Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް: މަޚުލޫފް

19 އޯގަސްޓު 2021 | ބުރާސްފަތި 03:45

ޝަރުތު ފުރިހަމަނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް ގާނޫނީ ގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާކަމަށް އަމިއްލަ ފުޅަށް ގަބޫލުކުރައްވާކަމަށް މަޚުލޫފް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2021 | ބުރާސްފަތި 03:45
އަޙްމަދު މަޙްލޫފް

އަޙްމަދު މަޙްލޫފް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނީ އިމުގެ ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާބިތުވާތީ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖަޢާކޮށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަހުމަދު މަޚުލޫފް އެޕާޓީގެ ކިބައިން އެދިވަޑައިގެންފިއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަން އެމްޑީޕީން އެންގުމުން މަޚުލޫފް ވަނީ އެޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް އަދި އިސްތިއުނާފް ފަނޑިޔާރު މަޖިލީހަށް އެނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަޔަކާ ގުޅިގެން ޔޫތް މިނިސްޓަރުކަމުގައި ހުންނެވި މަޚުލޫފް ހުންނެވީ ސަސްޕެންޝަނުގައެވެ.

މަޚުލޫފް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނިކޮށް ޕާޓީގެ ސެކްރެޓޭރިއޭޓްގެ ފަރާތުން 16 އޮގަސްޓްގައި ޝަރުތު ފުރިހަމަނުވާކަމަށް އަންގާފައިވާކަމަށެވެ. އަދި ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ "ޝަރުތު ފުރިހަމަވާ ފަރާތްތައް ބެލުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފޮނުވުމުން އޭގެތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަޅުގަނޑުގެ މައްސަލައެއް ވާކަމަށް އަންގާފައިވާތީ" ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ސިޓީގައި ޝަރުތު ފުރިހަމަނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް ގާނޫނީ ގޮތުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާކަމަށް މަޚުލޫފްގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މަޚުލޫފް ވިދާޅުވެފައިވަނީ ޝަރުތު ފުރިހަމަނުވާކަމަށް ނިންމައި ހަވާލާދީފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް 24 އޭޕްރީލްގައި ޕާޓީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައި ހިމަނާފައިވާ ޝަރުތެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫންކަމަށް މަޚުލޫފްގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އެ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް އިންތިޚާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާންގައި ހިމަނަންޖެހޭކަމަށް ސިޓީގައި މަޚުލޫފް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް 24 އޭޕްރީލް ގައި ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިޚާބަށް އިއުލާންކުރިފަހުން 27 އޭޕްރީލްގައި ނެރެފައިވާ އިއުލާންގައި ވަނީ ހިމަނާފައެވެ. މިއީ ކަނޑައެޅިގެން އެމްޑީޕީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާ އާ ޚިލާފަށް ކޮށްފައިވާކަމެއްކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޚުލޫފް ވިދާޅުވެފައިވަނީ ބަލަމުންދާ މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ އަނިޔާއެއް ދިނުމަށް ކުރަމުންދާ މަަސައްކަތެއްކަމަށެވެ. އަދި ކުށެއް ސާބިތުނުވާހާ ހިނދަކު ކުށްވެރިއެއް ނޫންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު މިހާ ނިކަމެތިކޮށް މި މައްސަލާގައި އަމަލުކުރެއްވީ ކީއްވެކަމާމެދު މިހުރީ ހައިރާންވެފައިކަމަށް މަޚުލޫފް ވިދާޅުވިއެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އެންގުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ހަމަނުޖެހޭކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތައް އިންތިޚާބާ ދިމާކޮށް ބަދަލުކުރުމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުމަތަމައެއްގައި އަމަލުކުރަމުންދާ އުސޫލެއް ނޫންކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގައި އަދި ޕާޓީގެ އިންތިޚާބުތަކާބެހޭ ގަވާއިދުގައި ނުހިމެނޭ ޝަރުތުތަކެއް ޕާޓީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ނިންމާ ނިންމުމަކުން ބަދަލުކުރުމަކީ ގާނޫނީ ހަމަތަކާއި އުސޫލުން ބޭރުން ވަކި ބައެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއްކަމަށް ގަބޫލުކުރެވޭކަމަށް ސިޓީގައި މަޚުލޫފް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް