް އަހަރު: ތިމާވެއްޓަށް އާ ދިރުމެއް
06 އޮކްޓޯބަރު 2019

ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދާނަމަ ތިމާވެއްޓަށް ކޮންމެސް ވަރެއްގެ ގެއްލުމެއް ލިބޭނެ : ޑރ.ނަސީރު

06 އޮކްޓޯބަރު 2019
ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދާނަމަ ތިމާވެއްޓަށް ކޮންމެސް ވަރެއްގެ ގެއްލުމެއް ލިބޭނެ : ޑރ.ނަސީރު
11 ޖޫން 2019

ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ މައުރަޒެއް ފަށައިފި

11 ޖޫން 2019
ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ މައުރަޒެއް ފަށައިފި
29 ނޮވެމްބަރު 2018

ކައުންސިލަރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި

29 ނޮވެމްބަރު 2018
ކައުންސިލަރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި
23 ނޮވެމްބަރު 2018

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ އަމަލުތަައް ބެލުމަށް ފުލުހުންނަށް އަންގައިފި

23 ނޮވެމްބަރު 2018
ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ އަމަލުތަައް ބެލުމަށް ފުލުހުންނަށް އަންގައިފި
27 ފެބުރުއަރީ 2018

ތިމާވެއްޓަށް ލޯބި އޮތް ރަށުން، މިޔަރު ހިފުމުން ހައިރާންކަމެއް!

27 ފެބުރުއަރީ 2018
ތިމާވެއްޓަށް ލޯބި އޮތް ރަށުން، މިޔަރު ހިފުމުން ހައިރާންކަމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް