Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފޭކް ބުކިންގައި ރާއްޖެ އައުން

އެނދުގެ އެއްފަޅި ވިޔަސް ހެޔޮ...

ބޯޑަރު ހުޅުވާލަން ނިންމި "ރިސްކީ" ނިންމުމާއެކު ރާއްޖެއިން ކާމިޔާބީތަކެއް ހޯދި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 14:16
ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން

ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓުގައި މަޑުކޮށްލައިގެން

"ހަތަރު ކޮޓަރިއަކަށް ބުކިން ހައްދައިގެން ރާއްޖެއަށް އައި އިންޑިޔާގެ 189 މީހަކު އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށައިފިއެވެ."

"ފޭކް ބުކިންގ ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުސައިން (ޙަނަފީ) ވިދާޅުވެއްޖެއެވެ."

"ހުއްދަ ނެތް ތަންތަނުގައި ތިބި ފަތުރުވެރިން ހުއްދަ ދީފައިވާ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ."

"ހުއްދަ ނެތި ތަންތަނުގައި ޓޫރިސްޓުން ބޭތިއްބުމަކީ ޓޫރިޒަމެއްނޫން ކަމަށާއި، އެއީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ."

މިއީ މިހާރަކަށް އައިސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ފަތުރުވެރިކަމާ ގުޅިގެން ނޫސްތަކުގެ ފަލަ ސުރުޚީތަކުން އިވެމުންދާ ޚަބަރުތަކެވެ. ކޮވިޑުގެ ޙާލަތުގައި ރާއްޖެ އައީ އިޤްތިޞާދީ ރޭހުގައި ރާއްޖޭގެ ފެންވަރުން ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ސަރުކާރުން ނިންމި ނިންމުމާއެކު، ސަރަޙައްދީ ޤައުމުތަކުގެ ތެރެއިންވެސް ފަތުރުވެރިކަން އެންމެ ރަނގަޅު އެއް ޤައުމަކަށް ރާއްޖެ ވެގެން ދިޔައެވެ. އޭރު ރާއްޖެއާ ގުޅުވައި އިވެމުން ދިޔަ ޚަބަރުތަކަކީ, ބޯޑަރު ހުޅުވާލަން ނިންމި "ރިސްކީ" ނިންމުމާއެކު ރާއްޖެއިން ހޯދި ކާމިޔާބީގެ ވާހަކައެވެ. ދުވަހެއް ދުވަހަކަށް ފަތުރުވެރިކަން އާރޯވަމުން އަންނަ ވާހަކައެވެ. ރާއްޖެފަދަ ކުޑަ ޤައުމަކާ އަޅާބަލާއިރު އިޤްތިޞާދީ ގޮތުން, ސަރުކާރުން ބޭނުންވި "އިކޮނޮމިކް ބޫމް" ފެންނަމުންދާ ވާހަކައެވެ.

އެންމެ ފަހުން އެ ވާހަކަތައް ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށްވެސް އެރީއެވެ. ފަތުރުވެރިކަމުގެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކޮވިޑުގެ ތެރޭގައިވެސް ރާއްޖެ އެތައް ގުނައަކަށް މަޤްބޫލުވެގެން ދިޔައީއެވެ. ބޭރުގެ އެކި ފަންނާނުންވެސް ކޮވިޑުގެ ޙާލަތުގައި ސިކުނޑިއަށް ލުއެއް ދިނުމަށް އަންނަ މަންޒިލަކަށް ރާއްޖެ ވެގެން ދިޔައީ ސަރަޙައްދީ އެތައް ޤައުމެއްގެ ބޯޑަރު ބަންދުކޮށްފައި އޮއްވައެވެ.

މިހާރުގެ އަދަދުތަކަށް ބަލާއިރުވެސް, ކޮވިޑުގެ ޙާލަތުގެ ކުރިން ރާއްޖެއަށް އައި އަދަދަށްވުރެ ގިނައިން ފަތުރުވެރިން އެބަ އާދެއެވެ. އެއީވެސް ރާއްޖެއަށް މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދިޔަ މާރކެޓްތައް ނުހިމަނައެވެ. ޗައިނާ ފަދަ ޤައުމުތަކުން އައި އެތައް ލައްކަ ފަތުރުވެރިންނެއް ނުހިމަނާވެސް, އާންމު ޙާލަތުގައި އަންނަ މިންވަރަށް ފަތުރުވެރިން އައުމަކީ އުފާވެރި ސިގްނަލެކެވެ. ނަމަވެސް މިކަމަށް މިއަދު ނުރައްކަލުގެ ބޮޑު ހިޔަންޏެއް އެޅިފައިވާ މަންޒަރު މިދަނީ ފެންނަމުންނެވެ. ދެންމެ ފާހަގަކޮށްލި ސުރުޚީތަކަކީ އޭގެ ކުޑަ މިންވަރެކެވެ.

އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ, މިނިސްޓްރީން މިހާރު ވަނީ ޚާއްސަ އިންސްޕެކްޝަނެއް ފަށާފައެވެ. އޮޅުވާލައިގެން ސައްހަ ނޫން ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި ތާށިވި 27 ފަތުރުވެރިއަކު ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތުވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭއިރު، އެމީހުންނަށް އޮޅުވާލައިގެން ރާއްޖެއަށް ގެނައި މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ.

ދެން މީހުންގެ ސަމާލުކަން ދަމައިގަތް އަނެއް ވާހަަކައަކީ ހަތަރު ކޮޓަރިއަކަށް ބުކިން ހައްދައިގެން ރާއްޖެއަށް އައި އިންޑިޔާގެ 189 މީހަކު އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފެށި ވާހަކައެވެ. އެކަންވެސް ސަމާލުކަމަށް އައީ އެންމެ 4 ކޮޓަރިއަށް 200އާ ގާތްކުރާ އަދަދަށް މީހުން ބުކިން ހައްދާފައި އޮތުމުންނެވެ. ޚާއްސަކޮށް އިންޑިއާ ފަތުރުވެރިން އެކިއެކި އޭޖެންޓުން މެދުވެރިކޮށް ގެނެސް، އަމިއްލަ ގޭގޭގައި ކަރަންޓީން ކުރުވާ ވާހަކައަކީ މިހާރު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ޑެލްޓާ ވޭރިއަންޓު ފަދަ ނުރައްކާތެރި އެތައް ވޭރިއަންޓެއް ފެތުރެމުންދާއިރުވެސް ތިމާއާއި، ކައިރީގައި ތިބޭ އެހެން އެންމެންވެސް ނުރައްކަލަކަށް ހުށައަޅަނީ, ލިބޭ ފައިސާކޮޅެއްގެ ދަހިވެތިކަމުގައެވެ. ވެރިރަށް މާލޭގައިވެސް މިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާއިރު، ފަތުރުވެރިން ގެންނަ އޭޖެންޓުން އެކަމަށް އެތައް ޑޮލަރެއް ނަގާކަމަށް ވެއެވެ. ކަރަންޓީނުގައި ބަހައްޓާ ގޭގެ ވެރިފަރާތައްވެސް މިކަމުގައި ބޮޑު ފައިދާއެއް ވެއެވެ.

ނަމަވެސް ހަގީގަތަކީ އުސޫލުތަކާއި ޚިލާފަށް, އާންމުން ދިރިއުޅޭ ތަންތަނުގައި މިގޮތަށް ކަރަންޓީން ކުރުމުން ނުރައްކަލަށް ހުށައެޅިގެން ދަނީ ހަމައެކަނި އެ ފައިސާ ބަލައިގަންނަ މީހާ ނޫންކަމެވެ. އުސޫލުތަކާއި ޤަވާއިދުތަކާ ޚިލާފަށް ކުރާ މި ވިޔަފާރީގައި ގޭގެ އަމިއްލަ އެނދުގެ އެއް ފަޅިވެސް ދޭން މިއަދު ބައެއް މީހުން ތިބީ ތައްޔާރަށެވެ. ބޮޑު އަގުގައި ކުއްޔަށް ތަންތަން ނަގައިގެންވެސް މިއަދު މި ވިޔަފާރި ކުރަމުންދަނީއެވެ. އެކަމުގެ ސަބަބުން ރާއްޖެ އަންނަ ބައެއް ފަތުރުވެރިން އަނބުރާ ދާންޖެހި، އަނެއް ބަޔަކު ތާށިވެ، އިންސާނީ ވަގުފާރީގެ ހާއްޔަކަށް މިއޮއްގެން ބަދަލުވަނީއެވެ.

ރާއްޖޭގެ ރީތި ނަން ކިލަނބުވެ، ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ ނަމުގައި އިންސާނީ ވަގުފާރި ހިންގާ ޤައުމެއްގެ ގޮތުގައި ނަންވެ ނުދަނީވެސް މިކަން ހުއްޓާލަން އެބަޖެހެއެވެ. އަދި މިކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުންވެސް ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ޑޮލަރު ކޮޅެއްގެ ބޭނުމުގައި އަމިއްލަ އެނދުގެ އެއް ފަޅި ދީގެން، ޤައުމު ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލަން ޖާގަދެވޭކަށް ނެތްކަން ދައްކަދޭން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

01 ޑިސެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު