Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކޮކާ ކޯލާގެ ޕްރޮމޯޝަން

ކޮކާ ކޯލާއިން ރާއްޖޭގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި

ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 30 ގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޯގަސްޓު 2021 | ހޯމަ 04:26
ކޮކާ ކޯލާ ޕްރޮމޯޝަން

ކޮކާ ކޯލާ ޕްރޮމޯޝަން

ރާއްޖޭގެ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ޓީވީ އާއި ސްމާޓްފޯން އަދި އެ ނޫންވެސް ތަފާތު އެތައް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާއިން ފަށައިފިއެވެ.

ކޯކާ ކޯލާއިން ކުރިއަށްގެންދާ "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެ ޕްރޮމޯޝަނަށް ހާއްސަކޮށް ނެރޭ ރަން ކުލައިގެ މަތި ޖެހި ކޯކު ފުޅި ގަތުމުންނެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. އެގޮތުން 300 މިލިލީޓަރާއި 500 މިލިލީޓަރާއި 1.25 ލީޓަރާއި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެން، މަތިގަނޑުގެ އެތެރޭގައި ޖަހާފައިވާ ކޯޑު 2626ށް ފޮނުވުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަނުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ ހިމެނެ އެވެ. އަދި ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޑެޓް އެޑިޝަން ކުދި ފްރިޖާއި ކޯކުގެ ބްރޭންޑު ޖަހާފައިވާ އެކި ބާވަތުގެ 225 މާޗެންޑައިސް ވެސް ހިމެނެއެވެ. ކުދި ފްރިޖަކީ ޕްރޮމޯޝަން ކުރިއަށް ދާ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.

ޕްރޮމޯޝަނާ ގުޅިގެން ކޮކާކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ، ކޯކާއި ކާތަކެއްޗާ އެކު ގޭގައި ތިބެގެން ދިވެހިންނަށް ރައްކާތެރިކަމާ އެކު ފުޓުބޯޅަ ބަލައިލުމާ އެކު އަގުހުރި އިނާމުތަކެއް ހޯދޭނެ ޕްރޮމޯޝަނެއް ފެށުމަކީ އެ ކުންފުނިން ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

މިހާރު 135 އަހަރުވެފައިވާ ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ބަންދު ކުރާ ޕާޓްނަރަކީ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

ކޮކާކޯލާ

އިތުރަށް ކިޔާލަން

05 މެއި 2024

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

05 މެއި 2024
ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް
23 ޖޫން 2023

ރާއްޖެއަށް "ޗަރޖްޑް" ތައާރަފުކޮށް، އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް

23 ޖޫން 2023
ރާއްޖެއަށް "ޗަރޖްޑް" ތައާރަފުކޮށް، އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް
16 އޮކްޓޯބަރު 2022

ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ

16 އޮކްޓޯބަރު 2022
ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ
01 ސެޕްޓެމްބަރު 2022

ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި

01 ސެޕްޓެމްބަރު 2022
ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި
30 ސެޕްޓެމްބަރު 2021

ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި

30 ސެޕްޓެމްބަރު 2021
ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު