Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދުގެ މައްސަލަ

އަލީ ވަހީދަށް ދައުވާކޮށްފައިވަނީ ފްރޭމްކޮށްގެން - ވަކީލުން

ވަކީލުންގެ ޓީމުން ވަނީ ނުވަ ކަމެއް ފާހަގަކުރައްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 23 އޯގަސްޓު 2021 | ހޯމަ 01:49
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ފާއިތުވެގެންދިޔަ އެއް އަހަރުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހިންގުނު ޖިނާއި ތަހުގީގާއި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުން ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް، ކުށެއްގެ ތުހުމުތުގައި ކަމަށްބުނެ ފްރޭމްކޮށްފައި ކަމަށް އަލީ ވަހީދުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އަލީ ވަހީދާ ދޭތެރޭ ދިވެހި ދައުލަތުން އަމަލުކޮށްފައިވާ ބޭއިންސާފު އަމަލުތައް ކަމަށް ބުނެ ނުވަ ކަމެއް ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

1. އެއްވެސް ތަހުގީގެއް ކުރުމެއްނެތި، ޖަވާބުދާރީވާން ފުރުސަތެއް ނެތި ވަޒީރުކަމުން ވަކިކުރުން

2. ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށްދީފައި ނުވުން

3. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައި ނުވުން

4. ތުހުމަތު އުފުލިފައިވާ ދައުވާއެއް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ދައުވާ ކުރުން

5. މައްސަލަބަލާ ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން ޖޭއެސްސީއަށް މައްސަލަ ހުށަހެޅުން

6. ހުޅުވާލައިގެން ޝަރީއަތްކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން އެދުނު ނަމަވެސް ރައްޔިތުންނާއި ނޫސްވެރިންނަށް ޝަރީއަތް ސިއްރުކުރުން

7. ގާނޫނުއަސާސީ އާއި، ޖިނާއީ އިޖުރާތުގެ ގާނޫނުގައި ކުށެއް ކުރެވުނީ ކޮންފަރާތަކާމެދު ކިހިނެއްކަން ތުހުމަތުކުރެވޭ ފަރާތަށް އެނގުމުގެ ހައްގު ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭންވާނެކަމަށް ސާފުކޮށް ބަޔާންކުރެވިފައިވީ ނަމަވެސް ތުހުމަތުކުރެވޭ ކުށްތައް ކުރިކަމަށްބުނާ ފަރާތެއް ނުވަތަ ކުށްކުރި ތަނެއް، ނުވަތަ ކުޑަމިނުން ތާރީހް ވެސް އަލީ ވަހީދަށް ސިއްރުކުރުން. ( މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މީހަކާ މެދު މިގޮތަށް އަމަލުކުރި ފުރަތަމަ ފަހަރު)

8. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށާއި މީޑިއާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުން

9. ނުހައްގުން އަދަބު ދިނުން

އަލީ ވަހީދުގެ ވަކީލުންގެ ޓީމުން ނޫސް ބަޔާނެއް ނެރުނުއިރު، މި މަހުގެ 11 ވަނަ ދުވަހު އަލީ ވަހީދުގެ މައްޗަށް ވަނީ ސްޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ޢަލީ ވަޙީދު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި، އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ފެންމަތިވުމާއެކު ޕީޖީ އޮފީހުގެ އެދުމަށް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އެހެންނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި

22 ފެބުރުއަރީ 2017
ފ ފީއަލީ މީހަކު ލަންކާގައި ގެއްލިގެން ހޯދަން ފަށައިފި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު