Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. ފުއްގިރި މައްސަލަ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އާދީއްތަ ދުވަހު

21 އޯގަސްޓު 2021 | ހޮނިހިރު 08:18

މި ދެދައުވާ ވެސް އުފުލާފައިވަނީ ރ. ފުއްގިރި މައްސަލައިގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 އޯގަސްޓު 2021 | ހޮނިހިރު 08:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.

ދެދައުވާގެ ޝަރީއަތް ވެސް އާދީއްތަ ދުވަހު ހެނދުނު 09:00ށް ތާވަލް ކޮށްފައިވާއިރު މި އަޑުއެހުމަކީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝަވަތު ގަބޫލުކުރުމުގެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއްގެ ޝަރީއަތެކެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުުގައި ދައުލަތުން 86 ހެއްކެއް ހުށަހެޅިއެވެ. މީގެތެރޭގައި ސިޓީތަކާއި، ޗެކްތަކާއި، ފައިސާ ޖަމާކޮށްފައިވާ ކަމުގެ ރަސީދު ވެސް ހިމެނެއެވެ. ދެ ދައުވާއަށް ވެސް ހުރީ އެއް ހެކިތަކެއް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

ދިފާއުންވެސް ހުށަހެޅީ ދެ ދައުވާއަށް އެއް ހެކިތަކެކެވެ. ދިފާއުން ވެސް ވަނީ ހެކީގެ ގޮތުގައި ކުރީގެ ބަޔާންތަކާއި ފައިސާގެ ރަސީދުތައް ވެސް ހުށަހަޅާފައެވެ.

އާދީއްތަ ދުވަހުގެ އަޑު އެހުން ފެށުމުގެ ކުރިން ދިފާއުންވަނީ، މި ދައުވާ ޖިނާއީ އަމަލެއްގެ މައްޗަށް ބިނާކޮށްފައި އޮތީ، ޖިނާއީ އަމަލެއް ސާބިތުވާތީ ނޫން ކަމަށް ބުނެފައެވެ. އަދި މި މައްސަލާގައި ދިފާއުން އެދުނު ލިޔުންތައް ނުލިބޭކަމަށް ވެސް ބުންޏެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނީ، ދިފާއުން އެދިފައިވާ ލިޔުންތަކަކީ، ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ގޮތެއް ނިމިފައިވާ ލިޔުންތަކެއް ކަމަށެވެ. އެގޮތުން އެއީ، ހިއްސާ ނުކުރެވޭނެ ލިޔުންތަކެއްކަމާއި، އޭގެ ސަބަބުތައް ވެސް ބަޔާންކޮށްފައިވާނެކަން ދައުލަތުން ފާހަގަކުރިއެވެ. ދައުލަތުން ބުނީ ދިފާއުން މަސައްކަތްކުރަނީ ޝަރިއަތް ކުރިއަށް ގެންދިޔުން މަޑު ޖެއްސުމަށް ކަމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ހެކި ހޯދުމަށް ހުށަހަޅާން ވަކި އުސޫލެއް އޮންނައިރު ދިފާއުން އެދިފައިވަނީ އެ އުސޫލުގެ ތެރެއިން ނޫން ކަމަށެވެ. އެހެން ކަމުން އެ ހެކިތައް ދިފާއާ ހިއްސާ ކުރުމުގެ އަމުރެއް ނެރެދިނުމުގެ ތަނެއް ނެތް ކަމަށެވެ. އަދި އޮންނަ އިޖުރާއަތްތަކުގެ ތެރެއިން ހެކި ހޯދުމަށް ހުށަހަޅާ ފޯމް ހުށަހެޅުމުން ދެން އެކަން ކުރިއަށްދާނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

ދައުލަތާއި ދިފާއުން ވެސް ހެކި ހުށަހެޅުމަށްފަހު އިތުރު ކަމެއް ހުށަހަޅަން ނެތުމުން އަޑުއެހުން ނިންމާލާފައިވަނީ، ދިފާއުން އެދުނު ގޮތަށް ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ހޯދުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ފޯމް ހުށަހަޅައިގެން ހެކި ހޯދުމަށް 3 ދުވަސް ވެސް ދިނުމަށްފަހުއެވެ.

މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވިކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ވެސް ދަޢުވާކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ މަސްލަޙަތު އޮންނަ ދެ ކުންފުންޏަކާއި، ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

މި މައްސަލައިގެ ދައުވާތަކުގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑަރ ކުރުމަށްޓަކައި ފައިސަލާކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ޔާމީން މިހާރުވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭ ބަންދުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް