Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
23 އަހަރުން ދަށުގެ ޓީމު ކޭމްޕުކުރުން

ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2021 | ބުދަ 14:10
23 އަހަރުން ދަށުގެ ގައުމީ ޓީމުން މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

23 އަހަރުން ދަށުގެ ގައުމީ ޓީމުން މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ޅ. އަތޮޅުގައި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކޭމްޕުކުރާނެ ކަމަށާއި، އެ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުން އިއުލާންކޮށްފައެވެ. އެ ޓީމުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސީ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ. ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވިއިރު، މިދިޔަ ހޯމަ ދުވަހު އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ.

ސުޒޭނުގެ އިރުޝާދުގެ ދަށުން އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރާނެއެވެ. އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅޭނީ ބަހްރޭނުގައެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްގާނިސްތާނެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ކޮލިފައިންގެ ކުރިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ޒުވާން ގައުމީ ޓީމު ޅ. ނައިފަރުގައި ނުވަތަ އެ ސަރަހައްދުގައި ކޭމްޕުކުރާނެ ކަމަށެވެ. އެ ކޭމްޕުގައި ޒުވާން ގައުމީ ޓީމާ ދެކޮޅަށް ކުޅެން ބޭނުންވާ ކޮންމެ ރަށަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި، އެގޮތުން ހަތް ދުވަހުގެ ތެރޭ ހަތް މެޗު ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ. އަދި އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

ސުޒޭން ބުނީ ނައިފަރުގައި ކޭމްޕްކުރަން ނިންމުމުގެ މައިގަނޑު ސަބަބަކީ އެ ސަރަހައްދަކީ ވަރަށް ގިނަ ފުޓްބޯޅަ ދަނޑުތަކެއް ހުރި ސަރަހައްދަކަށް ވެފައި، ކޮންމެ ރަށެއްގައި ވެސް ރަނގަޅު ޓީމެއް އޮތުން ކަމަށެވެ. އަދި ޅ. އަތޮޅަށް ބޮޑަށް ފޯކަސް ކޮށްގެން ކުރިއަށްގެންދާއިރު، އެ އަތޮޅަކީ ރާއްޖޭގެ މެދު ކަމަށްވެފައި، އެހެން އަތޮޅުތަކުންވެސް އައިސް މެޗު ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހު ޒުވާން ގައުމީ ޓީމު ޅ. އަތޮޅުގައި ކޭމްޕުކުރާއިރު، ކޮލިފައިންގެ ކުރިން ބަހްރޭނުގައި 10 ވަރަކަށް ދުވަހު އެ ޓީމު ކޭމްޕުކުރާނެއެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

މި ފަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު، އެންމެ ފަހުން ރާއްޖޭން މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ޒުވާން ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ސީނިއާ ޓީމުގެ ކޯޗުގެ މަގާމުގައި މީގެ ކުރިން ހުރި ޕީޓަ ސެގާޓެވެ. އެ ފަހަރުގެ ކޮލިފައިންގައި ރާއްޖެއިން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ލުބުނާނާ ވާދަކުރިއިރު، ކޮލިފައިންގައި ރާއްޖެ ކޮޅަށް ވަނީ ޖުމްލަ 15 ލަނޑު ވަދެފައެވެ.

23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުއަލީ ސުޒޭން23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

އޭއެފްސީ ކަޕަށް މާޒިޔާގެ ތައްޔާރުވުމަކީ ގައުމީ ޓީމަށް ލިބުނު ފައިދާއެއް: ސުޒޭން

11 އޮކްޓޯބަރު 2023
މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

މާޒިޔާގެ އެގާރައިގަ ޤައުމީ ޓީމްގެ ކުޅުންތެރިން ނުކުޅުނަސް އެކުޅުންތެރިންނަށް އިތުބާރު އެބައޮތް- ސުޒޭން

03 އޮކްޓޯބަރު 2023
23 އަހަރުން ދަށުގެ އޭޝިއަން ކަޕް ބާއްވަނީ ގަތަރުގައި

23 އަހަރުން ދަށުގެ އޭޝިއަން ކަޕް ބާއްވަނީ ގަތަރުގައި

30 ސެޕްޓެމްބަރު 2022
ކޮވިޑުން ރަނގަޅުވެ ސުޒޭން ގަތަރަށް

ކޮވިޑުން ރަނގަޅުވެ ސުޒޭން ގަތަރަށް

20 ސެޕްޓެމްބަރު 2021
ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

11 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު