Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ބެންގަލޫރު ބަލިކޮށް މޯހަން ބަގާނަށް ރަނގަޅު ފެށުމެއް

މިއީ ބެންގަލޫރު އަތުން ބަގާން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅު

އަތޫފް އާތިފް
އަތޫފް އާތިފް | 18 އޯގަސްޓު 2021 | ބުދަ 13:33
މޯހަން ބަގާނާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

މޯހަން ބަގާނާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕްގެ ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް އޭޓީކޭ މޯހަން ބަގާނުން ފެށުން ރަނގަޅުކޮށްފިއެވެ.

ބުދަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މޯހަން ބަގާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 11 ވަނަ މިނެޓުގައި ބެންގަލޫރުގެ ޖަޔޭޝް ރަނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި މޯހަން ބަގާނުގެ މިޑްފީލްޑަރު ހޫގޯ ބޯމަސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބެންގަލޫރުގެ ގޯލްކީޕަރު ގްރުޕްރީތެވެ.

މި މެޗުގައި މޯހަން ބަގާނުން ލީޑު ނަގާފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިޝްނާއެވެ. އަދި މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި މޯހަން ބަގާނުން ވަނީ ދެވަނަ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުބަޝިސް ބޯސްއެވެ. އެ ލަނޑާއެކު ބެންގަލޫރުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ބްރެޒިލް ފޯވާޑް ކްލޭޓަން ސިލްވާ ހުއްޓުވަން މޯހަން ބަގާންގެ ޑިފެންޑަރުން ވަނީ ވަރަށް ރަނގަޅަށް އެ ކުޅުންތެރިން މާކުކޮށްގެން ކުޅެފައެވެ.

މި މެޗުން މޯހަން ބަގާން މޮޅުވިއިރު، މިއީ ބެންގަލޫރު އަތުން މޯހަން ބަގާން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. އެގޮތުން އެންމެ ފަހުން އިންޑިއަން ސުޕަ ލީގުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް މޯހަން ބަގާން ވަނީ މޮޅުވެފައެވެ.

ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން މޯހަން ބަގާން މޮޅުވިއިރު، ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ މޯހަން ބަގާން ނުކުންނާނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ބެންގަލޫރު ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

އޭއެފްސީ ކަޕްބެންގަލޫރު އެފްސީމޯހަން ބަގާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
03 އޮކްޓޯބަރު 2023

މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު

03 އޮކްޓޯބަރު 2023
މާޒިޔާ ކޮޅަށް ޕެނަލްޓީ ވައްދާނުލެވުނީ ޔަގީންކަން މާ ބޮޑުވުމުން: ކޯޗު
03 އޮކްޓޯބަރު 2023

މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު

03 އޮކްޓޯބަރު 2023
މާލޭގައި މޯހަން ބަގާން ބަލިކުރާނަން: މާޒިޔާ ކޯޗު
02 އޮކްޓޯބަރު 2023

އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ

02 އޮކްޓޯބަރު 2023
އިތުރު ވަގުތުގެ ލަނޑުން މޯހަން ބަގާން އަތުން މާޒިޔާ ބަލިވެއްޖެ
19 ސެޕްޓެމްބަރު 2023

ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި

19 ސެޕްޓެމްބަރު 2023
ބަޝުންދުރަ ބަލިކޮށް، މާޒިޔާ މުހިންމު މޮޅެއް ހޯދައިފި
19 ސެޕްޓެމްބަރު 2023

މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު

19 ސެޕްޓެމްބަރު 2023
މާޒިޔާ އޮތީ މޮޅުވާން ބޭނުންވެފައި: ބަޝުންދުރަ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު