Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަން ސުޕަ ކަޕް

ޑޯޓްމުންޑް ބަލިކޮށް ޖަރުމަން ސުޕަ ކަޕް ބަޔާނަށް

މިއީ ބަޔާނުން ސުޕަ ކަޕް ކާމިޔާބުކުރި ނުވަވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2021 | އަންގާރަ 21:26
ޖަރުމަން ސުޕަ ކަޕުގެ ޓްރޮފީއާއެކު ބަޔާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޖަރުމަން ސުޕަ ކަޕުގެ ޓްރޮފީއާއެކު ބަޔާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ޖަރުމަން ލީގު ޗެމްޕިއަނުން ކަމަށްވާ ބަޔާނުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ޖަރުމަން ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޑޯޓްމުންޑް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ސާޖް ގްނާބްރީ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާއެވެ. އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި ކެޕްޓަން މާކޯ ރެއުސް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ލެވަންޑޯސްކީ ވަނީ ބަޔާނަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ލެވަންޑޯސްކީ ވަނީ މިހާތަނަށް ޖަރުމަން ސުޕަ ކަޕް މެޗުތަކުގައި ޖުމްލަ ހަތް ލަނޑު ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ޖަރުމަން ސުޕަ ކަޕް މެޗުތަކުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ޑޯޓްމުންޑް ބަލިކޮށް ބަޔާނުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިއީ މި ސީޒަނަށް ބަޔާނުގެ ކޯޗުގެ މަގާމާ ހަވާލުވި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންގެ ފުރަތަމަ ކާމިޔާބީއެވެ. އަދި މިއީ އެ ޓީމުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. ބަޔާނަކީ ޖަރުމަން ސުޕަ ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ.

ޖަރުމަން ސުޕަ ކަޕްބަޔާން މިއުނިކްބޮރޫޝިއާ ޑޯޓްމަންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު