Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތިމާވެށި

ތިމާވެއްޓަށް ގެއްލުން ދިނުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޖިނާއީ ދައުވާ ކުރެވޭ ކަމެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ގޮވާލައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓުގެ މެންޑޭޓްގައި ހިމެނުމަށް ވެސް ވަނީ ގޮވާލައްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2019 | ހޮނިހިރު 04:59
އައިސީސީގައި ރާއްޖޭގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާހަކަ ދައްކަަވަނީ

އައިސީސީގައި ރާއްޖޭގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާހަކަ ދައްކަަވަނީ

ދުނިޔޭގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ދިނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޖިނާޢީ ދަޢުވާ ކުރެވޭ ކަމެއްގެ ގޮތުގައި ހެދުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

މިފަދައިން ގޮވާލެއްވީ، ދަ ހޭގްގައި މިހާރު ކުރިޔަށްދާ، ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުގެ މެންބަރު ދައުލަތްތަކުގެ 18 ވަނަ ޢާންމު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުޤައްރިރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

Advertisement - newsAdvertisement

ދުނިޔޭގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ދިނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޖިނާޢީ ދަޢުވާ ކުރެވޭ ކަމެއް ގޮތުގައި ހެދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުގެ މެންޑޭޓްގައި ހިމެނުމަށް ސަލީމުގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.

ސަލީމް ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކާއި، އިންސާނިޔަތުކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލު ކަމަށާއި، އެކަމުގެ ސަބަބުން ދިރިއުޅުމަށާއި، އިޤްތިޞާދުގެ މުސްތަޤުބަލު ހަލާކުވެގެންދާ ކަމަށެވެ. އަދި މިއާއެކު ޤުދުރަތީ ގޮތުން ލިބިފައިވާ ރައްކާތެރިވުމުގެ ނިޒާމާއި އިޤްތިޞާދުގެ ބިންގާ ހަލާކުވެގެންދާ ކަމަށެވެ.

މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު 2 މީޓަރަށް އިތުރަށް އުފުލިއްޖެ ނަމަ ރާއްޖެ އަޑިއަށް ހިނގައިދާނެކަމުގެ އިންޒާރު ދީފައިވާ އިރު ވެސް ބޮޑެތި ގައުމުތަކުން އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާތަން ފެނިފައި ނުވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އެކި ގައުމުތަކުން އެއްބަސްވުމަށް އާދެވިފައިވީ ނަމަވެސް ހަރުދަނާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން އާޚިރުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވި ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތައް ނެތިގެންދާ މަންޒަރު ފެނުން ދުރު ނޫން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

އަދި މިއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް ދިރާސާތަކުން ދައްކާ ސައިންސްވެރިން އިންޒާރު ދެމުންދާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން 10 މިލިއަނަށް ވުރެ ގިނަ މީހުން ސާފު ބޯފެނުން މަހުރޫމުވެ އާބާދީތައް ނެތި ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަންސަލީމް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ. އަދި އިންސާނީ ހައްޤުތަކާއި، ޤާނޫނު ނެގެހެއްޓުމުގައާއި، އަމަންއަމާން ކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ރާއްޖެއިން ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ސަލީމުވަނީ އަރުވާފައެވެ.

ޕެރިސް އެގްރީމެންޓަށް ރާއްޖެއިން ފުރިހަމައަށް ތާޢީދުކުރައްވާ ކަން ހާމަކުރައްވަމުން ސަލީމް ވަނީ ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަޤުވާމީ ދުނިޔެއަށް އެ ޢަމާޒުގައި ހިފެހެއްޓުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ބައިނަލްއަޤުވާމީ އިންސާފު ގާއިމް ކުރުމުގެ ނިޒާމުންއ ރޯލެއް އިސް ދައުރެއް އަދާކުރެވޭ ކަމަށް ވެސް ސަލީމުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި ޕެރިސް އެގްރީމެންޓްގައިވާ ގޮތަށް ކަންކަން ކުރުމަށް އައިސީސީން ބާރު އަޅާ އެކަން ކުރެވޭނެ ޤާބިލުކަން ހުރިކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

04 އެޕްރީލު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

އެކްސިޑެންޓްގައި ބޮލަށް ގެއްލުން ލިބުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

29 މާރިޗު 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު