Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

"މާހައުލާއި ތިމާވެއްޓަށް ރައްކާތެރިވެގެން ތަރައްގީގެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެތޯ؟"

ރާއްޖޭގައި ގިރަމުންދާ މިންވަރަކީ ކަންބޮޑުވާ މިންވަރަށް އޮތް ކަމެއްތޯ ދެނެގަންނަން ޖެހޭ: ނަޝީދު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2020 | ބުދަ 18:04
ރައްޔިތުންގެ މަޖިލީހުގެ ރައީސް. މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް. މުހައްމަދު ނަޝީދު

މާހައުލާއި ތިމާވެއްޓަށް ރައްކާތެރިވެގެން ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި އިރުވައި މޫސުމުގެ ހަޅަޖެހިއިރު ރަށްގިރުން އާދަޔާ ޚިލާފަށް އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުޅަނގުން އިރުވަޔަށް ވައި ބަދަލުވިއިރު އެ ހަޅައިގައި ދިވެހިރާއްޖޭގެ ރަށްތަކަށް މީގެ ކުރިން ނުކުރާ ބާވަތުގެ އަސަރެއް ނުވަތަ ބަދަލެއް އަތުވެއްޖެކަމަށް އެކި ގޮތްގޮތުން ކޮމިޓީއަށާއި އެ މަނިކުފާނަށްވެސް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޮސްޓްރޭލިއާގައި އެނދި އަލިފާންގަނޑަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އޮސްޓްރޭލިއާގައި އަލިފާން ރޯވެގެން އުޅޭ ޚަބަރު ފެންނަ ކަމަށެވެ. ނަމަވެސް މިއަހަރު އޮސްޓްރޭލިއާގައި ރޯވެ އެނދީ އެއަށްވުރެ މާ ބޮޑުކޮށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގައި ގިރަމުންދާ މިންވަރަކީ ކަންބޮޑުވާ މިންވަރަށް އޮތް ކަމެއްތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިކަމަކީ އެއްވެސް ސަރުކާރަކަށް ކުއްލިއަކަށް ޙައްލު ގެނެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރަށްގިރުމުގެ ސަބަބުތަކާއި އަދި އެކަންކަން ހިނގާ މިންވަރާއި ގުޅޭގޮތުން ތަހުލީލުކޮށް ހޯދިދާނެކަމަށެވެ. އަދި މިކަމުން އަރައިގަނެވެން ހުރި މަގުތަކަކީ ކޮބައިތޯ ހޯދާ، އެކަންކަމުގެ މައްޗަށް ސިޔާސަތުތައް އެތުރިގެން ދިއުމަކީވެސް ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ އިތުރަށް ބޮޑު ވެއްޖެނަމަ ސަރުކާރަށް އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިބާވަތުގެ ކަންކަން ދިމާވުމުން ދިވެހިން ޢަމަލު ކުރާނެ ގޮތާއި ގުޅޭގޮތުންވެސް ވިސްނަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓާނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އަދި ތަރައްޤީގެ ކޮންމެ މަޝްރޫޢެއްވެސް ހިންގަނީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރަން ކަމަށެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ފާއިތުވި ދުވަސްތަކުގައި އެކަނިވެސް ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތަކުން ފެނިގެން ގޮސްފައިވެއެވެ.

ކޮމިޓީއާ ހިއްސާކޮށްފައިވާ ބައެއް ރަށްރަށުގެ ތެރޭގައި ބ އަތޮޅުގެ ގިނަ ރަށްރަށާއި، ރ އަތޮޅުގެ ރަށްރަށް ހިމެނެއެވެ. އޭގެއިތުރުން، އައްޑޫ ސިޓީ މީދޫ ފުއްޓަރާއި ދިމާލުން ގިރަމުން އަންނަ ޞަރަޙައްދުގެ ފޮޓޯތައްވެސް ދައްކާލާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން އައްޑޫ މީދޫ ކުޅިއަށް ލޮނުފެން ވަދެ، ތިމާވެށީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިއުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. މީގެއިތުރުން ނ ފޮއްދޫއާއި، ގދ ނަޑެއްލާއާއި، ދ ވާނީއާއި، ހއ ވަށަފަރުގެ އިތުރުންވެސް ގިނަ ރަށްރަށުގެ ފޮޓޯތައް ކޮމިޓީގައި ދައްކާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު