Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިއާގެ އައު ބޮޑުވަޒީރު ހޮވުން

މެލޭޝިއާގެ އައު ބޮޑުވަޒީރުކަމުގެ ފުރުސަތު ބޮޑީ މުހިއްޔިއްދީންގެ ނައިބަށް

19 އޯގަސްޓު 2021 | ބުރާސްފަތި 03:54

ގާނޫނުހަދާ މަޖިލީހުގެ ތިރި ގޭގައި 222 މެމްބަރުން ތިއްބަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 އޯގަސްޓު 2021 | ބުރާސްފަތި 03:54
ގާނޫނު ހަދާ މަޖިލީހަށް ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ދިން މުހުލަތު ހަަމަވެފައި

ގާނޫނު ހަދާ މަޖިލީހަށް ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ދިން މުހުލަތު ހަަމަވެފައި

މެލޭޝިއާގެ އައު ބޮޑުވަޒީރު ކަމަށް، އިސްތިއުފާ ދެއްވި ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީންގެ ނާއިބު އިސްމާއީ ސަބްރީ ޔައުގޫބަށް ފުރުސަތު ބޮޑު ކަމަށް ބެލެވެން ފަށައިފިއެވެ.

އިސްމާއީލާ ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ އިދިކޮޅުގެ އަންވަރު އިބްރާހީމެވެ. ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަައިޒޭޝަން (ޔޫއެމްއެންއޯ)ގެ ތާއީދު އިސްމާއީލަށްވަނީ ލިބިފައެވެ. އައު ބޮޑުވަޒީރުކަމަށް ގެންނަން ބޭނުންވާ ކެންޑިޑޭޓެއްގެ ނަން، ވަޓްސްއެޕް މެދުވެރިކޮށް ފޮނުވުމަށް ގާނޫނުހަދާ މަޖިލީހުގެ ތިރި ގޭގޭ މެމްބަރުންނަށް ރަސްގެފާނު ދެއްވާފައިވާ މުހުލަތު މިހާރު މިވަނީ ހަމަވެފައެވެ. މުހުލަތު ދީފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

ޔޫއެމްއެންއޯއިން ބުނެފައިވަނީ އެ ޕާޓީން ތާއީދުކުރާނެ ކެންޑިޑޭޓެއް އަންގާރަ ދުވަހު ނިންމާފައިވާ ކަމަަށެވެ. އިސްމާއީލްގެ އިތުރުން އެހެން ކެންޑިޑޭޓުންގެ ނަން ވެސް ހުށަހެޅުނު ކަމަށާއި، ތާއީދު ލިބުނީ އިސްމާއީލަށްކަން ޕާޓީންވަނީ ހާމަކޮށްފައެވެ. ތިރިގޭގެ 38 ގޮނޑި ކޮންޓްރޯލްކުރާ މި ޕާޓީން ނުސީދާ ގޮތެއްގައި އެހެން ޕާޓީތައް ވެސް ކޮންޓްރޯލް ކުރެއެވެ. އެހެންކަމުން ޔޫއެމްއެންއޯގެ ތާއީދާއެކު މެލޭޝިއާގެ 9 ވަނަ ބޮޑުވަޒީރަކަށް އިސްމާއީލް ވުމުގެ ފުރުސަތު ބޮޑެވެ. ގާނޫނުހަދާ މަޖިލީހުގެ ތިރި ގޭގައި 222 މެމްބަރުން ތިއްބަވައެވެ.

މެލޭޝިއާގެ އާ ބޮޑުވަޒީރު އައްޔަނުކުރުމުގެ މަސައްކަތް އަންގާރަ ދުވަހު ފެށުމާއެކު، ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމަށް ވާދަވެރި ސިޔާސީ ވެރިން އެއްބައިވާން ރަސްގެފާނު ވަނީ ގޮވާލައްވާފައެވެ. ތާއީދު އޮތް ކެންޑިޑޭޓެއް ބެއްލެވުމަށް ފަހު ބޮޑު ވަޒީރުގެ މަގާމަށް އެ ބޭފުޅަކު އައްޔަނު ކުރައްވާނީ ރަސްގެފާނު އަމިއްލަފުޅަށެވެ.

ކޮވިޑާ ގުޅިގެން އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ ނިންމަވާފައެވެ.

ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިތާ 18 ވަނަ މަހު ކުރެއްވުމަށް ފަހު މުހިއްޔިއްދީން އިސްތިއުފާ ދެއްވީ ގާނޫނުހަދާ މަޖިލީހުގެ ތާއީދު ގެއްލުމުންނެވެ. އޭނާ ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

މެލޭޝިއާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
04 އޮކްޓޯބަރު 2024

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި
18 ސެޕްޓެމްބަރު 2024

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި
20 ޖުލައި 2024

މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި

20 ޖުލައި 2024
މެލޭޝިއާގެ ރަސްކަމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު އިސްކޮށްފި
03 ޖުލައި 2024

ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި

03 ޖުލައި 2024
ޚިޔާނާތުގެ ހުކުމުގެ ބާކީ ބައި ގޭ ބަންދަށް ބަދަލު ކުރުން މެލޭޝިއާގެ ނަޖީބަށް ކޯޓުން ކާމިޔާބެއް ނުވި
03 މެއި 2024

މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފި

03 މެއި 2024
މެލޭޝިއާގެ ކޭއެފްސީ އައުޓްލެޓްތައް ބަންދުކޮށްފި
02 ފެބުރުއަރީ 2024

ނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްދީފި

02 ފެބުރުއަރީ 2024
ނަޖީބް ރައްޒާޤް ގެ ޖަލުހުކުމް ދެބައިކުޅައެއްބައި ކުޑަކޮށްދީފި
28 ނޮވެމްބަރު 2023

އެމްއެޗް370: އާއިލާތަކަށް މާލީ ބަދަލު ހޯދުން ކޯޓު މަރުހަލާގައި... މިއީ ހައްލެއްތަ؟

28 ނޮވެމްބަރު 2023
އެމްއެޗް370: އާއިލާތަކަށް މާލީ ބަދަލު ހޯދުން ކޯޓު މަރުހަލާގައި... މިއީ ހައްލެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް