Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މޯހަން ބަގާނަށް ދުލެއް ނުދޭނަން: ވިޑަކޮވިޗް

21 އޯގަސްޓު 2021 | ހޮނިހިރު 03:27

މާޒިޔާ އާއި މޯހަން ބަގާނުގެ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 އޯގަސްޓު 2021 | ހޮނިހިރު 03:27
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގެ ދެވަނަ މެޗުގައި އިންޑިއާގެ އޭކޭޓީ މޯހަން ބަގާނާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ މި ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެހެންނަމަވެސް އެ ޓީމަށް ދޫ ނުދޭނެ ކަމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މޯހަން ބަގާނާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅެން އޮތް މެޗުގެ ކުރިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ ބަޝުންދަރާ އަތުން ބަލިވުމުން މާޒިޔާއަށް ޕްރެޝަރު ބޮޑު ކަމަށާއި، އެކަމަކު މިކަހަލަ މުބާރާތެއްގައި ޕްރެޝަރުގެ ވާހަކަ ދެއްކެން ނޯންނާނެ ކަމަށެވެ.

އަދި މޯހަން ބަގާނަކީ އެ ގްރޫޕުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެކަމަކު އެ ޓީމަށް ދޫ ނުދީ މާޒިޔާއިން ނުކުންނާނީ 100 އިންސައްތަ ދެއްކުމަށް ކަމަށް ވިޑަކޮވިޗް ބުންޏެވެ. އަދި މި ވަގުތު ވިސްނުން ހުރީ މޯހަން ބަގާން ބަލިކޮށް ގްރޫޕުގައި ކުރިއަށްދިޔުމަށް ކަމަށްޗެސް ވިޑަކޮވިޗް ބުންޏެވެ. އަދި ބުނީ މި މެޗަށް ނުކުންނައިރު ބަޝުންދަރާ މެޗުގައިވީ ކަންތައްތަކުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، މާޒިޔާއަށް އަދި މި މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި މުބާރާތުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ މި ކަހަލަ މެޗުތައް ކުޅޭއިރު، ކޮންމެ މެޗަކީވެސް ޕްރެޝަރު މެޗެއް ކަމަށާއި، އެހެންކަމުން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
17 އެޕްރީލު 2017

މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި

17 އެޕްރީލު 2017
މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި
05 އެޕްރީލު 2017

ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

05 އެޕްރީލު 2017
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް
09 މާރިޗު 2017

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ
28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް