Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ސުޒޭން ނޫސްވެރިންނަށް "ބެވުން"، ދެއްކި ވާހަކައިގެ އަނެއް ފަރާތް!

މެޗުން ބަލިވުމުން ބުނީ، ނޫސްވެރިން "ވިހަ" ވާހަކަތަކެއް ފެތުރި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:48
ޤައުމީ ޓީމުގެ ފަރިތަކުރުމުގައި އަލީ ސުޒޭން

ޤައުމީ ޓީމުގެ ފަރިތަކުރުމުގައި އަލީ ސުޒޭން

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގގައި ދިވެހިރާއްޖެ އިން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު، މެޗުގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ކޯޗު އަލީ ސުޒޭންގެ ބަހުގެ ހަމަލާތައް އަމާޒުވީ ނޫސްވެރިންނަށެވެ. ސުޒޭން ބުނާ ގޮތުގައި ބައެއް ނޫސްވެރިންގެ ފަރާތުން ފެނުނީ ވިހަ ކަންތައްތެކެކެވެ.

އެވާހަކަތަކާއެކު ސޯޝަލް މީޑިއާ ގައި ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް އެކި ފަރާތްތައް ވަނީ ޤައުމީ ކޯޗު ސުޒޭނަށް ފާޑުކިޔައިފަ އެވެ. ސުޒޭން ބުނަނީ ޤައުމީ ޓީމު ޕްރޮމޯޓު ކުރަން ނޫސްވެރިން މަސައްކަތް ނުކުރާ ވާހަކަ އެވެ. ނޫސްވެރިންގެ ފަރާތުން މީގެ ކުރިން ޤައުމީ ޓީމަށް ލިބެމުން އަންނަ އެއްބާރުލުން މިހާރު ނުލިބޭ ވާހަކަ އެވެ. ނަމަވެސް، މިއީ މުޅިން އެންމެ ރަނގަޅު ވާހަކަތަކެއް ނޫނެވެ. މި ވާހަކަތަކުގެ އަނެއް ފަރާތަށް ވެސް ޖެހިލަންވާނެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް، މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ދެއްކި ވާހަކަ މުޅިން ވެސް ތަފާތެވެ. އެ ދުވަހު ސުޒޭން ބުނީ، ލިބުނު ވަގުތުގާއި، ކުރެވުނު މަސައްކަތާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. ބިދޭސީ ކޯޗުންހެން އެކި ކަންކަން ބަހަނާ އަށް ދައްކަން އޭނާ ބޭނުންނުވާ ކަމަށާއި ޝަކުވާ ކުރުމެއް ނެތި، ދިވެހި ފުޓުބޯޅަ މި އޮތް އުނދަގޫ ޙާލަތުގައި ވެސް ކުރިއަށް ދާން ދިވެހި ކޯޗުންނަށް އެނގޭނެ ވާހަކަ އެވެ. އޭނާ ދެއްކި ވާހަކަތަކަށް ތާއީދު ހޯދުމަށް ބައެއް ކޯޗުންގެ ނަން ގެނަ އެވެ.  ނަމަވެސް، މެޗުން މޮޅުނުވެވި އެއްވަރުވުމާއެކު، ސުޒޭނަށް ގޯސްވީ ނޫސްވެރިންނެވެ. ނޫސްވެރިން ދެއްކި ވާހަކަތަކުގެ އަސަރު ޤައުމީ ޓީމަށް ކުރިކަމަށް ބުންޏެވެ. ނޫސްވެރިން "ވިހަ" ވާހަކަތަކެއް ފެތުރީ ކަމަށް ސުޒޭން ބުނީ ހިތްހަމަ ނުޖެހި ހުރެ އެވެ.

އެކަމަކު ކަމުގެ ހަގީގަތަށް ވިސްނާލަމާ ހެއްޔެވެ؟ މިއަދު، ދިވެހި ފުޓުބޯޅައިގެ ޙާލަތު މި ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. ޤައުމީ ފުޓުބޯޅަ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދެވެ އެވެ. ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވެއެވެ. ގައުމީ ޓީމު ކުޅޭ މެޗަށް ކުރަންޖެހޭ ކަންކަން ކުރަން އެފްއޭއެމްގެ ބައެއް މުވައްޒަފުން ނުނިކުމެ ތިބީ ގޭގަ އެވެ. ނިކުންނަ މުވައްޒަފުން ވެސް ނިކުންނަނީ އެފްއޭއެމަށް ކޮށްދޭ ކަމެއް ގޮތުގައި ދެކިގެނެއް ނޫނެވެ. ޤައުމީ ކަމަކަށްވާތީ ކުރަނީ އެވެ. އެހެންކަމަށް ވަނީނަމަ، މިއީ ނޫސްވެރިން ދައްކާނެ ވާހަކަ އެވެ. ނޫސްވެރިން ޤައުމީ ޓީމު މޮޅުވުމަށް ހުރަހެއް ނާޅަ އެވެ. ނޫސްވެރިން ދައްކަމުން ދަނީ އެފްއޭއެމްގެ ޙާލަތު ދަށްވެފައިވާ ވާހަކަ އެވެ. ފުޓުބޯޅަ ކުރިއެރުވުމުގައި އެފްއޭއެމްގެ ވެރިން ފެއިލްވެފައިވާ ވާހަކަ އެވެ. އެވެރިން އިހުމާލުވެފައިވާ ވާހަކަ އެވެ.

މީގެ ކުރިން ޤައުމީ ފުޓުބޯޅަ ޓީމު މެޗުތައް ކުޅޭއިރު، ދަނޑަށް ސަޕޯޓަރުން ވަދެ އެވެ. އެކަމަށް ބަޔަކު މާ ބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހެ އެވެ. ސަބަބަކީ އޭރު ދިވެހި ފުޓުބޯޅައިގެ ފޯރި އޮތުމެވެ. ދިވެހިންގެ އަމިއްލަ ކަންކަމަށް ވުރެ ޤައުމީ ޓީމުގެ މެޗުތަކަށް އިސްކަން ދެނީ އެ ފޯރީ އޮތަތީ އެވެ. ނަމަވެސް މިއަދު އެ ފޯރި އަށް ފަސް އެޅި، ގެއްލެމުންދާއިރު، ދަނޑަށް ވަންނާނެ މީހަކު ނުވީމާ އެކަން ސުޒޭނަށް ނޫސްވެރިން ބޮލަށް ޖެހޭނީ ކޮން ގޮތަކުން ހެއްޔެވެ؟ ޚުދު އަމިއްލައަށް ވިސްނާ ބަލާށެވެ. ސުޒޭންގެ ކޯޗުކަމުގައި ކުޅުނު މެޗު ޕްރޮމޯޓް ކުރަން އޭނާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ފޭސްބުކުގައި ޚިޔާލުފާޅުކުރި މީހަކު ބުނެފައިވަނީ މިހެންނެވެ. "ސުޒޭނަކީ ކުރިން އެފްއޭއެމް ގޯސްވެގެން އެންމެ ބޮޑަށް އެވާހަކަ ދެއްކި މީހާ. މިހާރު މަޑުން ހުރީ ބައްސާމް ގައުމީ ކޯޗުކަން ދިނުމުން. ނޫސްވެރިންނަށް ގުޅަ ގުޅައިގެން މީގެ ކުރިން ގައުމީ ޓީމު އެންމެ ބޮޑަށް ފަނިކުރާ މީހަކީ ވެސް ހަމަ ސުޒޭން،" ކަމަށް މީހަކު ވަނީ ބުނެފަ އެވެ.

ޤައުމީ ޓީމު ޕްރޮމޯޓު ކުރުމާއި، ޤައުމީ ޓީމުގެ މެޗުތައް ޕްރޮމޯޓު ކުރުމަކީ އެފްއޭއެމްގެ ޒިންމާއެކެވެ. އެކަން ކުރަން ޖެހޭނީ އެ އިދާރާ އަށެވެެ. މި ދެންނެވީ ނޫސްވެރިން އެކަން ކުރަން ނުޖެހެއެކޭ ނޫނެވެ. ނޫސްވެރިން ވެސް ޤައުމީ ޓީމު ޕްރޮމޯޓު ކުރާނެ އެވެ. އެފްއޭއެމް ވެސް ޕްރޮމޯޓު ކުރާނެ އެވެ. އެހެން ވިޔަސް، ގޯސްކަމެއް އޮވެއްޖެ ނަަމަ، ނޫސްވެރިން އެ ވާހަކަ ވެސް ދައްކާނެ އެވެ.

ޤައުމީ ކޯޗު ސުޒޭން ބުނީ ފިހާރަޔަކަށް ވިޔަފާރި ކުރަންދާއިރު، އެތަނުގެ ކިއޫ ދިގުވެގެން އުފުލަން ޖެހޭ ތަކުލީފުގެ ރޯޅި ދަރިންނަށް ބާލަން ނުޖެހޭނެ ކަމަށެވެ. ސުޒޭން އެ ގުޅުވާލީ އެފްއޭއެމް މެދުވެރިކޮށް ނޫސްވެރިން މައުލޫމާތު ހޯދަން އުޅޭ އުޅުމާ އެވެ. މިއީ އެއްވެސް ޙާލަތެއްގައި އެއް ގޮތް ކުރެވޭނެ ކަންކަމެއް ނޫނެވެ. ޤައުމީ ކުޅިވަރެއްގެ ގޮތުގައި ދެކިގެން، ތިބި ފުޓުބޯޅަ ގޯސްވަމުންދާއިރު، އެކަމުގެ ޒިންމާ ނަގަންވީ ނޫސްވެރިން ހެއްޔެވެ؟ ނުވަތަ އެފްއޭއެމުން ހެއްޔެވެ؟

ޤައުމީ ކޯޗުގެ ހައިސިއްޔަތުން ސުޒޭން ވެސް ކޮށްގެން ނުވާނެ ކަންކަން ހުންނާނެ އެވެ. ޤައުމީ ޓީމު ބޮޑު މެޗަކަށް ތައްޔާރުކުރަން ހަވާލުކޮށްފައި ވަނިކޮށް، ރިއާސީ އިންތިޚާބުގެ ތެރޭގައި ސުޒޭން ނިކުމެ ސިޔާސީ ލީޑަރެއްގެ ކެމްޕެއިން ފޮޓޯ ހަރުކުރަން އުޅުމަކީ އެއްވެސް މީހަކު ބަަލައިގަންނާނެ ކަމެއް ނޫނެވެ. އެއީ ތަހުޒީބު އަދި ކުރިއަރާފައިވާ ތަންތަނުގެ ކޯޗުން ކޮށްއުޅޭ ވެސް ކަމެއް ނޫނެވެ. ސިޔާސީ ގޮތުންް ކޮންމެ ފިކުރެއްގައި ހުރި ނަމަވެސް، އާންމުންގެ ތެރޭގައި ފާޅުކޮށް އެކަން ދެއްކުމަކީ ޤައުމީ ކޯޗުގެ ހައިސިއްޔަތުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޤައުމީ ފުޓުބޯޅަ އިދާރާގެ އިސް މަގާމުތައް ފުރުއްވައި، އަދި މިހާރު ވެސް ފުޓުބޯޅައިގެ ކަންކަމުގައި އުޅުއްވާ ބޭފުޅުން ދައްކަވަނީ ވެސް އެ ވާހަކަ އެވެ.

އެހެންކަމުން، ޤައުމީ ކޯޗު ސުޒޭން ދެއްކި ވާހަކަތައް ދެކޮޅު ޖެހޭނެ އެއްވެސް ގޮތެއް ނެތެވެ. މޮޅުވީމަ ކޯޗު ބަރާބަރުވެފައި، މޮޅުނުވީމަ އަމިއްލަ ޒިންމާ އިން ރެކުމަކީ ކޯޗުންގެ އާދައެކެވެ. މޮޅުވުމާއި، ބަލިވުމުގައި ޒިންމާ ނެގުމަކީ ކޯޗުންގެ މަސްއޫލިއްޔަތެކެވެ. ޤައުމީ ކޯޗުކަމުގައި ސުޒޭން ހުރުމަކީ އެފްއޭއެމާއި ގައުމީ ޓީމަށް ނޫސްވެރިން ސަނާ ކިޔައި ގޯސްކަންކަމުގެ ވާހަކަ ދައްކަން ނުޖެހޭ ސަބަބެއް ނޫނެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

444 ރުފިޔާގެ ވާހަކަދެއްކި މީހުން، 72000 ރުފިޔާއާ ހަމައިން ހަނު؟

23 ފެބުރުއަރީ 2020
ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

10 އެޕްރީލު 2019
ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި

ސިންގަޕޫރު ހޮސްޕިޓަލަކަށް ފައިސާ ނުދެއްކިގެން އިނގިރޭސި ދެމަފިރިއަކަށް ދަރިފުޅު ނުގެންދެވިފައި

13 މާރިޗު 2019
ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

ކުޅުދުއްފުށި ރައްޔިތުންނަށް ނިމުނު ސަރުކާރުން ދެއްކި ހުވަފެނުގައި ކުލަ ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި!

08 ފެބުރުއަރީ 2019
2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

2018: ނޫސްވެރިންނަށް ބިރުވެރި އަހަރެއް، ނިމުން އައީ ފޮނިކޮށް!

01 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު