Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެނަޖިއޯޓިސްގެ ޚާއްސަ އިވެންޓް

ޓީޓީ ތަރި ޕެނަޖިއޯޓިސްގެ މެސެޖު: "ހުނަރާއި އެއްވަރަށް ޕްރެކްޓިސް މުހިންމު"

ޕެނަޖިއޯޓިސް ވަނީ ރާއްޖޭގެ ކުޅުންތެރިންނާއެކު ވަގުތު ހޭދަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 އޯގަސްޓު 2021 | ހޯމަ 16:38
ޓީޓީ ތަރި ޕެނަޖިއޯޓިސް ޖިއޯނިސް އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދާއެކު

ޓީޓީ ތަރި ޕެނަޖިއޯޓިސް ޖިއޯނިސް އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދާއެކު

ހުނަރާއި އެއްވަރަށް ޕްރެކްޓިސްވެސް މުހިންމު ކަމަށް ގްރީސްގެ ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސް ބުނެފިއެވެ.

ހުޅުމާލޭ ޓީޓީ ހޯލުގައި ހޯމަ ދުވަހުގެ މެންދުރުފަހު ބޭއްވި ޚާއްސަ އިވެންޓެއްގައި ޕެނަޖިއޯޓިސް ވަނީ ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާ ބައްދަލުކޮށް ވަގުތު ހޭދަކޮށްފައެވެ. މި އިވެންޓުގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު (ތަމޫ) ގެ އިތުރުން ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ދިވެހި ކުޅުންތެރިންނާ ވާހަކަ ދައްކަމުން ޕެނަޖިއޯޓިސް ބުނީ ކުޅިވަރެއްގައި ކުރިއަށްދިއުމުގެ މައިގަނޑު މަސައްކަތަކީ ފޯކަސް ގެއްލުވާނުލައި، އަމިއްލަ ނަފުސަށް ކުރާ އިތުބާރާ އެއްވަރަށް ޕްރެކްޓިސް ކުރުން ކަމަށެވެ. އަދި މި އިވެންޓަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ޕެނަޖިއޯޓިސް ބުނީ ރާއްޖޭގެ ޓީޓީ އޮތް ފެންވަރެއް ސީދާ ބުނަން ނޭނގޭ ކަމަށާއި، އެކަމަކު ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްގެ މަސައްކަތުން ކުރިއެރުންތަކެއް ފެންނަ ކަމަށެވެ. އަދި ޝައުގުވެރިކަމާއެކު ގަޔާވެގެން ޕްރެކްޓިސް ކުރަން ޖެހޭ ކަމަށާއި، ކުޅިވަރުން ކުރިއަށްދާއިރު އެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށްވެސް ބުންޏެވެ.

ޕެނަޖިއޯޓިސް އިތުރަށް ބުނީ ޓީޓީ ކުޅުންތެރިން އުމުރުން ހަ އަހަރުގައި ޕްރެކްޓިސް ފެށުން މުހިންމު ކަމަށެވެ. އަދި 10 އަހަރަށްވުރެ ލަސްކޮށްލައިގެން ކުޅެން ފަށައިފިނަމަ ބޭސިކް ކަންކަން ދަސްނުވެ، ކެރިއަރަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ.

އުމުރުން 41 އަހަރުގެ ޕެނަޖިއޯޓިސް އަކީ އޮލިމްޕިކްސްގައި ފަސް ފަހަރު ވާދަކުރުމުގެ އިތުރުން ޔޫރަޕުގެ ޓީޓީ މުބާރާތާއި އެކި ގައުމުތަކުގައި ބާއްވާ އެންމެ މަތީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔޫރަޕުގެ މުބާރާތުގެ ޓީމު އިވެންޓުން 2013 ވަނަ އަހަރު ރިހި މެޑަލް ހޯދާފައެވެ. ހަމަ އެ އަހަރު އޭނާ ވަނީ ސިންގަލްސް ބައިން ލޯ މެޑެއްޔެއްވެސް ހާސިލުކޮށްފައެވެ.

މި ފަހަރުގެ ޓޯކިއޯ އޮލިމްޕިކްސްގެ ތިންވަނަ ބުރުން ބަލިވި ޕެނަޖިއޯޓިސް އަމާޒުހިފައިގެން ހުރީ 2024 ވަނަ އަހަރު ޕެރިހުގައި ހޯސްޓްކުރަން ނިންމާފައިވާ އޮލިމްޕިކްސްގައިވެސް ވާދަކުރުމަށެވެ. މީގެ ކުރިން 2015 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 19 ވަނައިގައިވެސް އޮތް ޕެނަޖިއޯޓިސް މި ވަގުތު އޮތީ ދުނިޔޭގެ 49 ވަނައިގައެވެ.

ޕެނަޖިއޯޓިސް ޖިއޯނިސްޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު