Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ އަންހެން ޓީމުގެ ކޭމްޕް

ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމު ޔޫއޭއީއަށް

ކޮލިފައިން މެޗުތައް ކުޅޭނީ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 11:34
ޔޫއޭއީއަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމު

ޔޫއޭއީއަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމު

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ފުރައިފިއެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ޓީމުން ނިންމިއިރު، މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމުން ނިންމިއިރު، އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ.

ކޮލިފައިންއަށް ތައްޔާރުވުމަށް ގައުމީ އަންހެން ޓީމު ޔޫއޭއީއަށް ފުރިއިރު، މި ކޭމްޕުގެ ތެރެއިން ޔޫއޭއީގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ގައުމީ އަންހެން ޓީމު ޔޫއޭއީގައި ކޭމްޕުކުރާއިރު، އެ ޓީމުން ދާފި ފަހުން ވަނީ ބ. އޭދަފުށީގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އޭދަފުށިން ހޮވާލެވުނު އަންހެން ޓީމާ ދެކޮޅަށް ކުޅުނު އެ މެޗުން ގައުމީ އަންހެން ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި، ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ.

އޭޝިއަން ކަޕަށް ޖުމްލަ 12 ގައުމެއް ކޮލިފައިވާއިރު، މިހާތަނަށް ހަތަރު ގައުމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ. ދެން ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށެވެ.

ގައުމީ އަންހެން ޓީމަށް ރަސްމީކޮށް އައު ކޯޗެއް ހަމަޖައްސަން ދެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ. ޔޫއޭއީގައި ކުރިއަށްދާ ކޭމްޕުގައިވެސް ޓީމަށް އިރުޝާދުދޭނީ ޑުންގާއެވެ. އެކަމަކު މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވަނީ ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ހޯދިއިރު، އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު