Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރާއި ގާސިމްގެ މައްސަލަ

ޖާބިރު ފައިސާތަކެއް ދެއްވިކަމަށް ބުނެ ދައްކާ ވާހަކަތައް ގާސިމް ދޮގުކުރައްވައިފި

ބުހުތާނު ދޮގު ވާހަކަދެއްކުން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޯގަސްޓު 2021 | ބުދަ 03:48
ޤާސިމް އިމްރާހިމް،

ޤާސިމް އިމްރާހިމް،

މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު, ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމަށް ފައިސާތަކެއް ދެއްވި ކަމަށްބުނެ ދައްކާ ވާހަކަތައް ގާސިމް ދޮގުކުރައްވައިފިއެވެ.

ގާސިމްއާ ހަވާލާ ދެއްވައި ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ، ހ. ތިމާވެށި އަބްދުﷲ ޖާބިރު، ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދުއަށް ފޮނުވި ސިޓީއެއްގެ ވާހަކަ މީޑިއާއިން ފެނިވަޑައިގެންފައިވާ ކަމަށާއި، އެ ސިޓީގައި މިދިޔަ ރިޔާސީ އިންތިޚާބަށް ޖާބިރު، ގާސިމްއަށް ފައިސާތަކެއް ދިން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަލީ ޞާލިހު ވަނީ މިފަދަ ބުހުތާނު ދޮގު ވާހަކަ ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާފައެވެ.

ޖާބިރުގެ އަމަލުތަކަށް އިޝާރާތްކުރައްވައި އަލީ ޞާލިހު ވިދާޅުވީ މީސްމީހުންގެ މުދަލަށް ގެއްލުންދިނުމާއި، އަދި ބޭއަދަބީ ބަސްތައް ބޭނުންކޮށް، އާންމު ތަންތާ އުޅޭ އުޅުމަށް ނަޒަރު ހިންގައި، ޖާބިރުގެ ހޭބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމަށެވެ.

ޖާބިރު އަތުން ފައިސާ ނެންގެވިކަން ގާސިމް ދޮގުކުރައްވާފައިވާއިރު، ޖާބިރު ވަނީ ފައިސާއަށް ހިޔާނަތްތެރިވި ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ޖާބިރު ފުލުހުންނަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސް ވަރުގައި ތ. ތިމަރަފުށީގައި ހުރެ ފަސް މިލިއަން ރުފިޔާ، ޖާބިރުގެ އަތުން ނެގުމަށް ފަހު އެ ފައިސާ އަނބުރާ އަދާކޮށްފައި ނުވާތީ އާއި، ޖުމްހޫރީ ޕާޓީއަށް ހޭދަތައް ކުރުވުމަށް ފަހު އެ ޕާޓީން އޭނާ ބޭރުކޮށްފައި ވާތީ އާއި، އަދި ގާސިމްގެ ޕާޓީގެ ޓިކެޓްގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލައި ކެމްޕެއިން ކުރަމުން ދިޔަ ދަނޑިވަޅުގައި ވެސް އަނބުރާ އަދާކޮށްދޭނެ ކަމަށް ބުނެ ފަސް ލައްކަ އެމެރިކާ ޑޮލަރު ނެގި ކަމަށެވެ. އަދި މި ފައިސާތައް އަނބުރާ ދައްކާފައިނުވާތީ މައްސަލަ ބަލައިދިނުމަށް ޖާބިރުގެ ސިޓީގައި އެދިފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވެސް ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ޖާބިރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ފައިސާ އަނބުރާ ދައްކަވާނެ ކަމަށް މައުމޫން ވިދާޅުވި ނަމަވެސް އެކަން ކުރައްވާފައިނުވާކަމަށް ޖާބިރު ވިދާޅުވެއެވެ. ނަމަވެސް ރައީސް މައުމޫން ވަނީ ޖާބިރުގެ އެވާހަކަތައް އެކި ފަހަރުމަތިން ދޮގުކުރައްވާފައެވެ. އެ މައްސަލަގައި ޖާބިރު ވަނީ ރައީސް މައުމޫނާ ދެކޮޅަށް ކޯޓަށް ވެސް މައްސަލަ ހުށަހަޅުއްވާފައެވެ.

އަބްދުﷲ ޖާބިރުމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
28 އޮކްޓޯބަރު 2024

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް
22 ޖުލައި 2024

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި
02 ޖުލައި 2024

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

02 ޖުލައި 2024
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު
10 ޖޫން 2024

ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް

10 ޖޫން 2024
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
05 ފެބުރުއަރީ 2024

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި
05 ޑިސެމްބަރު 2023

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް
21 ނޮވެމްބަރު 2023

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު
13 ނޮވެމްބަރު 2023

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަތާ ފުށުއަރާ ކަމެއް: ޤާސިމް

13 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަތާ ފުށުއަރާ ކަމެއް: ޤާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު