Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު މަހުލޫފުގެ މައްސަލަ

"ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި، އިންތިޚާބުގައި ވާދަނުކުރެވުނީމަ ހަމައެއްނުޖެހޭ"

17 އޯގަސްޓު 2021 | އަންގާރަ 07:30

މަހުލޫފުގެ މައްޗަށް ދައުވާކުރަން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2021 | އަންގާރަ 07:30
މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފު

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފު

ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި، އިންތިޚާބުގައި ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު، އެކަމުގެ ސަބަބުން ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މަހުލޫފަށް މިވަނީ ގެއްލިގެން ގޮސްފައެވެ.

އެކަމާ ގުޅޭގޮތުން މަހުލޫފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، މަޖިލިސް މެމްބަރުކަމާއި، ކައުންސިލް އިންތިޚާބަށް ބެލިކަމުގައިވީނަމަވެސް ޝަރުތު ހަމަވާ ކަމަށެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުނުވާހާ ހިނދަކު ވާދަކުރެވެން ވާނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، އެ ޙައްޤު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނެވިފައި، ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވަނީ މި ކަމަކީ އެމްޑީޕީން އަބަދު ވަކާލާތުކުރި، އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤާ ވެސް ދިމާ އިދިކޮޅު، އަދި ޑިމޮކްރެސީގެ ރޫހާ ވެސް ޚިލާފު ނިންމުމެއްކަމަށް ވިދާޅުވެފައެވެ. ޚުދު އެ ޕާޓީގެ ރައީސްކަމާއި، ނައިބު ރައީސް ކަމުގެ އިތުރުން، ޗެއަރޕާސަން އަދި ޕްރައިމަރީތަކަށް ވެސް ޝަރުތުހަމަވާއިރު، ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނެތުމުން އެކަމުގެ ކަންބޮޑުވުން މަހުލޫފު ވަނީ ފާހަގަކުރައްވާފައެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، މިހާރު ހިނގަމުން މިދާ ކަންކަމަކީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާ ގުޅިގެން ހިނގަމުންދާ ކަންކަމެއް ނޫން ކަމަށެވެ. އަދި އެތައް ޤުރުބާނީއެއްވެ، މިހާރުވެސް ސަރުކާރުގައި ވަރަށް ރަނގަޅު ނަތީޖާ ނެރެދީފައިވާއިރު، ވެގެން މި އުޅޭގޮތް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ފެށުނީއްސުރެ އެކި ދިމަދިމާލުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މިނިސްޓަރު މަހުލޫފު ތުހުމަތު ކުރައްވައެވެ. މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާ ގުޅިގެން މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕީޖީ އޮފީހުން އަވަހަށް ގޮތެއް ނިންމަވަން ޖެހޭކަމަށެވެ.

އަހުމަދު މަޚްލޫފްއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް