Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބު

މެލޭޝިޔާގެ އައު ބޮޑުވަޒީރު ސަބްރީއަކީ ކޮން ބޭފުޅެއް؟

21 އޯގަސްޓު 2021 | ހޮނިހިރު 12:24

މެލޭޝިއާގެ ފެޑެރަލް ކެބިނެޓަށް އިސްމާއީލް ސަބްރީ އެންމެ ފުރަތަމަ ވަޑައިގެންނެވީ 2004 ގައި

| 21 އޯގަސްޓު 2021 | ހޮނިހިރު 12:24
މެލޭޝިއާގެ އައު ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބު

މެލޭޝިއާގެ އައު ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބު

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ހޮނިހިރު ދުވަހު ކުރެއްވި އުމުރުފުޅުން 61 އަހަރުވީ އިސްމާއީލް ސަބްރީ ޔައުގޫބަކީ ކޮންބޭފުޅެ ބާވައެވެ؟ އޭނާއަކީ މެލޭޝިއާގެ ފެޑެރަލް ޕާލަމެންޓުގައި އެންމެ ބައިބޯ ޖަމާއަތް ކަމުގައިވާ އަމްނޯގެ ނާއިބުރައީސެވެ. އެމަގާމު ލިބިވަޑައިގަތީ މެލޭޝިއާގައި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި ފުރަތަމަ ފަހަރަށް އަމްނޯ ބަލިވެ ވެރިކަން ގެއްލި އަމްނޯގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށްޓަކައި އެ ޖަމާއަތުގެ ލީޑަރޝިޕަށް އައު ބޭފުޅުން އައްޔަން ކުރުމުގެ ތެރެއިންނެވެ.

އިސްމާއީލް ސަބްރީއަކީ މެލޭޝިއާގެ ތާރީޚުގައި 9 ވަނަ ބޮޑުވަޒީރެވެ. މެލޭޝިއާއަށް އިނގިރޭސީންގެ އަތްދަށުން 1957 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މިނިވަންކަން ލިބުނު ތާރީޚުގެ ފަހުން އުފަންވެވަޑައިގެންނެވި ފުރަތަމަ ބޮޑުވަޒީރަކީ އިސްމާއީލް ސަބްރީއެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ ސްޓޭޓަކީ ޕަހާންގް ސްޓޭޓެވެ. ފެޑެރަލް ޕާލަމެންޓުގައި ސަބްރީ ފުރުއްވަމުން ގެންދަވާ ގޮނޑިއަކީ ޕަހާންގް ސްޓޭޓަށް ނިސްބަތްވާ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި ސަބްރީ އެ ގޮނޑި ކާމިޔާބު ކުރެއްވީ ވިދިވިދިގެން ހަތަރުވަނަ ފަހަރަށެވެ.

ސިޔާސީ ދާއިރާ އިޚުތިޔާރު ކުރެއްވުމުގެ ކުރިން ސަބްރީއަކީ ގާނޫނީ ވަކީލެކެވެ. އޭނާ އެންމެ ފުރަތަމަ އަމްނޯއާ ގުޅިވަޑައިގަތީ 1987 ގައެވެ. ޕަހާންގް ސްޓޭޓުގައި ބޭރާގެ ނަމުގައި އައު ދާއިރާއެއް އުފެދި އެދާއިރާއިން ފެޑެރަލް ޕާލަމެންޓަށް އިސްމާއީލް ސަބްރީ އެންމެ ފުރަތަމަ ހޮވިވަޑައިގަތީ 2004 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައެވެ. ޕާލަމެންޓް މެންބަރެއްގެ ގޮތުގައި އަދި އަމްނޯގެ ޒުވާން ލީޑަރެއްގެ ގޮތުގައި އަވަސް ކުރިއެރުންތަކެއް ހޯއްދަވަމުން ވަޑައިގެން ފުރަތަމަ ފަހަރަށް މަރުކަޒީ ކެބިނެޓަށް އައްޔަން ކުރެވުނީ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދާވީގެ ދައުރުގައި 2008 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީރު ކަމަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގައި އެންމެ އަހަރެއްވީތަނާ ދެން އޭނާއާ ހަވާލު ކުރެވުނީ ގައުމުގެ އިގްތިސާދާ ގުޅުން ހުރި މުހިއްމު މިނިސްޓްރީއެކެވެ. ބޮޑުވަޒީރުކަމަށް ނަޖީބު ރައްޒާގު ވަޑައިގެން ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އިސްމާއީލް ސަބްރީ އައްޔަން ކުރެއްވީ އެތެރޭގެ ވިޔަފާރިއާ ބެހޭ މިނިސްޓަރު ކަމަށެވެ. އެމަގާމުގައި 2009 ވަނަ އަހަރުން ފެށިގެން 2013 އާއި ހަމަޔަށް ހުންނެވިއެވެ. އޭގެ ފަހުން 2013 ވަނަ އަހަރުން ފެށިގެން 2015 އަށް އޭނާއާ ހަވާލު ކުރެވުނީ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއެވެ. ދަނޑުވެރިންނާއި ފިހާރަތަކާއި ދެމެދު އޮޕަރޭޓްކުރާ އެޖެންޓުންނާ ދެކޮޅަށް ގައުމީ ޖިހާދެއް އޭނާ އިއުލާން ކުރެއްވީ އެދުވަސްވަރުއެވެ.

އޭގެ ފަހުން 2015ން ފެށިގެން 2018ގެ އާއްމު އިންތިޚާބުގައި އަމްނޯ ބަލިވެ ނަޖީބު ރައްޒާގަށް ބޮޑުވަޒީރުކަން ގެއްލި މެލޭޝިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަމްނޯގެ ވެރިކަމެއް ނެތް ދައުރެއްގެ ފެށުމާ ހަމަޔަށް އިސްމާއީލް ސަބްރީ ހުންނެވީ ރަށްފުށުގެ ތަރައްގީ އާއި އެކި ސަރަހައްދުތަކުގެ ތަރައްގީއާ ބެހޭ މިނިސްޓަރުކަމުގައެވެ. އައިޓީގެ ދާއިރާގައި މެލޭ ނަސްލުގެ ވިޔަފާރިވެރިން އިތުރު ކުރުމުގެ ޚާއްސަ ކެމްޕޭނެއް އިސްމާއީލް ސަބްރީ ހިންގެވީ އެދުވަސްވަރުއެވެ. ކޮންމެއަކަސް 2018ގެ އާއްމު އިންތިޚާބުގައި އަމްނޯގެ ސަރުކާރު ބަލިވެ އިދިކޮޅު ޕާޓީއެއް ނުވަތަ އިދިކޮޅު ޖަމާއަތެއްގެ ދައުރު އަދާކުރާން ޖެހުނު ހިސާބުން އިސްމާއިލް ސަބްރީ އެއަހަރުގެ ޑިސެމްބަރު މަހު އައްޔަން ކުރެވުނީ އަމްނޯގެ ނާއިބުރައީސަކަށެވެ. އަދި ޖެހިގެން އައި 2019 ވަނަ އަހަރު އަމްނޯގެ ޕާލަމެންޓަރީ ލީޑަރުކަންވެސް ލިބިވަޑައިގަތެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި މާކަ ގިނަދުވަހު ހުންނަވަން އިސްމާއިލް ސަބްރީއަކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. މަހާތީރު މުހައްމަދުގެ ޕަކަތާން ހަރަޕާން ސަރުކާރު ރޫޅިގެންގޮސް އިދިކޮޅު އަމްނޯއާ ގުޅިވަޑައިގެން އައު ބޮޑުވަޒީރު މުހީއްދީން ޔާސީން 2020 ވަނަ އަހަރު އެކުލަވާލެއްވި އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތީ އިސްމާއީލް ސަބްރީއަށެވެ. ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ސަބްރީއަށް ކުރައްވަން ޖެހިވަޑައިގެންނެވި ހަގުރާމަޔަކީ ކޮވިޑުގެ ވަބާއާއި ދެކޮޅު ހަގުރާމައެވެ. އެ ހަގުރާމައިން މާކަބޮޑު ނަސްރެއް ނުހޯއްދެވުނެވެ.

ބޮޑުވަޒީރު މުހީއްދީން ޔާސީންގެ ސަރުކާރު ގުޑާވަރުން އެސަރުކާރު ވެއްޓުނަ ނުދީ ހިފެހެއްޓުމުގެ މުޑިޔަކަށް އަމްނޯ ހެއްދެވުމުގެ ބޭނުންފުޅުގައި އިސްމާއީލް ސަބްރީއަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރުގެ ނާއިބުކަން ވެސް ދެއްވިއެވެ. އެހެންނަމަވެސް ސަރުކާރު ނުވެއްޓި ހިފެހެއްޓޭ ގޮތެއް ނުވިއެވެ. އެހެންވީވެސް އަމްނޯގެ ބައެއް މެންބަރުންގެ ތާއީދު ގެންދެވުމުންނެވެ. ބޮޑުވަޒީރުކަމުން މުހީއްދީން ޔާސީން އިސްތިއުފާ ދެއްވުމާގުޅިގެން ޕާލަމެންޓުގައި އެންމެ ގިނަ މެންބަރުންގެ ތާއީދު އޮތީ ކޮން ލީޑަރަކަށްތޯ ރަސްގެފާނު އަބްދުﷲ ބެއްލެވިއިރު އެބޭފުޅަކަށް ފެނިވަޑައިގަތީ އިސްމާއީލް ސަބްރީއެވެ. އެހެންވީމާ އައު ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު އޭނާއަށް ދެއްވީއެވެ.

ސަރުކާރު ބަދަލުވިޔަސް ބޮޑުވަޒީރު ބަދަލުވިޔަސް މާގިނަ ކަންތައްތަކެއް ބަދަލުވުމުގެ ފުރުސަތު ކުޑައެވެ. އޭގެ ސިއްރަކީ ސަރުކާރުގެ ތެރޭގައި މުޅިންވެސް އެއްބަޔަކު ތިބުމެވެ. އެކަމަކު އެއްކަމެއް ބަދަލުވެއްޖެއެވެ. އެންމެފަހުގެ އިންތިޚާބުގައި އަމްނޯ ބަލިވެ ވެރިކަން ގެއްލުނުތާ ތިން އަހަރު ފަހުން އައު އިންތިޚާބަކާ ނުލައި އަމްނޯގެ އަތްމައްޗަށް ވެރިކަން އަރައިފިއެވެ. އަމްނޯއާ ނުލައި ވެރިކަން ކުރައްވާން އުޅުއްވި ދެ ބޮޑުވަޒީރުންވެސް ނުހަނު ގާތްގާތުގައި ފޭލްވެގެން ފަރުދާގެ ފުރަގަހަށް ވަޑައިގެންފިއެވެ. މިހިސާބުން އުފެދޭ ސުވާލަކީ މެލޭޝިއާގެ ތާރީޚުގައިވެސް އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ސަރިޔަތަކަށްފަހު ސަރިޔަތެއް އެބޭފުޅެއްގެ މައްޗަށް ހިންގަމުންދާ ނަޖީބު ރައްޒާގަށް ދެންވާނެ ގޮތެކެވެ. ނަޖީބަކީ އައު ބޮޑުވަޒީރުގެ ކުރީގެ ވެރިޔާއެވެ. އެންމެ ގާތް މިތުރެވެ.

އައު ބޮޑުވަޒީރު އިސްމާއީލް ސަބްރީއާމެދު ބުނެވޭ ބަހެއް އޮވެއެވެ. އޭނާ އެންމެ ފުރަތަމަ ބަސް ވިދާޅުވާނީއެވެ. ވިސްނަވާނީ ފަހުންނެވެ. މިހެން މިކަން އޮންނާތީ ވަރަށް ގިނަގިނައިން ސިޔާސީ ހޫނުފެނުގެ ތެރެއަށް ގެނބޭތަން އާދެއެވެ. މިޒާތުގެ އެއްކަމަކީ މެލޭޝިޔާގެ ޗައިނާ ދަރިކޮޅު މީހުންގެ ނުފޫޒު ކަނޑުވައިލުމަށްޓަކައި އެމީހުންގެ ވިޔަފާރިތައް ބައިކޯޓުކުރާށޭ މެލޭ ނަސްލުގެ މީހުންނަށް އިލްތިމާސް ކުރެއްވި ކުރެއްވުމެވެ. މިކަން ބޮޑު ތޫފާނަކަށްވިއެވެ. މިނޫންވެސް ނަސްލީ ތަފާތުކުރުންތަކާ ގުޅޭ އެތައް ކަމެއްގައި އިސްމާއީލް ސަބްރީގެ މައްސަލަ ބޮޑުވެގެން ދިޔައެވެ. އެކަމަކު މިކަންކަން އޭނާގެ ސިޔާސީ ކުރިމަގަށް އެޅުނު ހުރަހަކަށެއް ނުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
22 އެޕްރީލު 2017

42 މިވީ ކޮންކަހަލަ އަދަދަކަށް؟

22 އެޕްރީލު 2017
42 މިވީ ކޮންކަހަލަ އަދަދަކަށް؟
05 އެޕްރީލު 2017

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
25 މާރިޗު 2017

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

25 މާރިޗު 2017
އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް