Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނީގެ ބާވަތްތައް ވަކިކުރުން

ކުނީގެ ބާވަތްތައް ވަކި ނުކުރާނަމަ ޖޫރިމަނާ ކުރަން ނިންމައި، ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު!

18 އޯގަސްޓު 2021 | ބުދަ 07:55

މާލޭސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޯގަސްޓު 2021 | ބުދަ 07:55
ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ އިން ޖޫރިމަނާ ކުރާނެ

ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ އިން ޖޫރިމަނާ ކުރާނެ

ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށްފަހު ކުނި ނެރެން ޖެހޭގޮތަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ. 

މި އިޞްލާޙުގެ ދަށުން ހުރިހާ ރަށެއްގައި ވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖްކުރުމަށް ދާ ޚަރަދަށް ޤާނޫނީ ގޮތުން ޒިންމާވާން ޖެހޭއިރު ބައިބަޔަށް ކުނި ވަކިނުކޮށް ކުނި ނެރޭ ފަރާތްތައް ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެގޮތުން ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ، ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކު ވެސް 500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަރބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 700 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރުން ވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ސިނާޢީ ރަށެއް ނުވަތަ ރިސޯޓަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 1500 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުނި ވަކިކޮށްފައިނުވާނަމަ ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު ވެސް ކުނި މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހުންނަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެއެވެ.

ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 4 ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައެވެ.

މި އިޞްލާޙުގައިވާގޮތުން މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2022 އިން ފެށިގެންނެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުމާ ގުޅިގެން ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު ތަންފީޒު ކުރާނެ ފަރާތްތައް ވެސް ވަނީ މި އިޞްލާހުގައި ހިމަނާފައެވެ. އެގޮތުން މިގަވާއިދު ތަންފީޒުކުރުމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާތައް ވަކިކޮށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގެ 5 ވަނަ އިޞްލާޙު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށްފައެވެ. 

އީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް