Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅު

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: ތ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ކަންކަން ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު 6 ކްލާސްރޫމް އަންނަނީ ތަރައްގީކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2021 | ބުދަ 07:36
ރައީސް ޞާލިޙް ތ. އަތޮޅު ތައުލީމީ މަރުކަޒަށް ވަޑައިގެންނެވުން

ރައީސް ޞާލިޙް ތ. އަތޮޅު ތައުލީމީ މަރުކަޒަށް ވަޑައިގެންނެވުން

ތ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ކަންތައްތައް ހައްލުކުރުމަށް ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުގެ ހެނދުނު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޞާލިޙް ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބެލެނިވެރިންނާ ބައްދަލުކުރައްވާފައެވެ.

ބުަދަ ދުވަހުގެ ހެނދުނު ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސް ވެރިންނާއި އެސްއެމްޓީގެ ބޭފުޅުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ސްކޫލް ހިންގުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު 6 ކްލާސްރޫމް ތަރައްޤީކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ސްކޫލް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާ ރީސްޓްރަކްޗަރިން މަސައްކަތްތަކާއި، ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލްގެ މަރާމާތަށް ބޭނުންވާ ބަޖެޓް އަދި، ފަންނީ މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތައް ޚާއްޞަގޮތެއްގައި ވަނީ ފާހަގަކުރައްވާފައެވެ. ބެލެނިވެރިން ވަނީ އެޑިއުކޭޝަނުން ދޫކޮށްފައިވާ ޓެބްލެޓްތައް ހަލާކުވުމުން، އަލުން ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސް އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އަދި ބެލެނިވެރިން ފާހަގަކުރެއްވެވިި ކަންކަން ފަހިކުރުމުގައި ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުގައި އަލަށް ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަކީީ 71،510،250.00 ރުފިޔާގެ މަޝްރޫޢެކެވެ. އެއް އަހަރުދުވަހުގެ މުއްދަތެއް ތެރޭގައި ނިންމުމަށް ރާވާފައިވާ މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިގޮތުން 64 ގޭގެ ރޫފްބީމް މަސައްކަތާއި، ރޭނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި، 42 ގޭގެ ސިމެންތި ޖެހުމުގެ މަސައްކަތާއި، 56 ގޭގެ ރޫފް ޓްރަސް ހަރުކުރުމާއި، 32 ގެ ހިޔާކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވާލައްވާފައެވެ. މިގޮތުން، ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާ ބެހޭގޮތުން ތަނުގެ މުވައްޒަފުންނާ އެމަނިކުފާނު ވާހަކަފުޅުދައްކަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. ތިމަރަފުށި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު